ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި މީހަކު ހޯދައި ހައްޔަރުކުރުމަށް ފުލުހުން އިންޓަޕޮލް މެދުވެރިކޮށް ރެޑް ނޯޓިސް ނެރެފި އެވެ.
ރެޑް ނޯޓިސް ނެރުނީ ފ. ނިލަންދޫ، ރާހި، އިޒްޔާން އަބްދުލްހަމީދު ހޯދުމަށެވެ.
ފުލުހުން ބުނީ އުމުރުން 38 އަހަރުގެ އިޒްޔާން ވަނީ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލަ ރިޕޯޓުކުރުމާ އެކު، ބޭރަށް ފުރައިގެން ގޮސްފައި ކަމަށް ތަހުގީގަށް އެނގިފައިވާ ކަމަށެވެ.
އެކަމަކު، އޭނާ މިހާރު އުޅޭ ތަނެއް ނޭނގޭ ކަމަށް ވެސް ފުލުހުން ބުންޏެވެެ.
އިންޓަޕޮލް ރެޑް ނޯޓިސް ނެރެނީ ބައިނަލްއަގުވާމީ ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ އެހީތެރިކަމާ އެކު، ކުށުގެ ތުހުމަތުކުރެވޭ މީހުން ހޯދައި ގާނޫނީ އިޖުރާއަތްތަކުގެ ތެރެއިން އެ މީހުން ހައްޔަރުކުރުމަށް މަގުފަހި ކުރުމަށެވެ. އެއީ ތަހުގީގަށް ހާޒިރުކުރުމަށް ނުވަތަ ގާނޫނީ ފިޔަވަޅު އެޅުމަށް ހޯދާ މީހުންގެ މައުލޫމާތު އާންމުކުރުމަށް ނެރޭ ނޯޓިސްތަކެކެވެ.