ޓެކްސް އެޕީލް ޓްރައިބިއުނަލް: އެ ޓްރައިބިއުނަލަށް 14 ބޭފުޅަކު ކުރިމަތިލެއްވި.
24 ނޮވެމްބަރ 2025 - 12:35
ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ފަސް މެންބަރެއްގެ މަގާމުގެ މުއްދަތު ހަމަވާތީ އެ މަގާމަށް ކުރިމަތިލާން ރައީސް އޮފީހުން ހުޅުވައިލުމުން ކުރިމަތިލެއްވި 14 ބޭފުޅުންގެ ނަން، ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިއްވި ސިޓީގައިވާ ގޮތުން ރައްޔިތުންގެ މަޖިލީހުން ރުހުންދިނުމާ މެދު ގޮތެއް ނިންމަން ރައީސް ޑރ.މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވީ ޓެކްސް އެޕީލް ޓްރައިބިއުނަލް އަށް ކުރިމަތިލެއްވި ހުރިހާ ބޭފުޅުންގެ ނަންތަކެވެ.
1- އަހުމަދު ޔާމީން، ބީޗްކޯނާ، ގދ. ގައްދޫ
2- ޝިފްޒާ އަބްދުލްގައްޔޫމް، ގަސްދޮށުގެ ، ގއ. ނިލަންދޫ
3- އާއިޝަތު އިޝާ، ހުޅުމާލެ ފްލެޓް 88-2-02
4- އުސާމާ މޫސާ ، ޗަމަން. ށ.ކޮމަންޑޫ
5- ހަސަން ނާސިހު އަހުމަދު، މާވަހި، ސ. ހިތަދޫ
6- އަލް އުސްތާޒް އިބްރާހީމް އަފީފް، ގުލްބަހާރުގެ. ބ. ތުޅާދޫ
7- ހަސަން ޒުހައިރު މުހައްމަދު، ގ. މާވާރުލު
8- ޝައުފާ އިބްރާހީމް އަކިރިވިލާ. ދ.މީދޫ
9- މުހައްމަދު ވަހީދު އަލީ. ދަފްތަރު ނަމްބަރު: ރ.ސ.4095
10- މުހައްމަދު އިމްތިސާލް އަހުމަދު. މއ. މަލުވިލާ އުތުރުބައި.
11- އާމިނަތު ޝާދިޔާ. މ.ޕިސްތާގެ
12- އިބްރާހީމް ޝަރީފް. ގ. އަލިޝާ
13- މުހައްމަދު އަމީން ޒާހިރު، ނީލާ. ސ.ހިތަދޫ
14- މުހައްމަދު އަބާން އިބްރާހީމް، ގ.އަންމޯލް
ރައީސް ފޮނުއްވި އެ ލިސްޓް ދިރާސާކުރަން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް މިއަދު ފޮނުވި އެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލްގައި މިހާރު ތިއްބެވި ފަސް މެމްބަރުންގެ މަގާމުގެ މުއްދަތު ހަމަވާނީ މި މަހުގެ 29 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ފަޅުމަސް
24 November 2025
ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު ބުނާ ގޮތުން، ޓެކްސް އެޕީލް ޓްރައިބިއުނުގެ ބެންޗަކީ ވަކި ގޮތަކަށް ކޮމްޕޮޒިޝަން ހަމަ ކުރަންޖެހޭ ތަނެއް.. މިހާރު އެޕްލައިކޮށްފައިވާ މީހުންނަށް ބަލާއިރު އެ ކޮމްޕޮޒިޝަން ހަމަވާ ގޮތަށް ޓްރައިބިއުނަލްގެ ބެންޗު ޖެގިދާނެކަމަކަށް ނުބެލެވޭ!
އިސްމާލު2.0
24 November 2025
ޓެކްސް އެޕީލް ޓްރައިބިއުނަލަށް ދާންވާނީ، ތިމަންނާ އަކީ ގާނޫނުތަކަށް ފަރިތަ އަދި އެކައުންޓިންގ އަދި ފައިނޭންސްގެ ދާއިރާގެވެސް ވާނުވާ އެނގޭ މީހެއްކަން ގަބޫލުކުރެވެންޏާމުންނެވެ. ޓެކްސް އަކީ ފަސޭހަ އެއްޗެއް ނޫނެވެ. ޓެކްސް ފާމުތައް ހިނގަނީވެސް މި ބުނިކަހަލަ ޗާޓަޑް އެކައުންޓަންޓުންނާއި އަދި ގާނޫނީ ވަކީލުން ގުޅިގެންނެވެ.