15 ނޮވެމްބަރ 2025 - 22:26
ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ތަމްސީލު ކުރައްވާ ސިޔާސީ ޕާޓީ ބަދަލުކޮށްފި ނަމަ ނުވަތަ އެ ޕާޓީން ވަކިކޮށްފި ނަމަ މެންބަރުކަން ގެއްލުމުގެ ކުރިން އެ ދާއިރާގެ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަންޖެހޭ ގޮތަށް ގާނޫނުއަސާސީ އަށް އިސްލާހެއް ހުށަހަޅައިފި އެވެ.
މަޖިލީހުގެ މެންބަރަކު ތަމްސީލު ކުރައްވާ ސިޔާސީ ޕާޓީ ބަދަލުކޮށްފި ނަމަ ނުވަތަ އެ ޕާޓީން ވަކިކޮށްފި ނަމަ މެންބަރަކު ކަން ގެއްލޭ ގޮތަށް ގާނޫނުއަސާސީ އިސްލާހުކުރީ މިދިޔަ އަހަރުގެ ފަހުކޮޅެވެ.
ނަމަވެސް، ސަރުކާރުގެ ފަރާތުން ބާރަށު ދާއިރާގެ ޕީއެންސީ މެމްބަރު އިބްރާހިމް ޝުޖާއު ވަނީ މަޖިލީހުގެ މެމްބަރުކަމުން ވަކިކުރުމުގެ އިޖުރާއަތްތައް ކަނޑައެޅުމުގެ ބޭނުމުގައި ކަމަށް ބަޔާންކޮށް، ގާނޫނުއަސާސީ އަށް އިސްލާހެއް ހުށަހަޅުއްވައިފަ އެވެ.
ރައްޔިތުންގެ މަޖިލިހުގެ މާދަމާގެ ޖަލްސާ އަށް އެ އިސްލާހުގެ ބިލްގެ ފުރަތަމަ ކިޔުން އިއްވަން މިހާރު ވަނީ އެޖެންޑާ ކޮށްފަ އެވެ.
ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ބ) އަށް އިތުރުކުރަން ޝުޖާއު ހުށަހަޅުއްވާފައިވަނީ، މަޖިލީހުގެ މެންބަރަކު ތަމްސީލު ކުރައްވާ ސިޔާސީ ޕާޓީ ބަދަލުކޮށްފި ނަމަ ނުވަތަ އެ ޕާޓީން ވަކިކޮށްފި ނަމަ މެންބަރަކަމުން ވަކިކުރެވޭނީ، އެ މެމްބަރަކު ތަމްސީލު ކުރައްވާ ދާއިރާގެ ރައްޔިތުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް ނަގައި، އެ މެމްބަރަކު މެމްބަރުކަމުން ވަކިކުރުމަށް އަޣުލަބިއްޔަތު ލިބިގެން ކަމަށެވެ.
އަދި އެ އާންމު ވޯޓުގައި މެމްބަރުކަމުން ވަކިކުރަން ވޯޓުލާ މީހުންގެ އަޣުލަބިއްޔަތު ނުލިބިއްޖެ ނަމަ، އެ މެމްބަރަކު މަޖިލީހުގައި ދެމިހުންނަވާނީ، އެއްވެސް ސިޔާސީ ޕާޓީއަކަށް ނިސްބަތް ނުވާ، މިނިވަން މެމްބަރެއްގެ ގޮތުގައި ކަމަށް އެ އިސްލާހުގައި ބަޔާންކޮށްފައިވެ އެވެ.
އެކަމަކު، މަޖިލީހުގެ އެ އުމުރުގެ ތެރޭގައި އެ މެމްބަރަކު ސިޔާސީ ޕާޓީގެ މެމްބަރަކަށް ވެއްޖެ ނަމަ، އެ މީހަކު މެމްބަރުކަމުން ވަކިވާނެ ކަމަށް ވެސް ކަނޑައަޅަން ވަނީ ހިމަނައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މުޝީރު
16 November 2025
ވޯޓުގެ މައްޗަށް ވޯޓެއް ނަގަން މިޖެހެނީވެސް ހަމަ ޚަރަދު ކުޑަކުރަން؟ ފެންނަ ނުފެންނަ ވޯޓުން މެމްބަރ މަލިވެއްޖެނަމަ އަނެއްކާވެސް މެމްބަރަކު ހޮވަން ވޯޓެއް ލާނީތަ.
ބޭޗާރާ
17 November 2025
ޕީއެންސީ އާއި ސަރުކާރުގެ ވިސްނުމުގައި ޚަރަދުކުޑަކުރަން ބޭނުންވާވަރު މީގެން ދޭހަވޭ
ބޮޑުވަޒީރުގެ ނައިބު
16 November 2025
ތި ބިލް މިހާރު ތިއޮތީރަގަޅައް، މޖިލީހުގެ އިތުރު ވަގުތު ތަކެއް ތިކަމައް ގެއްލުވާކާކަށް ނުފެނޭ، ކީއްކުރަން ޕާޓީއަކުން ކުރިމަތިލީ، ތި މަޖިލީސް ގަނެވިއްކާތަނަކައް ބަދަލުކުރަން މަސައްކަތް ނުކުރައްވާ
އަބުދުލް ޤާދިރު
16 November 2025
މިހާރު ޤާނޫނުއަސާސީ ވެސް "މޮޑޭ" ފުށް ގަނޑަކަށް ވެއްޖެ. ބާރު އޮތީމާ ބޭނުން ކަމެއް ކުރެވިދާނެ. އެކަމަކު މާދަމާ ވެސް އަދި އެބައޮތް
ކޮސް
16 November 2025
ތިޔާއީ މައިކުގެ ކަމެއްނޫން ދީ!
ފަރަންޖީ
16 November 2025
އެހެންވީމާ ތި ފެންނަ ނުފެންނަ ވޯޓުން ނުފެންނަ ކަމަށް ފެނިއްޖެ ނަމަ އަނެއްކާ ދެވަނަ މީހަކު ހޮވަންވެސް ވޯޓުލާން ޖެހޭނެތާދޯ؟ މިއުޅެނީ ރައްޔިތުންނަށް އަތާ އަނގަޔާ ދިމާނުވެގެން މަސަކަތް ބުރަކަމުން ވަގުތުކޮޅެއް ނެތިގެން، ގައުމު ދަރާވިކިގެން. އަދިވެސް އަހަރެމެންވީ ކަލޭމެން ތިޖަހާ ގަނެވިއްކާ ސަކަރާތުގަ ބޭކާރުގޮތުގަ ވަގުތާ ލާރި ޚަރަދު ކުރަން ދޯ؟
ކުޅިވަރު
16 November 2025
އޯކޭ. ރައްޔިތުންގެ ބަހެއް އޮންނަންޖެހޭނެ
އަފްރާސިޔާބު
16 November 2025
ކޮންކަމަކުތަ ރައްޔިތުންނާ ވާހަކަ ދައްކަންޖެހޭނީ. އެއްވެސް މީހަކު ދެކޮޅެއްނަހަދާނެ ސަރުކާރުން ނިންމާ ނިންމުމަކަށް.
ސައިބޯނި
16 November 2025
ތިޔަގޮތަށް ވުރެ ރަސްކަމަކަށް ބަދަލު ކުރުން މާރަނގަޅު ކަމަށް ފެންނަނީ، ޤައުމު ދަރާ ބޯސަލާމަތް ނުވެގެން އުޅޭއިރުވެސް މިމީހުންގެ ތައްމަތި ބޮޑު ކުރުން ނޫން ކަމެއް ނޯވޭ، ލިބޭ މުސާރަޔާ ކުރާ ޚަރަދާ ދިމާ ނުވޭ، ނަގުދު ފައިސާ ދީފައި 12 މިލިއަން ރުފިޔާގެ ބިމާ އެޕާޓްމަންޓް ﷲ އަށް ބިރުވެތިވޭ މިނޫން ދުވަހެއް އެބައޮތް
އަލީ08
16 November 2025
ތިވީގޮތުން ސުޕްރީމް ކޯޓުގައޮތް މައްސަލަޔައްފަރުވާލިބުނުކަމަށް . މަޖިލީސް އިންތިޔައިސްލާހު ފާސްވުމާއެކު ހުކުމްކުރާނެ.
ޭައަލްޓިކޯ
16 November 2025
ޜައްޔިތުންމިތިބީ ކުރާނެ ކަމެއްނެތިފަ ކަލޭމެނަށް ވޯޓްދޭން ކިއުއަށް އަޜާ ތިބެންވެގެން ނޫން ކޮބާބޭނުމެއް ތިކިޔާ މިދިޔަ އަހަރު ފަހުކޮޅު ގެނައި އިސްލާހް އުވާލީމަ އެނިމުނީ.
ފަރުދޭމީ
15 November 2025
ފޮށި ބަނދެލާ. ރައްޔިތުންހޮވިބައެއް. އެމީހުންގެ ވައުދުތައްފުއްދުމަށް، ތިމާމެންގެ އަމިއްލަ އެދުން އިސްކުރުމަކަށްނޫން. އެޒިންމާ ނަގަން ހުވާކޮށްފައި މިއަދު އެކަން ހަނދުމަ ނެތިނުކޮށްލުމަށް ހަނދުމަކޮށްދެން.