ވެކްސިންގެ ގައުމީ ޝެޑިއުލްގައި އިތުރު ދެ ވެކްސިނެއް ހިމަނައިފި އެވެ.
އެޗްޕީއޭއިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ، ނިއުމޯކޮކަލް އަދި ރޮޓާ ވައިރަސް ވެކްސިން، އަސާސީ ވެކްސިންގެ ލިސްޓުގައި ހިމަނައި، މިއަދުން ފެށިގެން ދޭން ފަށާފައިވާ ކަމަށެވެ.
ނިއުމޯކޮކަލް އަކީ ނިއުމޯނިޔާ އަދި މެނިންޖައިޓިސް އިން ރައްކާތެރިވާން ޖަހާ ވެކްސިނެވެ. ރޮޓާވައިރަސް އަކީ ބޭރަށް ހިންގުމާއި ގިނައިން ހޮނޑުލުން ފަދަ ކަންކަމުން ދުރުވުމަށް ދޭ ވެކްސިނެވެ.
އެ ވެކްސިންތައް ދޭނީ އުމުރުން ދެ މަހާއި ހަތަރު މަސް އަދި ހަ މަހުގެ ކުދިންނަށެވެ.
ނިއުމޯކޮކަލް އަދި ރޮޓާވައިރަސް އަކީ މީގެ ކުރިން އޮޕްޝަނަލް ދެ ވެކްސިނެވެ. ނަމަވެސް، ގައުމީ ޝެޑިއުލްގައި ހިމެނުމުން އެ ވެކްސިންތައް ހިލޭ ލިބޭނެ އެވެ.
މަޖުބޫރު ވެކްސިންތަކުގެ ތެރޭގައި މީގެ ކުރިން ދެމުން ދިޔައީ އެމްއެމްއާރު، ޕޯލިއޯ، ހެޕިޓައިޓިސް، ޓެޓްނަސް ފަދަ ވެކްސިންތަކެވެ.