އައްޑޫގައި މިދިޔަ މަހު ބޭއްވި ފެންނަ/ނުފެންނަ ވޯޓުގެ މަސައްކަތުގައި އީސީގެ އޮފިޝަލުން މަސައްކަތް ކުރަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
18 ނޮވެމްބަރ 2025 - 10:54
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް 7،000 އަށް ވުރެ ގިނަ އޮފިޝަލުން ހޯދަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިއްޔެ އިއުލާންކޮށްފި އެވެ.
އީސީގެ ވެބްސައިޓުގައި ބުނީ އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ ވޯޓުލާ މަރުކަޒުތަކަށް ބޭނުންވާ އޮފިޝަލުން ހޯދަމުން އަންނަ ކަަމަށެވެ. އެ އިންތިހާބަށް 7،000 އަށް ވުރެ ގިނަ އޮފިޝަލުން ބޭނުންވާ ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.
އަންނަ އަހަރުގެ މާޗު 28 ގައި ބާއްވާ ކައުންސިލްތަކުގެ އިންތިހާބުގައި ވޯޓުލާ މަރުކަޒުތަކުގެ އޮފިޝަލުންނަށް ވުމަށް ޝައުގުވެރިވާ މީހުން އެ ކޮމިޝަނުގެ ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅޭނެ ކަމަށް އީސީން ބުންޏެވެ.
އޮފިޝަލަކަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކަކީ އުމުރުން 18 އަހަރުވެފައި ވުމާއި އެއްވެސް ސިޔާސީ ޕާޓީއެއްގެ އިސް މަގާމެއް އަދާނުކުރުމާއި އެއްވެސް ކެންޑިޑޭޓެއްގެ ކެމްޕޭން ހަރަކާތްތަކުގައި އަމަލީ ގޮތުން ބައިވެރިވާ މީހަކަށް ނުވުމެވެ. އަދި އިންތިހާބަށް ކުރިމަތިލާ ކެންޑިޑޭޓެއްގެ އާއިލީ މެންބަރަކަށް ނުވުމާއި ކެންޑިޑޭޓެއްގެ މަންދޫބެއް، އޮބްޒާވަރެއް ނުވަތަ މޮނިޓަރެއްގެ ގޮތުގައި ކުރިމަތިލާފައިވާ މީހަކަށް ނުވުމާއި ޖިނާއީ ކުށެއްގެ ހުކުމް ތަންފީޒުކުރަމުންދާ މީހަކަށް ނުވުމެވެ.
އީސީގެ އިއުލާނުގައި ބުނި ގޮތުގައި، އޮފިޝަލުންގެ ތެރެއިން ވޯޓުލާ މަރުކަޒުގެ ވެރިޔަކަށް ހަމަޖައްސާ އޮފިޝަލަކަށް 2،900ރ. ލިބޭނެ އެވެ. ވެރިޔާގެ އެހީތެރިއަކަށް ހަމަޖައްސާ އޮފިޝަލަކަށް 2،600ރ. ލިބޭނެ އެވެ.
ވޯޓުލާ މަރުކަޒުގެ އެހެން އޮފިޝަލުންނަށް 2،300ރ. އާއި ވޯޓު ގުނާ އޮފިޝަލަކަށް 1،800ރ. ލިބޭނެ އެވެ. އަދި ރިޒާވް އޮފިޝަލުންނަށް 1،000ރ. ގެ އެލަވަންސެއް ވެސް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
މަސައްކަތްކުރާ ގަޑިތަކަށް ބަލައި، ކެއުމާއި ސައިގެ އެލަވަންސް އަދި އިތުރު ގަޑީގައި ފައިސާ ދިނުމަށް ވެސް ހަމަޖެހިފައިވާ ކަމަށް އީސީން ބުންޏެވެ.
އޮފިޝަލަކަށް ވުމަށް ފޯމު ހުށަހަޅަން ޖެހޭ އެންމެފަހު ތާރީޚަކީ އަންނަ މަހުގެ 21 ވަނަ ދުވަހުގެ މެންދުރު ފަހު 3:00 އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބާބި ބިންތު ޝާޕި
18 November 2025
މިހާރު ވޯޓްލައިގެން ފަސްމީހުން ހޮވުމުން ރަށަށާއި ސަރުކާރު ރައްޔިތުންނާ ގެއްލުން. 1- ކުފޫ ހަމަނުވާ ގަމާރުން މަޤާމުތަކަށް އައުން. 2- ސަރުކާރަށް ޖެއްސުންކުރުން. ހިތުހުރި ގޮތަކަށް ރަށުގެ ބިންތަކާ ވަސީލަތްތައް ބޭނުންކުރުން. 3- ރަށައް އަންނަން އޮތް ތަރައްޤީއަށް ހުރަސްއެޅުން 4- ބޮޑު މުސާރަދޭންޖެހުން ގިނަޢަދަދެއްގެ ބަޔަކަށް. ކަތީބު ބޮޑުކަތީބު ވީމާ 2 މީހުންލައިގެންފުދޭ 5- ޕާޓީތަކުގެ އަޅަކަށްވެ ހަމައާއި ނަހަމަ އޮޅުން
ކިހާދޫ ޝާފީ
18 November 2025
އަތޮލު ކައުންސިލްތައް އުވާލަން މާ ލަސްޖެއްޖެ. ފިނޮޅުތަކާއި ފަރުގިރިތައް ޓުއަރިޒަމަށޭ ކިޔާފަ ކޮރަޕްޝަންތެރޭންވިއްކާ ނަގަނީ. ރަށުކައުންސިތު ތަކުގެ 5 މެމްބަރުންވެސް ނު؛ލާންވީ. މާރސްޓާސް ހަދާފަ ތިބި ކަތީބުން ލައްވަންވީ! އޭރުން ސަރުކާރަށް ޖެއްސުންކުރާ ބައިގަނޑެއް ނުތިބޭނެ ދިވެހި ދިދައިގެ ދަށުގައެއް. މަޖުލިސްވެސް އުވާލަންވީ!
އަބްޑޫޅް +
18 November 2025
ޙޫމް. އަޙުރެންގެ ނަން، ފޮށްޓަށް ވައްޓާލާންން.