އައިޖީއެމްއެޗް: ވެމްކޯ މުވައްޒަފެއްގެ ފުއްޕާމެޔަށް ޑީސަލް އެޅިގެން އެ ހޮސްޕިޓަލްގައި އަންނަނީ ފަރުވާ ދެމުން. -- ފޮޓޯ: ނިޝާން އަލީ | މިހާރު
15 ޑިސެމްބަރ 2025 - 13:30
ފުއްޕާމެޔަށް ޑީސަލް އެޅުނު ވެމްކޯގެ މުވައްޒަފަށް އަދިވެސް ފަރުވާދެމުން އަންނަނީ އައިޖީއެމްއެޗްގެ ވެންޓިލޭޓަރުގައި ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.
އެ ހާދިސާ ހިނގީ ގއ. ދިޔަދޫ ސައިޓްގައި ޖަނަރޭޓަރަކަށް ޑީސަލް އަޅަން، ޑީސަލް ހަމަކަށް ހޮޅިއެއްގެ އެއްކޮޅު ލުމަށްފަހު، އަނެއްކޮޅުގައި އަނގަޖަހައި ދަމާލުމުން ޑީސަލް ބޮވިގެންނެވެ.
މިދިޔަ ހުކުރު ދުވަހު ހިނގި އެ ހާދިސާގައި އަނިޔާވީ ހދ. ކުޅުދުއްފުއްޓަށް ނިސްބަތްވާ އުމުރުން 37 އަހަރުގެ އިބްރާހިމް ޝާހު ނަމަކަށް ކިޔާ މީހެކެވެ.
އޭނާއަށް ފުރަތަމަ ފަރުވާދިނީ ގެމަނަފުށީ ސިއްހީ މަރުކަޒުގަ އެވެ. އެއަށްފަހު އިތުރު ފަރުވާއަށް އެ އަތޮޅު ވިލިނގިލި ހޮސްޕިޓަލަށް ގެންދިއުމަށް ފަހު މިހާރު ފަރުވާ ދެމުން އަންނަނީ މާލެ ގެނެސް އައިޖީއެމްއެޗުގަ އެވެ.
އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލް "މިހާރު" އަށް ވިދާޅުވީ އޭނާއަށް އަދިވެސް ފަރުވާ ދެމުން އަންނަނީ އައިސީޔޫގެ ވެންޓިލޭޓަރުގައި ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އާއިލާއިން އަންނަނީ އޭނާ ރާއްޖެއިން ބޭރަށް ގެންދިއުމަށް މަސައްކަތް ކުރަމުންނެވެ.
ވެމްކޯގެ މެނޭޖިންގް ޑިރެކްޓަރު މުޖުތަބާ ޖަލީލް މީގެކުރިން ވިދާޅުވީ އެ ހާދިސާ ހިނގި އިންޖީނުގޭގައި ތެޔޮ އަޅާނެ ރޭމްޕްތަކާއި ހުރިހާ އިންތިޒާމެއް ވެސް ހަމަޖެހިފައި ހުންނާނެ ކަމަށެވެ. އެ މުވައްޒަފަށް އެގޮތަށް ދިމާވީ މަސައްކަތް އަވަސް ކުރަން އުޅުމުގެ ތެރޭގައި ކަމަށް ވެސް މުޖުތަބާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހހހހ
15 December 2025
ވެމްކޯ އިން މަސައްކަތުގަ އެކަށީގެން ވާވަރަށް ސޭފްޓީ ޕްރޮސީޖަރ މުވައްޒަފުންނަށް ދަސްކޮށް ދީފައި ނުވާތީ ހިނގި ހާދިސާ އެއް
ކެމިކަލް ނިއުމޯނިއާ
15 December 2025
އައީޖީއެމް އެޗްގެ ޕޮއިޒަން ރިކަވަރީ ޔުނިޓްގައި ތިވަރުކަންކަން ރަގަޅުކުރެވޭނެ ފެންވަރުހުންނާނެ. ބަލިމީހާ ގިނަދުވަހު ވެންޓިލޭޓަރުގައި އޮތުމަކީ އޭނަގެ ހާލަތުގެ މިހާރުވެސް ކްރިޓިކަލްކަން އަންގައިދޭ ކަމެއްނުން. މިހާރު އެމީހާ ބޮޑުތަނުން ރަގަޅުވެ އަދި ހަމަ ވެންޓިލޭޓަރުން ނަގަންނުވަނީކަމަށްވެސް ވެދާނެ.
ޖބޖކ
15 December 2025
ތި ކޮމެންޓުގެ ޕޮއިންޓު ގެޓެއް ނުވި