މިފްކޯއަށް ބޮޑުކަންނެލި ގަންނަން ގޮވާލައި ކުރާ އިހުތިޖާޖުގައި މައުރޫފް ބައިވެރިވަނީ. -- ފޮޓޯ: ފަޔާޒް މޫސާ/މިހާރު
11 ޑިސެމްބަރ 2025 - 13:24
މިފްކޯއަށް ބޮޑުކަންނެލި ގަންނަން ފަށަން ގޮވާލައި ކަންނެލި މަސްވެރިން ކުރަމުންދާ އިހުތިޖާޖްގައި އިސްކޮށް އުޅުއްވާ ބޮޑުކަންނެލި ޔޫނިއަންގެ ޖެނެރަލް ސެކްރެޓަރީ އަދި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު މައުރޫފް ޒާކިރު ހިމެނޭހެން ތިން މީހަކު ހައްޔަރުކޮށް، ދެ ދޯންޏެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އިހުތިޖާޖްގެ ތެރެއިން ތިން މީހަކު ހައްޔަރުކުރީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ފުލުހުންގެ ދައުރު އަދާކުރަން ހުރަސް އެޅުމުގެ ތުހުމަތުގައި ކަމަށެވެ. އެހެން ނަމަވެސް ފުލުހުންގެ ބެލުމުގެ ދަށަށް ދެ ދޯނި ގެންދިޔަ ސަބަބެއް އޮފިޝަލް ވިދާޅެއް ނުވެ އެވެ.
"މަސްވެރިން މިހާރު ކުރަމުންދާ އިހުތިޖާޖާ ގުޅިގެން 2 ދޯނި ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފައި. އަދި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅިކަމުގެ ތުހުމަތުގައި ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި،" އޮފިޝަލް ވިދާޅުވި އެވެ.
ކަންނެލި ދޯނިތަކަށް މިއަދު ފުރަތަމަ އެރިއިރު ފުލުހުން ބުނީ އެއީ އެ ދޯނިފަހަރުގައި ތިބި ބިދޭސީން މުޒާހަރާގައި ބައިވެރިވާތީ އެ މީހުން ހޯދަން އިމިގްރޭޝަނާ ގުޅިގެން ފެށި އޮޕަރޭޝަނެއް ކަމަށެެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް "މިހާރު" އަށް ވިދާޅުވީ މަސްވެރިންގެ އިހުތިޖާޖުގައި ބިދޭސީން ބައިވެރިވަމުންދާކަން ފާހަަގަކުރެވިގެން އެކަން އެގޮތަށް ނުކުރަން ނަސޭހަތްތެރިވުމަށް ފަހު، އެ މީހުންނާ ބެހޭ މައުލޫމާތު ހޯދަން މަސަައްކަތްކުރަމުން އަންނަ ކަމަށެވެ.
މައުރޫފް ޒާކިރު "ރާއްޖެޓީވީ"އަށް ރޭ ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ދޯނިފަހަރުގައި ތިބި ބިދޭސީންނަކީ އެ ދޯނިފަހަރުގައި ދިރިއުޅޭ މީހުން ކަމަށެވެ.
"މި ދޯނިތަކުގައި އެބަ އުޅޭ ބިދޭސީން، އެއީ ދޮގެއް ނޫން، ކޯޓާގެ ދަށުގައި އުޅޭ ބިދޭސީން އެބަ އުޅޭ. ގިނަވާނީ ހަމަ އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި ސައްހަ ކޯޓާގައި ތިބި ބިދޭސީން. އެ ބޭފުޅުން ދިރިއުޅެނީ މި އޮޑީގައި[ ދޯނިތަކުގައި]. ކެއުމާއި ނިދުމާއި ފާހާނާކުރުން ހަމަޖެހިފައި އެބޭފުޅުންގެ ގެދޮރު މިއީ. ގެދޮރު ދާތަނަކަށް އެ ބޭފުޅުން އަންނާނެ،" މައުރޫފް ވިދާޅުވި އެވެ.
ހުޅުމާލެ ކަންނެލި ޖެޓީ ސަރަހައްދުގައި 49 ދޯންޏެއްގެ މަސްވެރިން އިހްތިޖާޖު ފެށީ އިއްޔެ ހެނދުނެވެ. އެކި ޝިއާރުތައް ލިޔެފައިވާ ބެނާތައް ދަމާފައިވާ ދޯނިތައް މެންދުރުފަހު މާލެއާ ދިމާއަށް އިއްޔެ މެންދުރުފަހު މިސްރާބު ޖެހި އެވެ. ނަމަވެސް އެމްއެންޑީއެފް ކޯސްޓްގާޑުން ވަނީ އެ މީހުން ވަކި ހިސާބަކުން ހުއްޓުވައިފަ އެވެ.
އެހެންވެ މަސްވެރިން، ދޯނިތައް އެޅީ އުތުރު ބަނދަރަށް ވަންނަ ނެރުމައްޗަށްވާ ކަހަލަ ގޮތަކަށް ކަނޑުތޮށިން ބޭރުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ދޮން
11 December 2025
ފައްޔާޒު ފަދަ ބޭފުޅެއް ނަތީޖާ ނުނެރެވޭ ހުރިހާ ތާކަށް އުދުޅި ބާނާ ބޭފުޅެއް ، މިފަހަރު ސައިޒް ވެއްޖެ ،، ނޯ ސަޕޯޓް
ދަގަތްފާނު
11 December 2025
އަސްތާ އަދި ކިރިޔާ މިއެނގުނީ ކަންނެއްޔަށް ދާ މެންބަރުން ތިބިކަން. ކަންނެއްޔަށް ދަމުން މެންބަރުކަން ކުރަމުން ވިޔަފާރިކުރަމުން ކުންފުނިތައް ހިންގަމުން މިހެންގޮސް މެންބަރުން ނުކުރާ ކަމެއް ނެތެއްނު.
ޗަޕް
11 December 2025
މަސްވެރިކަމުގައި އުޅޭ ބިދޭސީންނަކީ ރާއްޖޭގެ ގާނޫނުތަކާ ޚިލާފަށް އުޅޭ މީހުން. ހައްޔަރުކޮށް ޑިޕޯޓްކުރޭ.
ޔަމާމް
11 December 2025
މަސްވެރިންނޭ ކިޔާފަ އުޅޭ އިރު އޮޑިވެރި މީހާ މަސްވެރިންނަށް ނޭނގި ދެތިން އޮޑި އެބަ ބާލާ.. އެއީ ހަމަ ދައުލަތުގެ ސަބްސިޑީން ހޯދާ ލާރިން
ކަލީމަތު
11 December 2025
މަސްވެރިންނަށް ވީ ދައުލަތުގެ މާލިއްޔަތު އެއްކޮށް ދޭން އެވެސް އެމީހުން ގެންގުޅޭ މުއްސަދިންނަށް ދޭން
ޝޮކްތެރަޕީ.
11 December 2025
ސަރުކާރުން ނުޖެހޭ މަސްގަނަން. ޢެހެން ވެއްޖިއްޔާ ދަޑުވެރިންގެ އަތުންވެސް އެމީހުން ހައްދާ ތަރުކާރީތަ ގަންނަން ޖެހޭނެ.
މިހާލި
11 December 2025
ތިމައުރޫފަކީ ރިސޯޓްތަކުގެ މީހުން ލޮލުގަ އަނދުން އަޅުވައިގެން މެމްބަރ ކަން ހޯދައިގެން އުޅޭމީހެއް.މަސްވެރިންބާނާހާ މަސް ސަރުކާރުން އެމީހުން ބޭނުންވާ އަގުގަ ގަންނަން ނުޖެހޭ. ޢެހެންވިއްޔާ އާންމު ފިހާރަތަކުގަ ހުންނަ މަސްވެސް އަލުން މިފްކޯއައް ގަންނަން ޖެހޭނެ
ކާނިި
11 December 2025
ނަސީބެއް މަހުލޫފަށްނުވިކަން.
ދޮން މޫސަބެ
11 December 2025
ދޯނި ފަހަރަކީ މަސައްކަތުގެ މާޙައުލުގައި އުޅޭތަން. އެއީ ގެދޮރެއް ނޫން. މިހާރު ތިޔަޖަހާ ސަކަރާތުގައި އަމުދުން ބޭރު މީހުންނަށް އެދޯނި ތަކުގައި ތިބެވިގެން ނުވާނެ.
ްިއިއްބެ
11 December 2025
ތީ ތެދުވާހަކައެއް. އެމީހުން ޖެހޭނީ އެ ދޯނިތަކުން ފައިބާ އެމީހުން ރާއްޖެ ގެނައި ބައެއްގެ ގޭގަ ތިބެން. ދޯނި އެދަނީ މަހަކަށްނޫން. މުޒާހަރާކުރަން. އެހެންކަމުން އޭގަ ތިބޭ އެންމެންނަކީ މުޒާހަރާގެ ބައިވެރިންގެ ގޮތުގަ ބެލޭވޭނީ.