ރައީސް މުއިއްޒު ހެންވޭރުގެ ރައްޔިތުންނާ ބައްދަލުކުރައްވަން މި މަހުގެ 8 ވަނަ ދުވަހުގެ ރޭ ބޭއްވި ހަފުލާ އަށް ދިޔަ މީހަކާ ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް
16 ޑިސެމްބަރ 2025 - 16:30
ރައީސް ޑރ. މުހައްމަދު މުއިއްޒު މާދަމާ ރޭ ބާއްވާ ބައްދަލުވުން ހާއްސަ ކުރައްވާފައި ވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިންނަށް ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.
މާލޭގެ ހުރިހާ އަވަށްތަކާއި ހުޅުމާލެ 1 އަދި 2 ގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރައްވަން ފައްޓަވަފާއިވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ވިޔަފާރިވެރިންނާ އެކު މާދަމާ ރޭ ބައްދަލުވުމެއް ބާއްވަން މިދިޔަ ހަފުތާގައި ވަނީ އިއުލާން ކުރައްވައިފަ އެވެ.
ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު މިއަދު ވިދާޅުވީ، މާދަމާ ރޭ 8:30 ގައި ސޯޝަލް ސެންޓަރުގައި ބާއްވާ އެ ބައްދަލުވުން ހާއްސަ ކުރައްވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނަށް ކަމަށެވެ.
"ވީމާ މިބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމުގެ ދައުވަތު ދިވެހި ކުދި އަދި މެދުފަންތީގެ ވިޔަފާރިންނަށް އަރުވަމެވެ،" ހީނާ އެކްސްގައި ވިދާޅުވި އެވެ.
މާލޭގެ ހުރިހާ އަވަށްތަކާއި ހުޅުމާލޭގައި އުޅޭ މީހުންނާއި ވިޔަފާރިވެރިންނާ އެކު ބައްދަލުވުންތައް ބާއްވާނެ ކަން ރައީސް މުއިއްޒު އިއުލާން ކުރެއްވީ އެ މަނިކުފާނުގެ ވެރިކަމަށް ދެ އަހަރު ފުރުން ފާހަގަކުރަން މިދިޔަ ނޮވެމްބަރު 17 ވަނަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގަ އެވެ. އޭގެ ފަހުން ނޮވެމްބަރު 23 ގައި ވަނީ އެ ބައްދަލުވުންތައް ފައްޓަވައިފަ އެވެ. ފުރަތަމަ ބައްދަލުކުރެއްވީ ވިލިމާލޭގެ ރައްޔިތުންނާ އެވެ. އޭގެ ފަހުން މައްޗަންގޮޅި އަދި މާފަންނާއި ހެންވޭރުގެ ރައްޔިތުންނާ ވަނީ ބައްދަލުކުރައްވައިފަ އެވެ.
ގަލޮޅުގެ ރައްޔިތުންނާ މިރޭ ބައްދަލުކުރެއްވުމަށް ފަހު މާދަމާ ރޭ ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންގެ ބައްދަލުވުން ބާއްވައި ދެން އަންނަ ބުރާސްފަތި ދުވަހުގެ ރޭ ތާވަލް ކޮށްފައި ވަނީ ހުޅުމާލެ 2 ގައި އުޅޭ ރައްޔިތުންނާ ބައްދަލުކުރައްވާށެވެ.
ރައީސް މުއިއްޒު ވަނީ ރާއްޖޭގެ ހުރިހާ ރަށަކަށް ވެސް ވަޑައިގެން ރައްޔިތުންނާ ބައްދަލު ކުރައްވައިފަ އެވެ. ބައެއް ރަށްރަށަށް ދެ ފަހަރު ވެސް ވަޑައިގަތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކޮރަލް
16 December 2025
90 ޕަސެންޓް ހޮޓާ ކެފޭ ރެސްޓޯރަންޓް ތައް އެއީ ދިވެހީން ހިންގާ ވިޔަފާރި ތަކެއް ނޫނެވެ. އެތާކު ދިވެއްސެއް ނުހުންނާނެ އެވެ. ދިވެއްސަކު ހުންނަން ލާޒިމް ކުރަން އެބަ ޖެހެ އެވެ. ދުވާލަކަށް 10 ހާސް ފައިދާ ލިބުނަސް ދިވެއްސަކަށް 15 ހަށް ރުފިޔާ ދީފަ ވަޒީފާ ނުދޭނެ އެވެ. ނޭޕާލް އަންހެން ކުއްޖާ އަށް މަހަކު 10 ހާހަށް ވުރެ ގިނައިން ހަރަދު ކުރާނެ އެވެ.
15.42
16 December 2025
ކޮބާ ޑޮލަރު ޕޭމެންޓް ގޭޓްވޭ. ޓުއަރިޒަމް ދާއިރާއަށްއެކަނި މިފުރުސަތުދިނުން ރަނގަޅެއްނޫން.
އުސްމާނުބެ
16 December 2025
ކުދި ވިޔަފާރިތަކައް ޖީއެސްޓީގެ އުދަގުލުން ސަލާމަތް ވާން ބޭނުން ، ގަވާއިދު ބުނާގޮތުން 1 މިނިލިޔަން ރުފިޔާ ވިޔަފާރި ނުވާބަޔަކު މިޔައް ރަޖިސްޓުރީވާކައް ނުޖެހޭ ، ދެން މާދަމާވެސް ވިޔަފާރިއެއް ފައްޓަން ގަސްދުކޮއް ، މަސައްކަތް ފަށާ ، މުދަލެއް އެއްޗެއް އެތެރވާ ހިސާބުން އެބަޖެހޭ މިޔައް ރަޖިސްޓުރީ ވާން .... މީކީ ހަމަ ޖެހޭ ގޮތެއް ނޫން ، އަދި މީރާއިން ވެސް ވަރައް ގަވާއިދުން ކާރިން ބަލަމުން ކުދި ފިހާރަތައް ފަހާދުވަމުން އަންނާނެ
މައުސޫމް މުހައްމަދު
16 December 2025
ކުދި ވިޔަފާރަވެރިންގެ އަޑު އަހައިގެން އިގްތިސާދެއް ކުރި އަރާނީ. އެއީ އިގްތިސާދެއްގެ ބިންގާ ކަމަށް އެއްމެ ގިނަ ތަޖުރިބާކާރުންވެސް ބުނަނީ.
ސަމުގާ
16 December 2025
އަހަރެންބޭނުން ލޯކޭޝަން ބޭސްޑު ވިޔަފާރިކުރަން ގާޑިޔާދުއްވޭނެ ހުއްދައެއް. އޭރުން ދުވާލުގަޑީ ހޮސްޕިޓަލް ކުރިމަތީ ޕާނީޕޫރީ ފާޑުފާޑު އެއްޗެހި ވިއްކާފައި ރޭގަޑު ޒުވަން ޖިއްސުއްލަތީފުން ޖަމާވާ ކޮންމެވެސް ތަނެއްގައި އެކުދިންނާގުޅޭ އެއްޗެއްހި ވިއްކޭނެ.
ގޫކޭލި
16 December 2025
އަހަންނަކަށްނޭގޭ ހަދަންވީގޮތެއް. އަހަންނަކީ ހިތުން ވަރަށް މުއްސަދިމީހެއް.
އަޖުނަމޮޓޯ
16 December 2025
އަހަންނަކީވެސް ކަންމަތީ ފިހާރައެއް ހިންގާމީހެއް. ކޮންމެވެސް އެއްޗެއްލިބޭ. އެކަމަކު އަހަންނަކަށް ނޭގޭ އަހަރެންނަކީ ކޮންފަންތިއެއްގެ މީހެއްކަމެއް؟ އެކަން ބަލާނެ ގޮތެއް ބުނެދީބަލަ! ކިހާވަރެއްގެ އެނުއަލް ރިވެނިއުއެއް ލިބުނީމަތަ ކުދިފަން މެދު ފަންތިއަށް ޕްރޮމޯޓް ވަނީ. އަހަރެން ހިތުން އަހަންނަކީ މިރަށުގެ ވަރުގަދަ މުއްސަންޖެއް، އެކަމަކު ވަރަށް ހަންބުލް މިލިޔަނާރ ވިޔަފާރިވެރިއަކު ހިތައްއަރާފާނެ ދޯ އެނައަކީ އަދި ހަމަ ދަމާކަނޑާ މީހެކޭ.
ރަދީފްއޮފިޝަލް /
16 December 2025
އެހެންވީމަ އަހަރުމެން ކަހަލަ "ދަމާ ކަނޑާ" މީހުން އެލިޖިބަލް ވާނެ. ހެހެހެހެހެހެ
ޢަލީ ބަލީ
16 December 2025
ނުވާނެ ދަމާކަޑާ މީހުންނާ ބައްދަލު ކުރާނީ އަދި ފަހުން