ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި ގިނަ އަހަރުތަކެއް ވަންދެން އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ބަލަން ފަށައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ، އިތުބާރުކުރެވޭ މަގާމެއްގައި ހުރެ، އުމުރުން 18 އަހަރުގެ އަންހެނަކަށް، އޭނާ ކުޑައިރުއްސުރެ އެކި ދުވަސްވަރު މަތިން ތަކުރާރުކޮށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރާ މައްސަލައެއް މިއަދު މެންދުރު ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
އެނގިފައިވާ ޖިންސީ އަނިޔާކުރި ކަމަށް ތުހުމަތުކުރަނީ، ސިފައިންގެ މީހަކު، އޭނާގެ ދޮންދަރިއަށެވެ.
އެކަމުގެ ހިތްހަމަނުޖެހުންތަކުގައި ފިރިހެން މީހާގެ ޔުނީފޯމުތައް ވެސް މަގުމައްޗަށް އުކާލި އެވެ.
އެ މައްސަލަ ތަހުގީގު ކުރަމުން އަންނާތޫ އިތުރު ތަފްސީލެއް ފުލުހުން އަދި ނުދެ އެވެ.