ހަށިވިއްކާ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ހަތަރު މީހުން.-- ފޮޓޯ: ޕޮލިސް
19 ނޮވެމްބަރ 2025 - 11:47
މާލޭގައި ހިންގާ ސެލޫނެއް ފާސްކޮށް، ހަށިވިއްކާ ކަމުގެ ތުހުމަތުގައި ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ ވެބްސައިޓުގައި ބުނީ "ޕީސް ސެލޫން އެންޑް ސްޕާ"ގައި މިދިޔަ ހޯމަ ދުވަހު ހިންގި އޮޕަރޭޝަންގައި ދިވެހި ފިރިހެނަކާއި ތައިލެންޑުގެ ތިން އަންހެނުން ހައްޔަރުކުރީ ފައިސާގެ ބޭނުމުގައި ޖިންސީ ކުށުގެ އަމަލު ހިންގައި ހަށިވިއްކުމުގެ ވިޔަފާރިކުރަމުންދާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި ފިރިހެނަކީ ގއ. ވިލިނގިލި، ރިވެލި، މުހައްމަދު ސަމާމް ރަޝީދު، 28، އެވެ.
އެ މައްސަލާގައި ދެން ހިމެނެނީ؛
- ޖުންޕެން ކުމްބޮންޕިޓަކް، 38
- ޕަޓްޗަރިދާ ބަންނަބޮޑީ، 24
- ސުޕަވަޑީ ޖޮމްޓަރަކު، 21
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ސަމާމްގެ ބަންދަށް ފަސް ދުވަސް އަދި ތައިލެންޑުގެ އަންހެނުންގެ ބަންދަށް ވަނީ 30 ދުވަސް ވަނީ ދީދަ އެވެ.
ޕީސް ސެލޫނުން ސޯޝަލް މީޑިއާގައި ވެސް ވަނީ އެ ތަނުގެ ހިދުމަތްތައް ޕްރޮމޯޓުކުރުމުގެ ބަދަލުގައި މަސައްކަތްކުރާ އަންހެން މުވައްޒަފުން އިޝްތިހާރުކޮށް ފޮޓޯ އާއި ވީޑިއޯ އާއްމުކޮށްފަ އެވެ. ހާއްސަކޮށް، ޓިކްޓޮކްގައި އޭގެ ގިނަ ވީޑިއޯ ޕޯސްޓު ކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހަސަންބޭ..
20 November 2025
އަހަރެން ހީކުރީ ތުޙުމަތުކުރެވޭ ފަރާތްތަކުގެ ނަން ހާމަނުކޮށްގެން އެއްޗެހި ކިޔާނެކަމަށް؟ އެކަމަކު މިހާރު މިއުޅެނީ ނަން ހާމަކޮށްގެން. ސާބަހޭ ދިވެހީން
ހަލޯ
19 November 2025
މިދެން މުސްކުޅިވިޔަސް ސިފަޔަށް ބަދަލެއް އަންނަބަޔެއް ނޫން.
ކިމް އުން ޖުން3
19 November 2025
ކިޔާ ނަންނަން ވެސް ހުރީ ރާޢްޖޭގެ މާހައުލާއި މަސާޖު ތެލާއި ގުޅުވާފައި ދޯ !!! ޖުން ޕެން ކުމް ބޮން ޕިޓަކް، ޕަޓް ޗައިދާ ބަންނަ ބޮޑީ، ސުޕަ މަޑީ ޖޮމް ޓުރަކު؟ ނަންތައް މުރާޖާ ކުރި އިރު ގުއިއްޓޭ ގެނަމެއް ނެތް
މުހައްމަދު ސަމާމް ރަޝީދު
19 November 2025
އަހަރެން ދިޔައީ ބުރަކަށީގައި ރިއްސާތީ ތެޔޮ އުނގުޅަން .
ށުޖާބެ
19 November 2025
ކުށެއްގެ ތުހުމަތު ކުރެވުމަކީ ފޮޓޯޖަހާ ފަލީހަތް ކުރުން ކަމަށް ވާނަމަ ދެން އޯކޭ .ނޯތްކޮރެއާގެ އުސޫލު ދީ
ދދަަފފފފ
19 November 2025
އިސްލާމުންގެ ތެރޭގައި ޒިނޭ ޚާނާތައް ހަދައިގެން ޒިނޭކުރުން ރަނގަޅުދޯ؟
ޙަމް
19 November 2025
މިކަން ފުޅާ ދައިރާގައި ކުރާ ރަޝިޔާ މީހުން ހޯދާ ހައްޔަރު ކުރޭ.
ފުކެއް ބޮޑުވަރު
19 November 2025
މިދުވަސްކޮޅު ވަރައް ހިންގާލާފަ އުޅޭނެ ހެޑްލައިންތައް އަޅާލަން، ރޭޕް ކޭސް ފޮރުވަންވެގެން ވަރައް މަސައްކަތް ކުރާނެ، އަހަރެމެން ދަންނަ އިދާރާއެއްތީ.
ޒުވާރި
19 November 2025
ބަންނަ ބޮޑީ؟ ރަނގަޅު ނަން ތިޔަހެރީ..
ދޮހޮއްތު
19 November 2025
ގައިގަ ރިއްސާތީ ތެޔޮދެމޭނެ ގޮތެއް ބޭނުންވޭ .. އާސަންދަވެސް ލިބެންޖެހޭ
raajje
19 November 2025
ތުހުމަތެއްގާހައްޔަރުކޮށް "މިފަދަކަމެއްގައި" މީހުންގެ ފޮޓޯޖަހާ ނަންހާމަކޮށްހެދޭނެތަ؟؟ ތުހުމަތަކީ ކުރެވޭތުހުމަތެއްދޯ؟ ފަހުން ތުހުމަތު އެއީ ކުންހީއަކަށްވުމުގެ (ސާބިތުނުވުމުގެ) ފުރުސަތުއޮވޭ! ނަންޖަހާ ފޮޓޯހާމަކޮށްހެދުމަކީ "މިފަދަކަމެއްގައި" އެފަރާތްތަކަށް ދެވޭވަރަށްބޮޑުގެއްލުމެއް، ހަށިވިއްކުންފަދަ އަމަލުތަކުގާ ހައްޔަރުކޮށް ވަނަވަރުހާމަކުރެވެންވާނީ ރެޑްހޭންޑްކޮށްހިފިގެން ނުވަތަ ވަރުގަދަހެކިތަކެއްލިބިގެން، "ތުހުމަތުގާ" ނަންހާމަކޮށްފޮޓޯޖަހާހެދިގެންނުވާނެ
ކައުންސެލަރު.....
19 November 2025
ދެން އެނިމުނީނު! ހައްޔަރުކޮށްފައި ސާބިތު ނުވެއްޖިއްޔާ އެކަން ނުކުރަނީނު. ދެން މައްސަލަޔަކީ ކޮބާ؟ ހައްޔަރުކުރިޔަސް ފޮޓޯޖެހިޔަސް އެކަން ނުކުރަންޏާ އަބުރަކަށް ދަބަރެއް ނާރާނުން. ދެނޯ؟ ކަންކޮށްފައި ހައްޔަރުކޮށް ފޮޓޯނުޖަހާ ދޫކޮށްލީމާ އަނެއްކާވެސް ދިއުން އޮންނާނެ. ހަމަދާނީ ހަމަދާނީ ކާކަށް ގެއްލުމީ؟ އެގޮތްތަ ރަނގަޅީ؟