ކުރީގެ ރައީސް ނަޝީދު އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. ---ފޮޓޯ: ފަޔާޒު މޫސާ | މިހާރު
14 ޑިސެމްބަރ 2025 - 20:15
ދައުލަތުގެ މަސްކުންފުނި މިފްކޯ އަށް ބޮޑުކަންނެލި ގަންނަން ޑިމާންޑްކޮށް، ބޮޑުކަންނެލީގެ މަސްވެރިން ކުރި އިހުތިޖާޖާ ގުޅިގެން ހައްޔަރުކުރި އެންމެން ދޫކޮށްލަން ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ގޮވާލައްވައިފި އެވެ.
މާލޭގެ ރަސްމީ ފާލަމާ ދިމާ ނެރު ބޭރުގައި ބޮޑުކަންނެލި ދޯނިތަކުގައި މަސްވެރިން ކުރި އިހުތިޖާޖު ބުރާސްފަތި ދުވަހުގެ މެންދުރުފަހު ފުލުހުން ރޫޅާލައި ބައެއް މީހުން ބަންދުކުރި އެވެ. ކްރިމިނަލް ކޯޓުން ވަނީ އޭގެ ތެރެއިން ތިން މީހަކު ތަހުގީގުގެ ބޭނުމަށް ފަސް ދުވަހުގެ މުއްދަތަށް ބަންދުކުރަން އަމުރުކޮށްފަ އެވެ.
އޭގެ ތެރޭގައި އިހްތިޖާޖުގައި އިސްކޮށް އުޅުއްވި ކެންދޫ ދާއިރާގެ މެމްބަރު އަދި މަސްވެރިންގެ ޔޫނިއަންގެ އެއް ފައުންޑަރު މައުރޫފް ވެސް ހިމެނެ އެވެ. ނަމަވެސް މައުރޫފް އިއްޔެ ވަނީ ބަންދުން ދޫކޮށްލައިފަ އެވެ.
ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މައުރޫފާއި މަސްވެރިން ހައްޔަރުކުރީ ސުލްހަވެރިކަމާއެކީ އަޑުއުފުލަން ތިއްބައި ކަމަށެވެ. އެއްވެ އުޅުމާއި ހިޔާލު ފާޅުކުރުމުގެ ހައްގު އޮބަހައްޓަން ކުރާ މަސައްކަތް ހުއްޓާލަން ޖެހޭ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
MP Mauroof Zakir aa eku masveringe dhuvahu, masveringe adu ufulaan sul-haverikamaa eku thibbaa hayyaru kuri masverin: Mohamed Sodiq, Abdul Latheef Ahmed adhi Mohamed Musthafa vaguthun dhookollaan sarukaarah govaalan. Evve ulhumaai khiyaalu faulhukurumuge haqqu obahattaan mi kuraa…
— Mohamed Nasheed (@MohamedNasheed) December 14, 2025
ބޮޑުކަންނެލީގެ މަސްވެރިންގެ އިހުތިޖާޖު އިިންތިޒާމުކުރި ބޮޑުކަންނެލީގެ މަސްވެރިންގެ ޖަމިއްޔާ އިން ބުނީ، ފުލުހުން ބައެއް ދޯނިތަކަށް އަރައި އިހުތިޖާޖު ރޫޅާލީ ސުލްހަވެރިކޮށް މަސްވެރިން ތިއްބައި ކަމަށެވެ. އަދި އެއީ ސުލްހަވެރި އިހުތިޖާޖެއް ކަމަށް ވެސް ބުންޏެވެ.
ނަމަވެސް ފުލުހުން ބުނީ، މާލެ ކައިރިން ދަތުރުކުރި އުޅަނދުފަހަރަށް އިހުތިޖާޖުގެ ބައިވެރިން ހުރަސްއެޅި ކަމަށާއި ފުލުހުންގެ ނަސޭހަތަށް ވެސް އިޖާބަ ނުދިން ކަމަށެވެ. އުޅަނދުފަހަރަށް ހުރަސް އަޅައި، ސަލާމަތީ ބާރުތަކުން މަނާކޮށްފައިވާ ސަރަހައްދަށް ދޯނިފަހަރުގައި ވަންނަން މަސްވެރިން މަސައްކަތްކުރި ކަމަށް ވެސް ފުލުހުން ބުނެފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަބޫ
15 December 2025
ހައްޔަރު ކުރި މީހުންގެ ތެރޭގައި މަސްވެރިޔަކު ހުރިއްޔާ ވީ އެންމެ އަވަހަކަށް ގޮވާލަން އެކަމަކު މަސްވެރިންގެ ނަމުގައި ދުވަހަކު މަހަށް ނުދާމީހުން ނިކުމެ ސިޔާސީ ގޮތުން ހަމަނުޖެހުން އުފައްދާ މަސްލަހަތުނަގާލަން އުޅުނު އުޅުން ތަހުގީގުކޮށްކުށްވެރިވާ ނަމަ އަދަބު ދޭންޖެހޭ
ޑރ ވާންޗޯ
15 December 2025
ތީ ވަރަށް ރީތިކޮން ގޮވާ ގުރައެއްކަހަލަ މީހެއް. ވެރިކަމުން ފުންމާލައިގެން ފިލިފަހުން ގޮވުންނޫން އެހެންކަމެއް ކުރިކަން އެނގޭކަށްނެތް.
ލަދުކުޑަމީހެއް
15 December 2025
އެއްކަލަ ޕޮލިހުންނާ ތަޅާނެ ކުދިންކޮޅެއްހޯދަން ބުނިމީހާ އަނގަތަޅަން ފެށީ.
އަމޭރު
15 December 2025
މީނަމީ ލަދެއް ހަޔާތެއްހުރި މީހެއްވެސް ނޫންތަ؟ މީހުންނަށް ދުއްޕާންކުރަން ދަސްކޮށްދީފަ ކޯއްޗެކޭތަ އެ ކިޔަނީ، ޑިމަކަރަސީއޭ ކިޔައިގެން. މިއަށްވުރެ ނުލަފާ މީހަކު މިހާތަނަށް މިރާއްޖޭގަ ވެރިކަމެއް ނުކުރޭ
ދޫކުރުން
14 December 2025
އަންނިގެ ވެރިކަމުގަ އެއްވެ އުޅެން އެއްވެސް ޖާގައެއް ނުދީ ނެރުނީ ސިފައިން ނެރިފަ ދެބައި މީހުން ތަޅަން ދޫކޮއްލީ
ކޮތަރޭ
15 December 2025
ކަލޭ ކޮސް ނުގޮވާ. އޭރު މީހުން ދެއިރު ބޭސް ކާހެން މުޒާހަރާ ކުރީތާ.
ޚީކޭ
14 December 2025
ކެޔޮވައް
ދުރުމި1
14 December 2025
ގަވައިދާ ހިލާފަށް އުޅޭ ބަންގާޅިން ވެސް ދެން މީނަ ބުނީމަ ވީ ހަމަ ދޫކުރަންތަަ.
ކޮރަލް
14 December 2025
އެމްޑީޕީގެ އެމްޕީ އިސްވެހުރެ މުޒާހަރާ ކުރި އިރު މީނަ އެތަނައް ނުދެ އެވެ . މިހާރު ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތެވެ . އިންތިހާބު ކައިރި ވީމަ މަސްވެރީން މަތީން ހަނދާން ވާނެ އެވެ .
ހަމްދާނު
14 December 2025
މީ ދިވެހި މަސްވެރިކަން ފުނޑާލި ބޭފުޅާ
މޮހޮސިން
15 December 2025
ފުނޑާލި ގޮތް ނިކަން ކިޔާބާ. އޭނަ މަސްވެރިންނަށް ހަމަ އަގު ހޯދަދިނީ
ޝާހިދު.
14 December 2025
މީނާ ގެނައި ޑިމޮކްރަސީއެއްގެ ސަބަބުން އެގަހު ކޭލެއް މިގަހު ކޭލެއް އެއްބަނޑު މީހެއް އެއްބަފާމީހެއް އާއިލާ މީހެއް މައެއް ބަފައެއް ތިމާގެ މީހެއް ދުރުތާ ތިމާގެ މީހެއް އަވައްޓެރިއެއް ރަހުމަތްތެރިއެއް ހުންނަކަންވެސް ނޭގޭ. ގައުމުުގައި އޮތް އެއްބައި ވަންތަކަން ނެތި ހިގައްޖެ. އެއްކޮއް ކައި އުޅުނު އެކުވެރިން ހަސަދަވެ ރުޅިވެއްޖެ. ޑްރަގު އާއްމުވެ ކަރަޕްޝަނާ ފަސާދައިން ގައުމު ހަލާކުގެ ތެރެއައް ވެއްޓިއްޖެ