ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓު: ކުޅުދުއްފުއްޓާއި މާލެއާ ދެމެދު ދަތުރުކުރާ ބޯޓެއްގައި ޑްރަގު އުފުލިކަން ސާބިތުވެ އުމުރަށް ޖަލަށް ލާން ވަނީ ހުކުމް ކޮށްފައި
01 ޑިސެމްބަރ 2025 - 08:02
މާލެ އާއި ކުޅުދުއްފުއްޓާ ދެމެދު މުދާ އަދި މީހުން އުފުލާ ބޯޓެއްގައި ފަޅުވެރިއެއްގެ ގޮތަށް މަސައްކަތް ކުރަމުން މަސްތުވާތަކެތި ޓްރެފިކް ކުރިކަން ސާބިތުވެ، އުމުރަށް ޖަލަށްލުމަށް މީހެއްގެ މައްޗަށް އިއްޔެ ހުކުމްކޮށްފި އެވެ.
އޭނާގެ މައްޗަށް ދައުލަތުން ދައުވާކުރީ ފުލުހުންނަށް ލިބުނު މައުލޫމަތަކާ ގުޅިގެން ނޯތު ހާބަރުން އޭނާ ހުއްޓުވައި ބަލާފާސްކުރުމުގެ ތެރެއިން 50 ގްރާމްގެ ޑައިމޯފިން ހުރި ކަރުދާސް ކޮތަޅެއް ފެނިފައިވާތީ އެވެ.
އެ މީހާގެ މައްޗަށް އުފުލި ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އަށް ކޯޓުގައި އިންކާރުކުރި އެވެ. އެއާ އެކު، އެ ދައުވާ ސާބިތު ކުރަން ދައުލަތުން ހެކި ހުށަހެޅި އެވެ. އެކަމަކު، ދިފާއުގައި އޭނާ އެއްވެސް ހެއްކެއް ހުށަހަޅާފައެއް ނުވެ އެވެ.
ނަމަވެސް، ޝަރީއަތުގެ މަޖިލީހުގައި ދައުވާ ލިބޭ މީހާ ބުނެފައިވަނީ ޖީބުން ނެގި ކޮތަޅުގައި މަސްތުވާތަކެތި ހުރިކަން ނޭނގޭ ކަމަށާއި އެފަދަ އެއްޗެއް ހުރިކަން އެނގޭ ނަމަ އޭގައި ނުހިފާނެ ކަމަށެވެ.
ކުޅުދުއްފުށީ މެޖިސްޓްރޭޓުން ކޯޓުން މި މައްސަލައިގައި އިއްވި ހުކުމްގައި ބުނީ، މަސްތުވާތަކެތި ފެނުނު ކޮތަޅަކީ ޓޭޕް އަޅައި އެތެރެ ނުފެންނަ ފަދައަކުން ބަންދު ކޮށްފައި އޮތް ޕެކޭޖެއް ނުވަތަ އެފަދަ ގޮތަކަށް ބަންދު ކޮށްފައި އެއްޗެއް ނޫން ކަމަށާއި އެއ، އެއްވެސް ގޮތަކަށް ބަންދުކޮށްފައި ނުވާ ކަރުދާސް ކޮތަޅެއް ކަމަށެވެ.
ބޯޓުން ކުޅުދުއްފުއްޓަށް ގެނައުމަށް މީހަކު ދޭ އެއްޗަކާ ހަވާލުވާ ނަމަ އެންމެ ކުޑަމިނުން އެއީ ކާކާ ހަވާލުކުރާ އެއްޗެއްތޯ އާއި އެ ތަކެއްޗާ ހަވާލުވާން މީހަކު ދާނެތޯ ފަދަ ސުވާލު އެ އެއްޗެއް ހަވާލުކުރަން ދާ މީހެއްގެ ކައިރީ އަހާނެ ކަމަށް ގަބޫލު ކުރެވޭ ކަމަށް ވެސް ހުކުމްގައި ވެ އެވެ. އެ ކޮތަޅު އެ މީހާއާ ހަވާލުކުރީ ގޮތް ނޭނގޭ މީހެއް ކަމަށް ބުންޏަސް އެއީ ކާކު ކަމެއް ދައުވާ ލިބޭ މީހާ އަށް ބުނެދެވިފައި ނުވާ ކަމަށް ހުކުމްގައި ބުންޏެވެ.
"މި މައްސަލައިގައި ހުށަހަޅާފައިވާ ފޮޓޯތަކަށް ބަލާއިރު އެ ކޮތަޅުގައި އެއްވެސް މީހެއްގެ ނަމެއް ނުވަތަ ގުޅޭނެ ފޯނު ނަންބަރެއް ފަދަ އެއްޗެއް ލިޔެފައިވާކަން ފާހަގައެއް ނުކުރެވެ އެވެ. މި ދެންނެވި ކަންކަން އެހެން ހުރުމުން، މަސްތުވާތަކެތި ހުރި ޖޫސްޕެޓީ ކޮތަޅު ޖީންސުގެ ޖީބުގައި އޮތީ އޭނާގެ އެނގުމުގެ ތެރެއިން ކަން އެނގެން އޮވެ އެވެ،" ހުކުމްގައި ބުންޏެވެ.
ހުކުމްގައިވާ ގޮތުން މަސްތުވާތަކެތި ފެނިފައިވަނީ ދައުވާ ލިބޭ މީހާ ލައިގެން ހުރި ޖީންސުގެ ވާތްފަރާތު ކުރިމަތީ ޖީބުގައި އޮތް ކޮތަޅެއްގެ ތެރެއިންކަން ސާބިތުވެ އެވެ. އެ ތަކެތި ހުރީ އޭނާގެ ހިޔާޒަތުގައި ކަމާ މެދު ސުވާލެއް ނުއުފެދޭ ކަމަށް ވެސް ހުކުމުގައި ވެ އެވެ.
އެހެންވެ، ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި، ކުޅުދުއްފުށީގެ ކޯޓުގެ އިސް މެޖިސްޓްރޭޓް މުހައްމަދު އިސްމާއިލް ވަނީ ދައުވާ ލިބޭ މީހާގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް (25 އަހަރު) އިއްވައި 100،000ރ. އިން ޖޫރިމަނާކޮށްފަ އެވެ. ޖޫރިމަނާގެ ފައިސާ 12 މަސް ތެރޭ ދައްކަން ވެސް އަމުރު ކުރެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހޭލަ
02 December 2025
ޚަބަރުގެ ފުރަތަމަ ސިފައަކީ ކާކު؟ މިއީ ކާކުގެ މައްޗަށް އިއްވި ހުކުމެއް؟ އެމީހާ، މިމީހާ މިއީ ނަމެއްނޫން.
މަރިޔަނބ
01 December 2025
އަދި ތިބޭނެ ހުދު ގަމީސް ލާފަ ތިބޭ ޑީލަރުން.
ދަނޑުން
01 December 2025
ވ ރަނގަޅު، ވެރިއަކަށް އެއްދުވަސް
ދަބަރޭ
01 December 2025
ކަންބަޅިއެއް ތި ކަތިލެވުނީ
ސިލްމާ ޒާހިރު
01 December 2025
70 ވަރަކަށް ކިލޯ އެތެރެކޮށްލިނަމަ ސަލާމަތްވީސް. ނިކަމެތިވެފައި، އެންމެ 50 ގްރާމް ވީމައި.
ޑަމީ
01 December 2025
އެ ފަޅުވެރިޔާގެ ށިޕްމަންޓެށް ދޯ.
ތޭރި
01 December 2025
ހުކުމް ވަރަށް ފުރިހަމަ، ކަންކަން ކޮށްފައި ކޮންމެ ފަހަރަކު ރެކި ނުގަނެވޭނެކަން ޤާޒީ އެ ސާބިތު ކޮށްދިނީ.
ކަރކް
01 December 2025
މިވާނީ ތަންކޮޅެއް ނިކަމެތި މީހަކަށް، އެހެންޏާ 75 ކިލޯ 100 ކިލޯ ޓްރެފިކް ކުރާ މީހުންނަކަށް ހުރިއްޔާ ހުރި ހުރިހާ ފުޅަށްމަތިން ހުރަސްކުރާއިރުވެސް އެކަށީގެންވާ އެވިޑެންސް އެއް ނުހުންނާނެ، ޖަލަށްދާންޖެހޭ ހާލަތެއް އަދި އަމްދުން ނާންނާނެ، ޝިޕްމެންޓްތަކުގެ ފައިދާ އެކިއެކި ޕޮޒިޝަންތަކުގަ ތިއްބަވާ ކޯޓްފަޓްލޫން ތުރުކުރައްވައިގެން ތިއްބަވާ ބޭފުޅުންނާ އެބޭފުޅުންގެ ގާތްތިމާގެ މީހުންގެ އެކައުންޓްތައް ވަރަށް އެކްޓިވްވާނެ.
ފުލްސްޓޮޕް
01 December 2025
މިދެން ކޮންކަމެއް؟ ހަމަ ހުރެެފަ ބޮޑު ފުލްސްޓޮޕެއް އެ ޖެހީ. މީގަ ކޮބާ ހައްލެއް؟ ފައިނޭންޝިއަލީ ދައުލަތައް ބަރޑެންއެއް. މަސްތުވާތަކެތި ދެބަޔަށް ބަހަމާ. ރާއްޖެ އެތެރެކުރާ މީހުންނަށް އުމުރު ދުވަހުގެ އަދަބު. އެތެރޭގައި ބަހަން އުޅޭ މީހުންނަށް ލަދާ ތަދާއެކު އުފުލަންޖެހޭ ދައުލަތައް ބުރަބޮޑު ނޫން އަދަބު. މާބޮޑަށް މާނަފުންވެފަ ފައިދާވާނެ.
މަބުނީ
01 December 2025
މާލޭ ކޯޓަކުންނަމަ ތިޔަމީހާ ސަލާމަތްވީސް ކޮންމެވެސް ފަންސުރަކާގަލަމަކާ މަދުވެގެން.