އަޒްފިހިގެން ނިޔާވި ސްޓެލްކޯގެ މުވައްޒަފު އަހްމަދު އަޒްމީލް.
16 ޑިސެމްބަރ 2025 - 15:04
ހުޅުމާލޭގައި ހުންނަ ސްޓެލްކޯގެ ބާ އިންޖީނުގޭގައި މިދިޔަ މަހު ހިނގި އަލިފާނުގެ ހާދިސާގައި ފިހިގެން ލިބުނު އަނިޔާތަކާ ގުޅިގެން ރާއްޖެ އިން ބޭރުގައި ފަރުވާ ދެމުން އަންނަނިކޮށް ނިޔާވި މީހާގެ ޖަނާޒާ މިރޭ ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.
އަލިފާނުގެ ހާދިސާގައި ފިހުނީ ސްޓެލްކޯގެ ސުޕަވައިޒަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އައި އުމުރުން 42 އަހަރުގެ އަހުމަދު އަޒްމީލް އެވެ.
އޭނާ އަށް ތައިލެންޑުގެ ވެރިރަށް ބެންކޮކްގެ ހޮސްޕިޓަލެއްގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އޭނާގެ ހަށިގަނޑު ރާއްޖެ އަށް ގެނައީ މިދިޔަ އާދިއްތަ ދުވަހު އެވެ.
އަޒްމީލްގެ ޖަނާޒާ ބާއްވަނީ ހުޅުމާލެ ސަހަރާގަ އެވެ. ކަށުނަމާދު ކުރަނީ މިރޭ އިޝާ ނަމާދަށް ފަހުގަ އެވެ.
އަޒްމީލް ނިޔާވިއިރު އަންބަކާއި ދެ ކުދިން ތިބެ އެވެ. އަދި އަނބިމީހާ މިހާރު އިނީ ތިންވަނަ ދަރިފުޅަށް ބަލިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޢަކޭ
16 December 2025
ކުންފުނީގެ މަސައްކަތެއްގެ ތެރެއިން އެވަރުގެ ބޮޑު ގެއްލުމެއް މުވައްޒަފަކަށް ކުރިމަތިވިއިރު، އެއާއިލާއަށް ދިމާވާ ގެއްލުން ކޮންމެވެސް މިންވަރަކަށް ކުންފުނިން ބަލައިލުން މުހިއްމު. ޢެމުވައްޒަފުގެ ފުލެޓްގެ ލާރި އެއްކޮހަލާސްކޮށްދީ ނުވަތަ އެމުވައްޒަފުގެ ކުދިން 18 ފުރެންދެން ހުރިހާ ހަރަދެއް ކުންފުނިން ދިނުން.
އަހުމަދުބިންސުލައިމާން
16 December 2025
މިއީ ހުޅުމާލޭގައި ހިނގި މިފަދަ ދއވަނަ ހާދިސާ. ކުރިން ހިގި ހާދިސާ ގައި ނަސީބު ރަގަޅޫކަމުން މީހަކު ނިޔާ ނުވޭ. ނަމަވެސް މީހެއްގެ ދެއަތް އުޅަބޮށިން ފެށިގެން ރޯވި. ސްޓެލްކީގެ އެންމެ މަތީ 4 މަގާމުގަ ޓެކުނިކަލް މީހެއް ނެތް. ހަމައެކަނި ސިޔާސީ ވީމަ ނިމުނީ.
ޙަމްނާ
16 December 2025
މިކަން ތަހުގީގު ނޫސްވެރިން ކުރޭ. މިކަން ހިނގާ މި މީހާއަށް ވަނީ ބޮޑެތި ގެއްލުން ވެފައި
އަންމަޑޭ1
16 December 2025
ކޮބާ ބާ ކުންފުނީގެ ނިންމުމަކީ ؟؟ އާއިލާއަށް އެއްވެސް އެއްޗެއް ދޭބާ؟؟؟ ބައެއް ކުންފުނި ތަކުން އެބަހުރި މުސާރަ ދަރިފުޅަށް ބޮޑުވަންދެން ލިބޭގޮތް ހަދާފަ.