އަޒްމީލް
14 ޑިސެމްބަރ 2025 - 11:20
ހުޅުމާލޭގައި ހުންނަ ސްޓެލްކޯގެ ބާ އިންޖީނުގޭގައި މިދިޔަ މަހު ހިނގި އަލިފާނުގެ ހާދިސާގައި ފިހިގެން ލިބުނު އަނިޔާތަކާ ގުޅިގެން ރާއްޖެއިން ބޭރުގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވި މީހާގެ ހަށިގަނޑު މާލެ ގެންނަން ނިންމައިފި އެވެ.
އަލިފާނުގެ ހާދިސާގައި ފިހުނީ ސްޓެލްކޯގެ ސުޕަވައިޒަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އައި އުމުރުން 43 އަހަރުގެ އަހުމަދު އަޒްމީލް އެވެ. އޭނާއަށް ތައިލެންޑްގެ ވެރިރަށް ބެންކޮކްގެ ހޮސްޕިޓަލެއްގައި ފަރުވާ ދެމުން ދަނިކޮށް އޭނާ ނިޔާވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
ސްޓެލްކޯގެ މީޑިއާ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ އަޒްމީލްގެ ހަށިގަނޑު ރާއްޖެ ގެންނަން ނިންމީ އާއިލާއިން ބޭނުންވެގެން ކަމަށެވެ.
އަޒްމީލްގެ ހަށިގަނޑު ރާއްޖެ ގެނައުމަށް ހަމަޖައްސަން ޖެހޭ ހުރިހާ އިންތިޒާމެއް ކުރަނީ އެ ކުންފުނިން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެ މީހުން ބުނެފައިވަނީ ހޯމަ ނޫނީ އަންގާރާ ދުވަހު އަޒްމީލްގެ ހަށިގަނޑު ރާއްޖެ ގެނެވޭނެ ކަމަށް،" އޮފިޝަލް ވިދާޅުވި އެވެ.
އަޒްމީލް ނިޔާވިއިރު އަންބަކާއި ދެ ކުދިން ތިބެ އެވެ. އަދި އަނބިމީހާ މިހާރު އިނީ ތިންވަނަ ދަރިފުޅަށް ބަލިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރާވެރިބެ
15 December 2025
ދީނީ ގޮތުން ރަގަޅު ގޮތަކީ މައްޔިތާ ނިޔާވި ފަސްގަނޑުގަ އިސްލާމީ އުސޫލުތަކާ އެއްގޮތަށް ވަޅުލުން. ދެން ހުރިހާ ކަމެއް މޮޅަށް އެގޭނީ މިސަރުކާރަށް.
ހުސައިން
14 December 2025
މާތް ﷲ މައްޔިތާގެ ފާފަ ފުއްސަވާ ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރު ކުރައްވާށި. އަދި މައްޔިތާގެ އާއިލާއަށް ކެތްތެރިކަން މިންވަރު ކުރައްވާށި. އާމީން
އިން
14 December 2025
"އަޒްމީލް ނިޔާވިއިރު އަންބަކާއި ދެ ކުދިން ތިބެ އެވެ. އަދި އަނބިމީހާ މިހާރު އިނީ ތިންވަނަ ދަރިފުޅަށް ބަލިވެ އެވެ." ސްޓެލްކޯ އިން އެ ތިން ކުދިން 18 އަހަރު ވަންދެން ހުރިހާ ހަރަދެއް ބަލަހައްޓަންޖެހޭނެ. އުންމީދަކީ އެކަން ސްޓެލްކޯގެ މެނޭޖެމަންޓް ބަދަލުވިއަސް ކުރަމުންދާނެ ކަމަށް.
ހިންގާ
14 December 2025
މާތް ﷲ މައްޔިތާގެ ފާފަ ފުއްސަވާ ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރު ކުރައްވާށި. އަދި މައްޔިތާގެ އާއިލާއަށް ކެތްތެރިކަން މިންވަރު ކުރައްވާށި. އާމީން
ހުސައިން
14 December 2025
އާމީން
ވައިގޮން
14 December 2025
އަޒްމީލް ގެ ދެކުދިންގެ ހަރަދު ބަލަހައްޓަދޭންވާނެ އެކުދިން ބޮޑެތި ވަންދެން ހަމަ އެކަނިވެރިކަން ކޮއްފަ ފައިބާ ވެރިންނަކައްނޫން އެލެވެންސް ދޭންވީ .ވ ހެޔޮދުއާ