މާލޭގައި ރޭޕާއި ޖިންސީ ގޯނާއާ ދެކޮޅަށް ބޭއްވި އިހުތިޖާޖެއްގައި ބަޔަކު ބައިވެރިވަނީ. މަގުމަތިން އެހީއަށް އެދުނު އަންހެނަކަށް ޖިންސީ ގޯނާކޮށްފައިވާ ކަމަށް ތުހުމަތު ކުރެވިގެން މައްސަލަ އަންނަނީ ބަލަމުން. -- މިހާރު ފައިލް ފޮޓޯ
18 ނޮވެމްބަރ 2025 - 10:03
މާލޭގައި އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުން ބުނީ މި މަހުގެ 16 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި މާލޭގެ މަގުމަތިން ފުލުހުންގެ އެހީތެރިކަމަށް އެދުނު އަންހެނަކު އައިޖީއެމްއެޗަށް ގެންގޮސްދީފައިވާ ކަމަށެވެ. އެ ހޮސްޕިޓަލުން ބެލުމަށް ފަހު އޭނާއަށް ޖިންސީ އަނިޔާ ލިބިފައިވާ ކަމަށް ތުހުމަތުކުރެވިގެން އެކަން އެ ރޭގެ ވަގުތެއްގައި ފުލުހުންނަށް ވަނީ ހުށަހަޅައިފަ އެވެ.
އަނިޔާ ލިބިގެން ފަރުވާ ދިނީ 24 އަހަރުގެ އަންހެނަކަށެވެ.
ފުލުހުން ބުނި ގޮތުގައި އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި އަންނަނީ ތަހުގީގުކުރަމުންނެވެ. އެކަމަކު އެ މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރުކުރި ކަމެއް ފުލުހުން ނުބުނެ އެވެ.
ފުލުހުން ބުނީ އަނިޔާ ލިބިފައިވާ ފަރާތަށް ބޭނުންވާ ސިއްހީ ފަރުވާ އާއި ސައިކޯސޯޝަލް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޑރ ވާންޗޯ
18 November 2025
ހިތައްއަރަނީ ސަރުކާރުގެ ބޮޑަކަށް މިމާލޭގެމަގުމަތީގަ މިއޮތްހާ ބިދޭސީން ނުފެންނަނީބާއޭ؟. ހުއްދައެއް ހަރާމެއް ހަލާލެއް ނުބަލާ އެމީހަކާއެމީހެއް، މީގައުމެއްތަ؟.
ހުއްތޭޒް
19 November 2025
ތިޔައީ ތާކުން ތާކު ޖެހޭ ވާހަކައެއް ނޫން. ބިދޭސީއިން މިތާގައި އުޅޭ ރަނަގަޅު ހުއްދައިގައި ވެސް. ގޯސްކޮށްވެސް. މިހަބަރާއި ކޮންމެހެން ގުޅުވާކަށް ނުޖެހޭ.
އެލިސް
18 November 2025
ތިކަން ސީރިއަސް މައްސަލައެއް ގޮތުގައި ބަލާނެކަން އިނގޭ ފާއިތުވި ވިއްސަކަށް އަހަރު ތިކަހަލަ މައްސަލަތަކަށް ވެފަ ހުރި ގޮތަށް ބަލާލީމަ. ފައިލުގަނޑު ވީތަނެއްވެސް ނޭގޭނެ އަހަރެއް ފަހުން.
ބޮއްސުންލާފަ
18 November 2025
މިހާރު މި މާލެއަށް ތޮއްޖެހުން އިންތިހާއަށް އިތުރުވެ، ބިދޭސީން އޮންނަނީ އޮއްސާފަ. ތިކަން ކުރީ ދިވެހި އަންހެނަކަށްތައް ނޫނީ ބިދޭސީއަކަށްތަ؟ ނޭޕާލު ތަންތަނުން ކިރިޔާ 18 އަހަރު ފުރިހަ ތިބި ކުދިން ގެނެސްގެން މި ބިދޭސީ ވަގު ވިޔަފާރި ތަކުގަވެސް ގެންގުޅޭ. ދިވެހި އަންހެނުންނަށް ރައްކާތެރިކަން ނުދެވޭއިރު އަދި އެމީހުންގެ ހާލަކީ ކޮބާ؟ މިއޮތީ ވާ ގައުމެއް. ސަރުކާރެއް އޮންނަ ތަނެއްހެންވެސް ހީނުވޭ ބައެއްފަހަރު.
އާދަކާދަ
18 November 2025
ތިވެސް ޔަގީން ކަމެއް ނޫން. ބައެއް ކުދިން ބަލާފަ ހީ ނުވޭ 18 ވެސް ފުރިފަ ތިބިހެނެއް. ލިޔެކިޔުން އޮޅުވާލައިގެންވެސް އުޅެދާނެ. މި ގައުމަކީ ހިއުމަން ޓްރެކިންގ ގެ ހާއްޔެއް. އޭގެން ފައިދާ ނަގާ މީހުން ވަރަށް ގިނަ. މަޖިލިހުގަވެސް ތިބޭނެ ކަމަށް ގަބޫލުކުރެވެނީ.
ޝަނީފް
18 November 2025
އެކަމަކު މި ގައުމުގެ ވެރިމީހާ ބުނަނީ އެހެން އެއްޗެއް. ބިދޭސީންގެ މައްސަލަ ހައްލުކޮށްފަ، ގޭންގުތައް މުޅިން ނައްތާލެވިފަ އަދި ނުވިތާކަށް ޑޮލަރުގެ އަގުވެސް ބެންކު ރޭޓުގަ ހިފޭއްޓިފަ ހުރި ވާހަކަ އަބަދު ދައްކަނީ. އެހެންވީމަ ތިޔަ ކިޔާ އެއްޗެއް ދިމަލެއް ނުވޭންނު.