ހުޅުދު އާއި މީދޫން ރައީސް ޑރ. މުހައްމަދު މުއިއްޒަށް މަރުހަބާ ކިޔުން.-- ފޮޓޯ: ރައީސް އޮފީސް
05 ނޮވެމްބަރ 2025 - 13:49
އައްޑޫ ހުޅުދު އާއި މީދޫ އިދާރީ ގޮތުން ވަކިކުރުމަކީ މި ދެ ރަށުގެ ރައްޔިތުން ގިނަ ދުވަސްތަކެއް ވަންދެން އުއްމީދުކުރަމުން އަންނަ ތަރައްގީ ހާސިލްކޮށްދިނުމުގެ ފެށުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އައްޑުއަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގަތީ ހުޅުދު އާއި މީދުއަށެވެ. މި ދެ ރަށުގެ ރައްޔިތުން ވަނީ އެކުގައި، މި ރަށުގެ ބަނދަރުން އެ މަނިކުފާނަށް ވަރަށް ހޫނު މަރުހަބާއެއް ކިޔައިފަ އެވެ.
ހުޅުދު އާއި މީދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ސ. އަތޮޅު މަދަރުސާގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ އިދާރީ ގޮތުން ހިންގުމުގެ ނިޒާމުގެ ތެރެއިން މި ދެ ރަށުގެ ރައްޔިތުންނަށް ލިބިފައިވާ "ދެރަ ނިކަމެތިކަމަށް" ނިމުމެއް ގެނެސްދިނީ ރައްޔިތުން އެކަމަށް އެދުމުން ކަމަށެވެ. ފެންނަ/ނުފެންނަ ވޯޓެއް ނަގައި، މި ދެ ރަށުގެ ރައްޔިތުން ބޭނުންވި ގޮތަށް އެ ބަދަލު ގެނެސްދެވުމުން އުފާކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ.
"އެކަމަށްޓަކައި މި ދެ ރަށުގެ ލޮބުވެތި ރައްޔިތުންނަށް މަރުހަބާ ދަންނަވަން،" ރައީސް ވިދާޅުވި އެވެ.
ހުޅުދު އާއި މީދޫން ރައީސް ޑރ. މުހައްމަދު މުއިއްޒަށް މަރުހަބާ ކިޔުން.-- ފޮޓޯ: ރައީސް އޮފީސް
ރައީސް ވިދާޅުވީ އިދާރީ ގޮތުން ހުޅުދު އާއި މީދޫ ވަކިވުމަކީ މި ދެ ރަށުގެ ރައްޔިތުން އުއްމީދުކުރި ތަރައްގީ ހާސިލްކޮށްދިނުމުގެ ފެށުން ކަމަށެވެ.
ރައީސް ވިދާޅުވީ އިދާރީ ހިންގުމުގެ ނިޒާމަށް މި އައި ބަދަލާ އެކު، ދެ ރަށަށް ބޭނުންވާ އަސާސީ ކަންކަން ކުރިއަށް އޮތް ދުވަސްތަކުގައި ހަމަޖެހޭނެ ކަމަށެވެ.
ރައީސް ހުޅުދު އާއި މީދުއަށް ވަޑައިގެންނެވިއިރު، އައްޑޫ ސިޓީން އެ ދެ ރަށް ވަކިކޮށް، ވަކި ދެ ކައުންސިލެއް އުފައްދަން އެމަނިކުފާނު ވަނީ މިދިޔަ ހޯމަ ދުވަހު ނިންމަވައިފަ އެވެ. އެގޮތަށް ރައީސް ނިންމެވީ، އައްޑޫ ސިޓީ ކައުންސިލްގެ ދަށުން އިދާރީ ގޮތުން ވަކިވާން، އައްޑޫގައި އެއްފަސްކޮށް އޮންނަ ރަށްރަށާ މުޅިން ވަކިން އޮންނަ މީދު އާއި ހުޅުދޫގެ އިތުރުން ފޭދޫގެ ރައްޔިތުންގެ ހިޔާލު ހޯދުމަށް މިދިޔަ މަހުގެ 25 ގައި ނެގި ފެންނަ/ނުފެންނަ ވޯޓުގެ ނަތީޖާއަށް ރިއާޔަތް ކުރައްވައި ނެރުއްވި ގަރާރެއްގަ އެވެ.
ރައީސް ވިދާޅުވީ ހުޅުދު އާއި މީދޫއަކީ ބިމުގެ ގޮތުން އެއްފަސް ތަނަކަށް ވާތީ، މި ދެ ރަށުގެ އިހުތިސާސް ކަނޑައެޅުމުގައި ސަރުކާރުން ރައްޔިތުން ބޭނުންވާނެ ގޮތަށް އެކަން ކުރަން ވިސްނާފައިވާ ކަމަށެވެ.
ހުޅުދޫ ކައުންސިލާއި މީދޫ ކައުންސިލްގެ އިހުތިސާސް ކަނޑައެޅުމުގައި އިމެއްގެ ގޮތުގައި ސަރުކާރުން ބަލާނީ މެދު ބަނދަރަށް ދާ މަގުގެ ހުޅަނގު އުތުރު ފަޅިން ފެށިގެން ގޮސް، ސ. އަތޮޅު މަދަރުސާ ދެކުނުން އޮތް އާބާދު މަގު، ސީދާ އިރަށް ދަމާލުމުން އެ މަގުގެ ގޮސް ނިމޭ ހިސާބުގެ އުތުރު ފަޅިއަކީ މީދޫ ކަމާއި ދެކުނު ފަޅިއަކީ ހުޅުދޫ ކަމުގައި،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ތާރީޙުގައި ވެސް މި ދެ ރަށް ވަކިކުރުމުގައި ބަލާފައިވާ ގޮތް ކަމަށެވެ.
ރައީސްގެ މި ދަތުރުފުޅުގައި ވަނީ ހުޅުދު އާއި މީދޫގައި ބައެއް މަޝްރޫއުތައް އިއުލާންކޮށް އަދި ނިމިފައިވާ މަޝްރޫއުތައް އިފްތިތާހުކޮށްދެއްވައިފަ އެވެ.
• ހުޅުދޫގައި ޕާސްޕޯޓް ދޫކުރުމުގެ ޚިދުމަތް ފެށުން
• މީދޫގައި އައިޑީ ކާޑު އަދި ޕާސްޕޯޓް ދޫކުރުމުގެ ޚިދުމަތް ފެށުން
• ހުޅުދު އާއި މީދޫގެ ސިއްހީ މަރުކަޒު 300 އެނދުގެ ހޮސްޕިޓަލަކަށް ބަދަލުކުރުމަށް އާ އިމާރާތެއް އެޅުން. އެ މަސައްކަތް ހަވާލުކުރީ ދި ގްލަޓް އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑާ.
• ސ. އަތޮޅު މަދަރުސާގެ އާ އިމާރާތް ބިނާކުރުމުގެ މަސައްކަތް ފެށުން. އެ މަސައްކަތް ހަވާލުކުރީ އެމްޓީސީސީއާ.
• ހުޅުދު އާއި މީދޫގެ މަގު ހެދުމުގެ މަޝްރޫއު ފެށުން.
• ހުޅުދޫގައި ބީއެމްއެލްގެ ބްރާންޗެއް ހުޅުވުން.
• ހުޅުދޫގައި ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރެއް ހެދުން.
•ހުޅުދު އާއި މީދޫގައި ވޭސްޓް މެނޭޖުމަންޓް ސެންޓަރެއް އެޅުން.
• އެމްއައިބީގެ އޭޓީއެމްއެއް ހުޅުވުން.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަލްބޭލާ
05 November 2025
ހެއް ހެއް؟ އިދާރީ ގޮތުން ހުރިހާ ރަށް ރަށް ތިބެނީ ވަކިވެފައި؟ މާ ސިންގާ ކަނޑު ވަކިވެފައިވާ ރަށް ރަށުގެ ވަށާއިގެން އޮންނަނި؟ މާލޭ ފިޔަވައި ތަރައްގީވެފައިވާ ނުވަތަ ސަރުކާރުން ތަރައްގީ ކޮށްދީފައިވާ ރަށެއް އަދި އެއް ނެތ؟
ސިކުނޑި
05 November 2025
ތަރައްގީގެ އަސާސަކީ އާބާދީއެވެ. ކޮންމެ ރަށެއްގެ ދެ އަވަށްވެސް އިދާރީގޮތުން ވަކި ކުރެވިދާނެއެވެ، އެހެނަސް ފަޅިފަޅިކޮށް ކުދިކުދިކޮށްގެން ދެމެހެއްޓެނިވި ތަރައްގީއެއް ނުގެނެވޭނެ!
އައިސަން
05 November 2025
ހުޅުދޫ އާއި މީދޫގެ އެންމެހާ ރައްޔިތުންނަށް ހިތުގެ ޚާލިސް ތައުޒިޔާ ދަންނަވަން
އޮނަރަބްލް އަފީފު ދީދީ
05 November 2025
އެތައްސަތޭކަ އަހަރުވަންދެން އެއްބައެއްގެގޮތުގައި "ގުޅިގެން އެކުގައިއުޅުނު އައްޑޫ ރައްޔިތުން" ބައިބައިކޮށް މާލޭސަރުކާރުން ހުވަދޫ އަތޮޅު ދެބައިކޮށްލި ގޮތަށް އައްޑޫވެސް ދެބައިކޮށް އެތައްޒަމާނަކަށް ދެމިގެންދާނެ ފިތުނަ އުފައްދައިފި. އެކަމަކު އަދިވެސް މިކަންކަމަށް ނިމުންގެންނަން މަސައްކަތްކުރުމުގެބަދަލުގައި ރައީސް ވިދާޅުވަނީ އިދާރީގޮތުން ހިންގުމުގެ ނިޒާމުގެތެރެއިން މި ދެ ރަށުގެ ރައްޔިތުންނަށް ލިބިފައިވާ "ދެރަ ނިކަމެތިކަމަށް" ނިމުމެއް ގެނެސްދިނީ ކަމަށް.
ކަންޒުކަހަނބު
05 November 2025
މާލެ މީހުން ވިއްޔާު ތިޔަބުނާ ވޯޓު ފޮށްޓަ ވޯޓު އެޅީ. އަފިރިން ފުރަތަމަ އަފިރިންގެ ޖެހިގެން އޮންނަ ރަށު މީހުން އަށް ރޭސިސްޓު ގަބީލާ ކަމުން އެމީހުން އަފިރިން އާއި ދުރުވާން ވޯޓު ދިނީ ތޯއްޗެ.
ސްޓޭންޑް
05 November 2025
ރައީސް ވިދާޅުވީ އިދާރީ ގޮތުން ހުޅުދު އާއި މީދޫ ވަކިވުމަކީ މި ދެ ރަށުގެ ރައްޔިތުން އުއްމީދުކުރި ތަރައްގީ ހާސިލްކޮށްދިނުމުގެ ފެށުން ކަމަށެވެ. މިބަސްކޮޅަށް އެކަނި ބަލާލިއަސް އެނގެނީ މިކަމުގައި އެމަނިކްފާނުގެ ސްޓޭންޑެއް އޮތްކަން
ވޮޗްމޭން
05 November 2025
ހާދަ ބޮޑެތި މަޝްރޫއުތަކޭ މިހިރީ ލިސްޓްގައި. އައިޑީކާޑު އަދި ޕާސްޕޯޓު، އެމްއައިބީ އޭޓީއެމް މަޝްރޫއު. އަނެއްކާ ހޮސްޕިޓަލްގައި ތިރަށު އެންމެން ނިދާނެ އެނދު ތޯ ބަހައްޓަނީ؟ 300 އެނދާއި އެކު ކޮންކަހަލަ ހިދުމަތެއްތޯ ލިބޭނީ؟ އެއްފަސްގަނޑަކަށް އޮތް ތި ރަށުގައި ހަމަ ބީއެމްއެލްގެ އިތުރު ބްރާންޗެއް ހަމަ ބޭނުންވޭތޯ؟ އެ ބޭންކްއިން ނުލިބޭ އެހެން އާ ހިދުމަތެއް ލިބޭނީތޯ؟
އިކްލީލް އިކާ
05 November 2025
ހުޅުމީދޫ މަގު ދެދީ މިދިޔަސަރުކާރުން، ފޭސް 2 ފަށަން ވެފަ އޮތްވާ ވެރިކަން ބަދަލުވީ، ހުޅުމީދޫ ބޭންުކް ބުރާންޗް ހުރޭ 2009 ކުން ފެށިގެން. ހުޅުމީދޫގައި ވޭސްޓް މެނޭޖުމަންޓް ސެންޓަރެއް މިހަރުވެސް ހުރޭ، އަލިފާންރޯވެގެން އިމާރާތް އާކުރަނީ. ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރް ހަދަނީ މީދޫ އޫއަސީ ދަނޑުގައި، އެއި ވޮލީ ކުޅޭ ކޯޓެއް. އަލީރަމީޒް ، ސަމީއު ރަންޒަމާނުގައި ޝޯވެސް ދިންތަން.
ހިތަދޫމޭން
05 November 2025
އަންނަނީ އަންނަނީ، ބްލޮކް ގްރާންޓް އަންނަނީ. ފުކެއްބޮޑުވަރު ތިއީ.
އަފްރާސިޔާބު
05 November 2025
"ބްރިޖަކީ ހުޅުމީދޫ މީހުންގެ ބޮޑުހުވަފެނެއްކަން އެނގެނީ، މުއިއްޒުގެކެމްޕެއިނަށް މިދިޔަ އަންގާރަ ދުވަހު މިރަށުގައިބޭއްވި ބޮޑުޖަލްސާގެ ޕޯޑިއަމްވެސް ބްރިޖެއްގެޑިޒައިނަށް ތައްޔާރުކޮށްފައި ހުރުމުންނެވެ. އެޕޯޑިއަމްގައިހުންނަވާ މުއިއްޒުވަނީ ހުޅުމީދޫ-ހިތަދޫ ބްރިޖު، އޭނާގެވެރިކަމެއްގައި އަޅާނެކަމުގެޔަގީންކަން ދެއްވައިފައެވެ. މުއިއްޒު އައްޑުކުރެއްވި ދަތުރުގައިވަނީ ޔާމީންގެމިވައުދު ހަގީގަތަކަށް ހައްދަވައިދެއްވާނެ ކަން އިއުލާންކުރައްވައިފަ އެވެ." 24/10/2023
ާކާރކް
05 November 2025
މިދިޔަ 15 އަހަރު މިދެރަށަށް ލިބުނު ގެއްލުމުގެ ބަދަލު ވެސް ދޭންޖެހޭ އެމްޑީޕީ އިން ނަމަވެސް. ދައުލަތުން ނަމަވެސް