ޚަބަރު / ރައީސް އަބްދުﷲ ޔާމީން

މިއަދަކީ އިންޑިޔާގެ މަދަދުވެރިކަން ދާއިމަށް ދިވެހިންނަށް ހަނދާންކޮށްދޭ ދުވަސް: ޔާމީން

ޔާމީންގެ ވެރިކަމުގެ ދުވަސްވަރު އެ މަނިކުފާނާއި އިންޑިއާގެ ބޮޑުވަޒީރު މޯދީއާ ބައްދަލުކުރައްވަނީ.

03 ނޮވެމްބަރ 2025 - 16:43

29 comments

މީގެ 37 އަހަރު ކުރިން ނޮވެމްބަރު 3، 1988 ގައި ރާއްޖެ އަށް ދިން އުދުވާނީ ހަމަލައާ ގުޅިގެން އިންޑިއާ އިން ދިން އެހީތެރިކަމަކީ އެ ގައުމުގެ "މަދަދުވެރިކަން ދިވެހިންނަށް ހަނދާންކޮށްދޭ ދުވަސް" ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ އިސްވެ، ދިވެހިންގެ މަދު ބަޔަކާ ގުޅިގެން ސްރީ ލަންކާގެ ޓެރަރިސްޓް ޖަމާއަތެއްގެ 80 ވަރަކަށް މީހުން ގޮވައިގެން މާލެ އަރައި ދިން ހަމަލައިން ދިވެހިން ސަލާމަތްވުމުގެ އުފަލުގައި ފާހަގަކުރާ މި އަހަރުގެ ނަސްރުގެ ދުވަހާ އެކު، ޔާމީން "އެކްސް" ގައި ހަތް ކަމެއް މިއަދު ފާހަގަކުރެއްވި އެވެ.

އޭގެ ތެރެއިން އެންމެ ފަހު ކަމަކީ އެ މަނިކުފާނު ވިދާޅުވި ގޮތުގައި އެއީ "އަވަށްޓެރި އިންޑިޔާގެ މަދަދުވެރިކަން ދާއިމަށް ދިވެހިންނަށް ހަނދާންކޮށްދޭ ދުވަސް" އެވެ.

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލައާ ގުޅިގެން ރާއްޖެ އަށް އަސްކަރީ އެެހީތެރިކަން ދިން އިންޑިއާގެ ނަން ކުރީގެ ރައީސް ޔާމީން މިއަދު ފާހަގަކުރެއްވިއިރު، އެ މަނިކުފާނު ވެފައި ވަނީ ރާއްޖެ-އިންޑިއާގެ ގުޅުމަށް އެންމެ ބޮޑަށް ފާޑުވިދާޅުވާ އެއް ބޭފުޅާއަށެވެ. އެއީ އިންޑިއާ އިން ރާއްޖޭގެ ދާހިލީ ކަންކަމަށް އަތްގަދަ ކުރަން އުޅޭ ކަމަށް ބުނެ އާންމުކޮށް ދައްކާ ވާހަކަތަކާ އެކު، ޔާމީން ވިދާޅުވާ ފާޑުކިޔުންތަކެކެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އިންޑިއާއާ އެކު ބޭއްވި ގާތްގުޅުމާއި އިންޑިއާ އިން ދީފައިވާ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާބޯޓު އޮޕަރޭޓް ކުރަން އިންޑިއާ ސިފައިން ރާއްޖޭގައި ގާއިމްވި ތިބޭތީ އެ ކަމާ ދެކޮޅަށް ހިންގި "އިންޑިއާ އައުޓް" ކެމްޕެއިންގައި ވެސް ޔާމީންގެ ދައުރު ވަރަށް ބޮޑެވެ. އަދި ޔާމީންގެ ވެރިކަމުގައި ދެ ގައުމުގެ ގުޅުން ވެސް ގޯސްވި އެވެ.

ނަސްރުގެ ދުވަހާ ގުޅިގެން ޔާމީން މިއަދު ދެން ވިދާޅުވީ، އެއީ ގައުމީ ބަތަލު އަދި މިހާރު ހިދުމަތުން ރިޓަޔާ ކުރައްވާފައިވާ އިބްރާހިމް މުހައްމަދު ދީދީގެ މަތިވެރި ހިތްވަރު ގަދަ މަސައްކަތުން ސިފައިންގެ ހަތިޔާރު ގުދަން ސިފައިންގެ އަތުޖައްސައިދީ ވަރުގަދަ ރައްދު ހަމަލާތަކެއް ދިން ދުވަސް ކަމަށެވެ. އަދި އެއީ ރާއްޖެ ދިފާއު ކުރުމުގައި އެންމެ އާދައިގެ ސިފައިންގެ މީހަކު މުޅި ސިފައިންގެ ލަޝްކަރަށް ފިލާވަޅު ނަގައިދިން ދުވަސް ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.

ޔާމީން ދެން ފާހަގަކުރެއްވި އިތުރު ކަންކަން:

- ނަސްރު ދެއްވި ކަމަށްޓަކައި اللّـه سبحـانـه وتعـالى ގެ ހަޟުރަތަށް ހަމްދާއި ޝުކުރު ކުރުންމަތީ ދެމިތިބެން ހަނދާން ކުރަންޖެހޭ ދުވަސް.

- ދިވެހިންގެ ލޭ އޮހޮރުވާލައި ވެރިކަން ބަދަލުކުރަން އުޅުނު ދުވަސް.

- ސިފައިންގެ ވަރުގަދަ އަޒުމާއި ވަރުގަދަ ގުރުބާނީ ފާހަގަކުރި ދުވަސް.

- ޒުވާން ޝަހީދު ހުސައިން އާދަމްގެ މަތިވެރި ޖިހާދުގެ ދުވަސް.

29 ކޮމެންޓް, 18 ރިއެކްޝަންސް

icon happy icon happy 28%
icon sad icon sad 0%
icon angry icon angry 50%
icon wow icon wow 11%
icon inlove icon inlove 11%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޖިިނާާނުު

03 November 2025

ކޮޮބާާ ކަަލޭ ލަަދު ހަަޔާާތްް!

The name is already taken The name is available. Register?

ޒިންދާބާދު

03 November 2025

އިންޑިއާ ޒިންދާބާދު އިންޑިއާ ޒިންދާބާދު އިންޑިއާ ޒިންދާބާދު އިންޑިއާ ޒިންދާބާދު އިންޑިއާ ޒިންދާބާދު އިންޑިއާ ޒިންދާބާދު އިންޑިއާ ޒިންދާބާދު އިންޑިއާ ޒިންދާބާދު އިންޑިއާ ޒިންދާބާދު އިންޑިއާ ޒިންދާބާދު އިންޑިއާ ޒިންދާބާދު އިންޑިއާ ޒިންދާބާދު އިންޑިއާ ޒިންދާބާދު އިންޑިއާ ޒިންދާބާދު އިންޑިއާ ޒިންދާބާދު އިންޑިއާ ޒިންދާބާދު އިންޑިއާ ޒިންދާބާދު އިންޑިއާ ޒިންދާބާދު އިންޑިއާ ޒިންދާބާދު އިންޑިއާ ޒިންދާބާދު

The name is already taken The name is available. Register?

އައްބެ

03 November 2025

3 ނޮވެމްބަރ ގެ ޖަވާބު ނުލިބޭ އެތައް ސުވާލެއް އެބަހުރި. މައުމޫންގެ ވެރިކަން ވައްޓާލަން އެހީތެރިވީ ސަރުކާރުގެ ތެރެއިން ކޮންބައެއްކަމާއި މިހަމަލާގެ އެއްވެސް މައުލޫމާތެއް އިންޑިޔާއަށް ހަމަ ނޭނގެނީތޯ؟ ނުވަތަ މިހަމަލާގައި އިންޑިޔާގެ ބައިވެރިވުމެއް ހަމަ ނެތީތޯ؟ އަދި އެހީ ލަސްވީ ކީއްވެތޯ؟އަދި އިންޑިޔާ ސިފައިން ރާއްޖޭން ނުފައިބާ ގިނަދުވަހު ތިބީ ކީއްވެތޯ؟ އަދި ރާއްޖޭގެ ދާޚިލީ ކަންކަމާއި އިންޑިޔާއިން އަބަދުވެސް ބެހެނީ ކީއްވެތޯ؟ މިފަދަ ބައިވަރު ސުވާލު.

The name is already taken The name is available. Register?

ކޮސްސާންޑް ސިޓިޒަން

03 November 2025

މިތަނުގައި ކޮމެންޓްކުރާ ގިނަ މީހުންނަށް ޔާމީންގެ މެސެޖް ސާފްނުވާކަން ހާމަވޭ.ޔާމީން އެއްގޮތަކަށް ވެސް ނުބުނޭ ރާއްޖޭގެ ދާޙިލީކަންކަމަށް އިންޑިޔާއިން ނުފޫޒު ފޯރުވާ ވަރަށް އެމީހުންގެ ޖީބަށް ވެއްޓިގެން ތިބެން ދިވެހިން ޖެހޭނެކަމަށް.ޔާމީންގެ މެސެޖްގަ ބުނަނީ 03.11.1988 ވަނަ ދުވަހުގެ ހަމަލާއާއި ގުޅިގެން އިންޑިޔާއިން ދިން އެހީތެރިކަން ދުވަހަކުވެސް ދިވެހީން ހަނދާންނުނެތޭނެ ކަމަށް.

The name is already taken The name is available. Register?

ރަދީފްއޮފިޝަލް /

03 November 2025

ދިވެހީގެ ދޭހައިން 0 ލިބުނު މީހުންނަށް އެއްޗެއް ދޭހަ ވާނެތަ؟؟ އެމީހުންނަށް އެނގޭނީ ފިތުނަ އުފައްދައި ޓްވިސްޓްކުރަން.

The name is already taken The name is available. Register?

ވާތީ

03 November 2025

އަޅުގަނޑު ވަރައް ފޫހިވޭ ޔާމީނު ބޮޑާކަމުންނާއި ހަޖަމުނުވާތީ

The name is already taken The name is available. Register?

ގޮތް

03 November 2025

ޔާމީނު ގޮތް ހުސްވީ އަސްލު

The name is already taken The name is available. Register?

ޢަލީ ބަލީ

03 November 2025

ރައީސް ޔާމީން ހަމަބިމަށް ފައިބައިފިި

The name is already taken The name is available. Register?

އުދުހޭ

03 November 2025

ވަރަށް ރަގަޅު ވާހަކައެއް. އިންޑާޔައާ އޮންނަ ގުޅުމަކީ ރާއްޖެއަށް ވަރަށް މުހިންމު ގުޅުމެއް. އެކަމަކު އިބޫސޯލިހުގެ ދުވަސްވަރު އެގުޅުން ނޭދެވޭ ގުޅުމަކަށް މަދަލުވީ. ގުޅުން ކިތަންމެ ރަގަޅަސް މިންގަނޑުތަކެއް އޮންނަންވާނެ.

The name is already taken The name is available. Register?

ބޭޗާރާ

03 November 2025

ގުޅުން ރަގަޅު ވާހަކަ ދައްކާއިރު ހަނދާން ކުރަންޖެހެނީ އިންޑިޔާއައުޓް ކެމްޕޭން. ދިވެހިންގެ މިންގަނޑުން އިންޑިޔާ ސިފައިން ބާލައިފިކަން ގަބޫލުކުރާ މީހުން އުޅޭ. ހަގީގަތަކީ މިހާރުތިބީ އާދައިގެ ހެދުން އެޅި "މިލިޓަރީ" އާއި ގުޅުން އޮތްބައެއް.

The name is already taken The name is available. Register?

ތިންކިންގ ޑޭ

03 November 2025

މަނިކުފާނަށް ތަހުނިޔާ އާއި މުބާރިކު ބާދީ ދަންނަވަން

The name is already taken The name is available. Register?

ޑަކުޓަރު ބަނީނޯ

03 November 2025

ބޭޅާގެ ލަދުކޮބާ؟ ވެރިކަމަށްއަންނަ ހޭދުއްދިފިލާފާ މިތިބެނީ. ކުރިން ބުނި ހުރިހާ އެއްޗެއް ޑިލީޓު.

The name is already taken The name is available. Register?

1828

03 November 2025

އިންޑިއާ އައުޓް. އިންޑިއާ އަދި އެހެން އެއްވެސް ޤައުމެއްގެ ސިފައިން ދާއިމަށް ޤާއިމްވެގެން ތިބުމަށް ދިވެހިން ދެކޮޅުހަދަން ޖެހޭނެ. އިންޑިއާއި އޮންނަންވާނީ ރަހުމަތްތެރިކަން. އޭގެ މާނައެއްނޫން އިންޑިއާއިން ހެދިހައި ގޮތެއް ހަދެގިން ތިބޭޔެކޭއެއް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454