ޝިފާއު: އޭނާގެ މައްޗަށް 16 ދައުވާއެއް ވަނީ ސާބިތުވެފައި
30 ނޮވެމްބަރ 2025 - 14:36
ސައްހަ ނޫން ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރަމުން ދިޔަ މައްސަލައިގައި 16 ދައުވާއެއް ހުސެއިން ޝިފާއުގެ މައްޗަށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅައިފި އެވެ.
ޓީޓީ ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރަމުން ދިޔަ މައްސަލައިގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް އަންނަ ގޮތަށް، 23 ދައުވާއެއް ޝިފާއުގެ މައްޗަށް ދައުލަތުން ކުރި އެވެ. އޭގެ ތެރެއިން 16 ދައުވާއެއް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ވަނީ ނިންމައިފަ އެވެ.
ސާބިތުވީ އެނގި ހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ކުށުގެ ނުވަ ދައުވާއަކާއި މަކަރާއި ހީލަތް ހެދުމުގެ ކުށުގެ ހަތް ދައުވާ އެވެ. އޭނާގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގެ ހަތް ދައުވާއާ މެދު ފަހުން ގޮތެއް ނިންމާނެ ކަމަށް މައްސަލަ ބައްލަވާ ގާޒީ ވަނީ ވިދާޅުވެފަ އެވެ.
ސާބިތުވި 16 ދައުވާގެ އަދަބު ކަނޑައެޅުން އަންނަ ހަފުތާއަށް ކޯޓުން ވަނީ ތާވަލުކޮށްފަ އެވެ. އެ އަދަބު ކަނޑައެޅެންދެން ޝިފާއު ބަންދު ކުރަން ވެސް މިއަދު އަމުރު ނެރެފައިވެ އެވެ.
ޝިފާއުގެ މައްޗަށް ކުރި 23 ދައުވާއަށް 38 އަހަރުގެ ޖަލު ހުކުމެއް އަންނާނެ ކަމަށާއި މި މައްސަލަތަކުގައި 123،844.54 ޑޮލަރު (1.9 މިލިއަން ރުފިޔާ) ހިމެނޭ ކަމަށް ޕީޖީން ކުރިން ބުނެފައިވެ އެވެ.
ޝިފާއުއާ އެކު އިއުތިރާފުގެ އެއްބަސްވުމެއް ޝަރީއަތް ނިމި ހުލާސާ ބަޔާން ހުށަހަޅާ ހިސާބުގައި އޮއްވައި ދައުލަތުން ހެދި އެވެ. ނަމަވެސް، އެ އެއްބަސްވުން ބަލައިނުގަންނަން ގާޒީ އަލީ ނަދީމް ވަނީ ނިންމެވި އެވެ.
"ކިންގްޑަމް އޮފް ފުރުޓްސް" ނަމަކަށް ކިޔާ، އަމިއްލަ ފަރުދެއްގެ ވިޔަފާރިއެއް މެދުވެރިކޮށް، ރާއްޖެއިން ބޭރުގެ ކުންފުނިތަކާ އެކު މަކަރާއި ހީލަތުން ކުރި ވިޔަފާރީގެ މުއާމަލާތްތަކުގެ މައްސަލައިގައި 2023 ވަނަ އަހަރު ޝިފާއު ހައްޔަރުކުރުމަށް ފަހު ކޯޓުން ދޫކޮށްލުމުން އޭނާ ފިލައިގެން ރާއްޖޭން ބޭރަށް ދިޔަ އެވެ. އޭގެ ފަހުން އޭނާ ހޯދަން އިންޓަޕޮލް މެދުވެރިކޮށް ރެޑް ނޯޓިސް ނެރުމުން އަމިއްލައަށް އޭނާ ރާއްޖެއަށް އައުމުން ހައްޔަރުކުރުމަށް ފަހު ދޫކޮށްލީ ޕާސްޕޯޓް ހިފަހައްޓައިފަ އެވެ.
އޭނާގެ މައްސަލަތައް ކޯޓުގައި އޮއްވައި އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމަށް ވެސް އައްޔަންކުރި އެވެ. ނަމަވެސް މީޑިއާގައި އޭނާގެ މައްސަލަ ހާމަކުރުމާ އެކު މަގާމުން ވަކިކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަންދަލޫސިޔާ
01 December 2025
"އޭނާގެ މައްސަލަތައް ކޯޓުގައި އޮއްވައި އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމަށް ވެސް އައްޔަންކުރި އެވެ. ނަމަވެސް މީޑިއާގައި އޭނާގެ މައްސަލަ ހާމަކުރުމާ އެކު މަގާމުން ވަކިކުރި އެވެ."
ޑރ ވާންޗޯ
30 November 2025
20 ދައުވާ ސާބިތުވެ 800 އަހަރަށް ހުކުމްކުރިޔަސް ތިޔަމީހާ ޖަލުގަ ބުރަތްކެއް ނުޖެހޭނެ. ތިޔަ ހުރިހާ ކަމެއް ސަރީއަތުގައޮއްވާ ސަރުކާރުގެ ބޮޑުމަގާމެއްދީފި. ހުކުމްކުރަން ރެޑީވެފައޮއްވާ ޕީޖީ އެހެއްދެވި އިއުތިރާފުގެ އެއްބަސްވުމެއްގެ ވާހަކަ އަޑުއެހިމީހަކުވެސް ހޭނެތޭނެ.
ހޮޓްކިންގ
30 November 2025
ތިމީހާ މިހާރުވެސް އުޅެނީ ހަމަ އެކަމުގަ މީހުނަށް ލަނޑު ދިނުމުގަ. މީނާ މުޖުތަމަށް ނުރައްކަލަށް ނުވޭދޯ؟ މަ ދަންނަ އިންޑިއާ މީހަކު އަތުންވެސް އަންނާރު ސިޕްމަންޓެއް ގެނައި އެމްއައިބީގެ ނަމުގައި ފޭކް ޓީޓީ ފޮނުވައިގެން.
އުސްމާނުބެ
30 November 2025
"ކިންގްޑަމް އޮފް ފުރުޓްސް" ވަރައް ސަޅި މީނަމީ މީގެ 12 ވަރަކައް އަހަރު ކުރިން ، މަގޭ އަތުންވެސް ލައްކަ އެއްހާ ރުފިޔާގެ މުދާ ދިރުވާލައިގެން އުޅޭ މީހެއް ، ބެންކުންވެސް ބުނާނެ ބައުންސް ޗެކާ މަކަރު ހަދާ މީހިންނައް އެކައުންޓެއް ނުހުޅުވަދެޔޭ އެކަމަކު މިހުރިހާދުވަހުވެސް ހަމަ އޭނަ އެއުޅެނީ އޭނަގެ މަސައްކަތުގައި ކަމުން ބޮމުން
އަހްމަދު ވާއިލް
30 November 2025
ބަލާ ބެލުމައް ރަގަޅު މީހެއްހެން ހީވަނީ. ތުބުޅި ވެސް އެބަހުރި. ނިތްކުރި މާކް ވެސް އެބަހުރި. މަ މާފް ކޮއްފިން. ދޫކޮއްލާ!
އުސްމާނުބެ
30 November 2025
ގިނަ ފަހަރު އެންމެނުބައި މީހުންވެސް މިހެން ތިބޭ ، އަދި ހަމަ މުޅި ގައިގަ ފުރެންދެން ޓެޓޫން ޖަހައިގެން އެންމެ ނުލަފާވާނެކަމައް ހީކުރާ މީހާވެސް ތިޔަބުނާ ސިފަތައް ހުންނަމީހުންނައް ވުރެ އިންސާނިއްޔަތުކަން ރަގަޅުވާ ފަހަރުވެސް އާދޭ ، އަހްމަދު ވާއިލް ގެ މުދާ ތޯ ނުވަތަ ފައިސާ ތޯ އޭނަ އިހުމާލުވެެގެން އުޅެނީ މާފު ކުރައްވަން ،،،
ފެޓް
30 November 2025
މި ގައުމުގަ ވަގުންގެ ދަފްތަރެއް ހަދަން ފެނޭ
ޑރ ވާންޗޯ
30 November 2025
މިހާރު ހުރިއްޔާ ހުރި ދަފްތަރެއްގަ ވަގުންގެ ޖަހާލީމަ ނިމުނީ.
ދަގޭ
30 November 2025
ޝިފާއު އަށް އަނިޔާ ނުކުރޭ އެއީ ބަތޮލެއް
ސުނާރު
30 November 2025
މިހާރު ތިހުރީ ރަސްކަލަކަށް ކުފޫ ހަމަވެފަ.
އަސަަގފަފަ
30 November 2025
ސަރުކާރުގެ ސިޔާސީ މަގާމަކށް މިވަރު މީހުން ލާއިރު ހަމަ ނޭނގެނީބާ. ނޫނީ ބަލަން ބޭނުން ނުވަނީބާ. މުޅި ނިޒާމު މިއޮތީ އަތަށް ގޮވާފަ