ޚަބަރު

ހުޅުދޫ އާއި މީދޫ ވާނީ ދުބާއީ އާއި އަބޫ ދާބީއަށް: ޝާހިދު

ހުޅުދޫ އާއި މީދޫއަށް ވަޑައިގަތުމުން ރައީސް ޑރ. މުހައްމަދު މުއިއްޒަށް މެމްބަރު ޝާހިދު މަރުހަބާ ދަންނަވައި ސަލާމް ކުރައްވަނީ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ސ. ހުޅުދޫ އާއި މީދޫ ވެގެންދާނީ ދުބާއީ އާއި އަބޫދާބީއަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ ޕީއެންސީގެ މެމްބަރު މުހައްމަދު ޝާހިދު ވިދާޅުވެއްޖެ އެވެ.

އައްޑުއަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ފުރަތަމަ މަންޒިލެއްގެ ގޮތުގައި ހުޅުދޫ އާއި މީދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ޝާހިދު ވިދާޅުވީ މި ވެރިކަމުގައި ހުޅުދޫ-މީދޫއަށް ރައީސް ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށެވެ.

އެކަމުގެ ހެއްކަކީ އައްޑޫ ސިޓީ ކައުންސިލުގެ ދަށުން ހުޅުދޫ އާއި މީދޫ، ވަކިކުރުމަށް ނެގި ވޯޓުކަން ފާހަގަ ކުރައްވަމުން ޝާހިދު ވިދާޅުވީ އެކަމަކީ އެއްވެސް ސިޔާސީ ވެރިއަކަށް ނުކުރެވި އޮތް ކަމެއް ކަމަށެވެ.

"އެއްވެސް ސިޔާސީ ވެރިއަކަށް އެއްވެސް ވެރިއަކަށް މިއަދާ ހަމައަށް ދިޔައިރު ވެސް މިފަދަ ރައްޔިތުން އެދިގެން ތިބި ކަމަކާ ދޭތެރޭގައި އެއްވެސް ކަހަލަ އަމަލީ ސިފައެއް ގެންނަން ނުކެރުނު. އެ މަނިކުފާނު އަޅުގަނޑުމެންނަށް އެކަން ކޮށްދެއްވީ،"

ހުޅުދޫ އާއި މީދޫ ރައްޔިތުންނަށް ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި މެމްބަރު ޝާހިދު ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް

ޝާހިދު ވިދާޅުވީ ހުޅުދޫ-މީދޫ ވަކިން އޮތުމަކީ ނިކަމެތިވުން ކަމަށް ބަޔަކު ގަބޫލުކުރާ ކަމަށެވެ. އެކަމަކު ދެ ރަށުގެ ބިމުގެ ސައިޒަށް ބަލާއިރު އެ ރަށަކީ މުޅި ރާއްޖެއިން ވެސް ފަސް ވަނައަށް އެންމެ ބިން ބޮޑު ރަށް ކަމަށާއި އާބާދީއަށް ބަލާއިރު ނިސްބަތުން ހަވަނައަށް އެންމެ ބޮޑު އާބާދީ އޮތީ އެ ދެރަށުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެންވީމަ އަޅުގަނޑުމެންނަކީ ނިކަމެތި ބައެއް ނޫން... އަޅުގަނޑުމެން އައްޑޫ ހުޅުދޫ-މީދޫ ރައްޔިތުންނަށް ވީތީ ފަހުރުވެރިވަން. އުފާކުރަން،"

އޭނާ ވިދާޅުވީ މި ދެ ރަށް ވެގެންދާނީ ދުބާއީ އާއި އަބޫދާބީއަށް ކަމަށާއި ދެ ރަށަކީ ވެސް އެކުވެރި، މެހެމާންދާރީ ރަނގަޅު ދެރަށް ކަމަށެވެ.

އަޅުގަނޑު ދޭން އޮތް ޔަގީންކަމަކީ މިއަދުގެ ސަރުކާރުން މާތްﷲ އިރާދަކުރެއްވިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ޒައާމަތުގައި މި ދެރަށް ވެގެންދާނީ ދުބާއީ އާއި އަބޫދާބީއަށޭ. މިއީކީ ސަމާސާ ވާހަކައެއް ނޫން: ޝާހިދު

ޝާހިދު ވިދާޅުވި ގޮތުގައި ރައީސްގެ ހިތްޕުޅުގައި އެ ދެރަށުގެ ރައްޔިތުންނާ މެދު އޮތް ލޯބި އެންމެ ގާތުން އެނގިވަޑައިގަންނަވަ އެވެ. އެހެންވެ، މާޔޫސް ނުވުމަށާއި އެ ދެރަށަށް ރައީސް ވައުދުވެޑައިގަތް ކަންކަމުގެ އިތުރުން ވެސް ކަންކަން ކޮށްދެއްވާނެ ކަމަށް ޝާހިދު ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ހުޅުދޫ އާއި މީދޫ ރައްޔިތުންނަށް ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި މީހުން ބައިވެރިވަނީ.-- ފޮޓޯ: ރައީސް އޮފީސް

ހުޅުދު އާއި މީދޫ އިދާރީ ގޮތުން ވަކިވި ފަހުން ފުރަތަމަ ފަހަރަށް އެ ދެރަށަށް ވަޑައިގެން ދެއްކެވި ވާހަކަފުޅު ރައީސް މުއިއްްޒު ވިދާޅުވީ ފެންނަ ނުފެންނަ ވޯޓަކުން ދެ ރަށް ސިޓީ ކައުންސިލުން ވަކިވާން ނިންމި ނިންމުމަކީ އެ ދެެރަށުގެ ތަރައްގީގެ ފެށުން ކަމަށެވެ.

ރައީސް ވިދާޅުވީ އިދާރީ ހިންގުމުގެ ނިޒާމަށް މި އައި ބަދަލާ އެކު، ދެ ރަށަށް ބޭނުންވާ އަސާސީ ކަންކަން ކުރިއަށް އޮތް ދުވަސްތަކުގައި ހަމަޖެހޭނެ ކަމަށެވެ. ދެ ރަށަކީ ބިމުގެ ގޮތުން އެއްފަސް ތަނަކަށް ވާތީ، މި ދެ ރަށުގެ އިހުތިސާސް ކަނޑައެޅުމުގައި ސަރުކާރުން ރައްޔިތުން ބޭނުންވާނެ ގޮތަށް އެކަން ކުރަން ވިސްނާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ހުޅުދު އާއި މީދުއަށް ވަޑައިގެންނެވިއިރު، އައްޑޫ ސިޓީން އެ ދެ ރަށް ވަކިކޮށް، ވަކި ދެ ކައުންސިލެއް އުފައްދަން އެމަނިކުފާނު ވަނީ މިދިޔަ ހޯމަ ދުވަހު ނިންމަވައިފަ އެވެ. އެގޮތަށް ރައީސް ނިންމެވީ، އައްޑޫ ސިޓީ ކައުންސިލްގެ ދަށުން އިދާރީ ގޮތުން ވަކިވާން، އައްޑޫގައި އެއްފަސްކޮށް އޮންނަ ރަށްރަށާ މުޅިން ވަކިން އޮންނަ މީދު އާއި ހުޅުދޫގެ އިތުރުން ފޭދޫގެ ރައްޔިތުންގެ ހިޔާލު ހޯދުމަށް މިދިޔަ މަހުގެ 25 ގައި ނެގި ފެންނަ/ނުފެންނަ ވޯޓުގެ ނަތީޖާއަށް ރިއާޔަތް ކުރައްވައި ނެރުއްވި ގަރާރެއްގަ އެވެ.

61 ކޮމެންޓް, 22 ރިއެކްޝަންސް

icon happy icon happy 14%
icon sad icon sad 5%
icon angry icon angry 64%
icon wow icon wow 0%
icon inlove icon inlove 18%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަޅެ

07 November 2025

އަވަހަށް ލިޓުލް ދުބާއި އަށް ދިރި އުޅުން ބަދަލު ކުރަންވީ ލިޓުލް މާލެއިން. ހިލޭ ބިންކޮޅެއް ލިބިއްޖެޔާ ރަނގަޅު ސ އަތޮޅު ޑުބާއީ އިން.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

06 November 2025

އާމްދަނީ ލިބޭ އިޤްތިސޯދީ ޕްރޮޖެކްޓް ތައް ހިންގަން އަބަދުވެސް އެހީތެރިކަން ދޭނެކަމަށް ޗައިނާ އެމްބެސެޑަރ ވިދާޅުވެފައިވާތީ، GAN International Airport ގައި ⭐️ ⭐️ ⭐️ ⭐️ އެއަރޕޯޓް ޓްރާންސިޓް ހޮޓަލެއް އަޅަން ޗަައިނާއިން ފައިސާހޯދަން އެއްވެސްދަތިކަމެއް އޮތްކަމަކަށް ނުދެކެން. އަދި ހޮޓާ ތަރައްޤީކުރުމަށް ފަހު "އިންވެސްޓްމަންޓްގެ އަގު އެއްފަހަރާ ދައްކާ ފަރާތަކަށް" 50 އަހަރަށް ހޮޓާ ވިއްކާލުކުން މީގެ ބުރައެއް ދައުލަތަށްވެސް ނެތި އެއަރޕޯޓްވެސް ހިގައިގަންނާނެ.

The name is already taken The name is available. Register?

ޖިންނި

06 November 2025

ރޭގަނޑު 11 ގެ ފަހުން މީދުބާއީވެސް ފައްކާވާނެ ދޯ އެހާ

The name is already taken The name is available. Register?

މައިކާލޯ

06 November 2025

ވަރަށް ދެރަ މިބޭފުޅާ ރައީސަކަށް ނެތްކަން. އެހެންނަމަ މިބޭފުޅާ ވެރކަމަށް އަންނަތަނުން މަޖީދީ މަގުން ތެޔޮވަޅެއް ފެނި ރައްޔަތުން މިލިއަނަރުމްނަވެ މިހުން ކައިކައިފަ ނިދުންނުން ކަމެއްކުރާކަށް ނުޖެހުނީސް

The name is already taken The name is available. Register?

އަމީތާބު

06 November 2025

އަބޫދާބީގެ އެހީގައި މަސްރޫއެއް ހިންގާވާހަކައެއް އަޑުއަހާފަ އެރާއެއް އަރާފަކަންނޭގެ އެހަރީ.

The name is already taken The name is available. Register?

ނަށީދު

05 November 2025

ހީ ހީ ހަލާކު!

The name is already taken The name is available. Register?

ޱރ ހުސްގޯނި

05 November 2025

ކަލޯ ޱުބާއީއަށް ދާން ވިސާޖަހަންޖެހޭތަ؟ މިހާރު ހާދަ އުފަލެއްވާނޭ ދޯ އޮނަރަބްލް އަފީފު ދ ދ ލައްކަދުވަސް ވަންދެން މާލޭ ސަރުކާރުން ނުވީއްލިގެން އުޅެންޖުނީ އެސޮރު.

The name is already taken The name is available. Register?

ސައިންސް

06 November 2025

އެސޮރަކީ ހުޅުދޫ ފަޅީގެ ސޮރެއް ނޫނޭ

The name is already taken The name is available. Register?

ހށނ

05 November 2025

ވާނީ އެއް ނޫން ތިޔަ ވައުދާ އެއްގޮތަށް ވެނިމިއްޖެ. މީދުބާއީ އާއި ހުޅުބޫދާބީ އޭ ކިޔާ އަޑު އާއްމުކޮށް އިވޭ.. ދެންއޮތީ ހަމަނއެކަނި ގަރާރަކުން ފާސްކޮށްލުން.

The name is already taken The name is available. Register?

ޱރ މަޖިލިސް

05 November 2025

ރ މަޖިލީހުގެ ރައީސްއަށް ގޮވާލަން ޝާޱު ދިވެރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގަ ބައިވެރިނުކުރަން ޔައުނީ ޝާޱު ނުލާހިކު އަވަހައް ކަންތައް ކޮޕީކޮށްގެން އަބޫދަބީ އަދި ޱުބާއީގަ އެކަންތަައް ތައާރަފުކުރާނެ. އެންމެފުރަތަމަވެސް ޖަބަލް އަލީ ބަނދަރުން ކޮންޓެއިނާރ ތައް ބޭރުކުރާނެގޮތް. ޕަކާސް

The name is already taken The name is available. Register?

ޔައްލަ

05 November 2025

މާފާޑުފާޑަށް ނޫޅެއްޗޭ. އަހަރެންމީ ހުޅުދޫ މީހަކަސް އަހަރެން މީ ދުބާއީ މީހެއް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454