ސްޓެލްކޯއިން ހުޅުމާލޭގައި ބަހައްޓާފައި ހުރި ޖަނަރޭޓަރުތަކެއް: އެތަނުގައި ހިނގި ހާދިސާއެއްގައި މުވައްޒަފަކު ނިޔާވި މައްސަލަ ބަލަން މަޖިލީހަށް ވަނީ ހުށަހަޅާފައި --- ފޮޓޯ/މިހާރު
17 ޑިސެމްބަރ 2025 - 15:34
ހުޅުމާލޭ ބާ އިންޖީނުގޭގައި ސްޓެލްކޯގެ މުވައްޒަފަކު ކަރަންޓްގައި ޖެހި ނިޔާވި ހާދިސާއާ ގުޅޭ ގިނަ މައުލޫމާތުތަކެއް ރައްޔިތުންގެ މަޖިލީހުން ހޯދަން، މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ހުށަހަޅުއްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ފޮނުއްވި ސިޓީއެއްގައި ކުޑޫ އެދިވަޑައިގެންނެވީ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒް ކޮމިޓީ (އެސްއޯއީ ކޮމިޓީ) މެދުވެރިކޮށް އެ ހާދިސާގެ ކަންކަން ބެލުމާއި އަދި ސްޓެލްކޯގައި މަސައްކަތުގެ މާހައުލު އޮތް ގޮތާ ބެހޭ ގިނަ މައުލޫމާތުތަކެއް ހޯދުމަށެވެ.
- ނިޔާވި މީހާގެ އާއިލާއަށް ކޮމްޕެންސޭޝަން ދީފައިވާކަން ނުވަތަ ނޫންކަން
- އާއިލާއަށް ކުންފުނިން އެހީވާނެކަން ނުވަތަ ނޫންކަން
- ސްޓެލްކޯގައި މަސައްކަތުގެ މާހައުލުގައި ރައްކާތެރިކަން ފުރިހަމަކޮށްފައިވާކަން ނުވަތަ ނޫންކަން.
- ރައްކާތެރިކަމަށް ހަދާފައިވާ އުސޫލުތައް
- ހާދިސާ ހިނގި ގޮތުގެ ތަހުގީގުގެ ތަފްސީލް
- އެފަދަ ހާދިސާއެއް ތަކުރާރުކުރަން އެޅި ފިޔަވަޅުގެ ތަފްސީލު
- ރިސްކް ރިޑަކްޝަން އަދި ރިސްކް އެސެސްމެންޓް އުސޫލު
- މުވައްޒަފުންނަށް ސިއްހީ ރައްކާތެރިކަން ދިނުމުގެ ނިޒާމު އޮތްގޮތް
ހުޅުމާލޭގައި ހުންނަ ސްޓެލްކޯގެ ބާ އިންޖީނުގޭގައި މިދިޔަ ނޮވެމްބަރު 26 ގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު އެ ކުންފުނީގެ މުވައްޒަފު ތައިލެންޑުގައި ފަރުވާދެނިކޮށް ނިޔާވީ މިދިޔަ ހަފުތާގަ އެވެ.
އެ ހާދިސާގައި ނިޔާވި އުމުރުން 43 އަހަރުގެ އަހުމަދު އަޒްމީލް ރޭ ވަނީ ރާއްޖޭގައި ވަޅުލައިފަ އެވެ.
ހުޅުމާލޭގެ ބާ އިންޖީނުގޭގެ ސުވިޗު ގިއާއަކަށް ދިމާވި މައްސަލައެއް ހައްލު ކުރަމުން އަންނަނިކޮށް، ހިނގި އަލިފާނުގެ ހާދިސާގައި ހަށިގަނޑުގެ އެކި ތަންތަން ވަރަށް ބޮޑަށް ފިހުނު އަޒްމީލް އިތުރު ފަރުވާ އަށް ތައިލެންޑަށް ގެންދިޔައީ މިދިޔަ ނޮވެމްބަރު 30 ވަނަ ދުވަހުގެ ރޭގަ އެވެ.
އަޒްމީލްގެ ބޭސްފަރުވާގެ ހުރިހާ ކަމެއް ބެލެހެއްޓީ ސްޓެލްކޯއިންނެވެ. އޭގެ ތެރޭގައި އިތުރު ފަރުވާ އަށް އެއާ އެމްބިއުލާންސްގައި ތައިލެންޑަށް ގެންދިއުން ވެސް ހިމެނެ އެވެ. ސްޓެލްކޯއިން ކުރިން ބުނެފައިވަނީ އަޒްމީލްގެ ފަރުވާގެ ކަންކަން ވަރަށް ގާތުން ބަލައި، އެ ކުންފުނީގެ ފަރާތުން ދެވެން އޮތް ހުރިހާ އެހީތެރިކަމެއް އެ މުވައްޒަފުގެ އާއިލާއާ ގުޅިގެން ދޭނެ ކަމަށެވެ.
އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަނެ، އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ސްޓެލްކޯ އިން ކުރިން ވަނީ ބުނެފަ އެވެ.
ހުޅުމާލޭގެ ބާ އިންޖީނުގޭގެ މީޑިއަމް ވޯލްޓޭޖް ޕެނަލަކަށް ދިމާވި މައްސަލައަކާ ގުޅިގެން މާލެ އާއި ހުޅުމާލެ އަށް ކަރަންޓު ދިނުމަށް ބޭނުންކުރާ ބައެއް ފީޑަރުތައް އޮފްވެ، ބައެއް ސަރަހައްދުތަކުން މިދިޔަ ނޮވެމްބަރު 26 ގައި ކަރަންޓުގެ ހިދުމަތް ވެސް ކެނޑުނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މުރާސިލް
17 December 2025
ރައްޔިތުންގެ މަޖުލީހަކީ ޤާނޫނު ހަދާ ތަނެއް ހެއްޔެވެ؟ ނޫނީ ތަހުޤީޤީ އިދާރާއެއް ހެއްޔެވެ؟ ޤައުމުގައި ހިންގާ ހުރިހާ ކަމެއް ތަހުޤީޤު ކުރާތަނަކަށް ރައްޔިތުންގެ މަޖުލީސް ހަދާނަމަ، ރާއްޖޭގައި ޤާއިމުކުރެވިފައިވާ ތަހުޤީޤީ އިދާރާތަކުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ ދައުލަތުން މަޖުލީސް ހިންގަން މިއަހަރުގެ މިހާތަނަށްވެސް 186 މިލިއަން ރުފީޔާ ޚަރަދުކޮށްގެން، މިކުރަނީ ކީއްޔެވެ؟ މަޖުލީސް މެންބަރުންނަށް، މަޖުލީހަކީ ތަހުޤީޤީ އިދާރާއެއް ނޫންކަން ބުނެދޭން ޖެހެއެވެ؟
މަބުނީ
17 December 2025
އަދި ތަންކޮޅެއް އަވަހެއްނުން..
ނާބަ
17 December 2025
11 ކޭވީއޭ ގެ މަސައްކަތެއް ކުރާނަމަ ހުންނަން ވާނީ ކަރަންޓަ ކެދިފަ މާނަޔަކީ 11 ހާސްވޯލްޓޭޖް ގެ ކަރަންޓގަ ޖެހިގެން ނުވާނޭ އެހެންވެއްޖެނަމަ ސީގާ މަރު ނެޓްވޯކް ސްވިޗްކުރުމުގަ މައްސަލައެއްކަމައް ބެލަވެނީ އެމަސައްކަތް ކުރި ސްވިޗް ގިއަރ އިން ކަރަންޓް ނުކެޑިހުރުން ކުރެހުން ހެދި ޑަބަލް ޗެކްކުރެވިގެންނޫނީ އެމަސައްކަތް ކޮށގެންނުވާނެ ޒިމްމާނަގަންޖެހޭ ބަޔަކު ތިބޭނެ އެކަން ފޯބެއްދުމައް އަވަހަށް ޖެޓެއްގަ ބޭރަށްވެސް އެގެނދިަޔއީ ފިހިފަ ވަނީ ސްޕާރކަކުން ކަން ސާފު