އިޒާމް ޒާހިރު.
27 ޑިސެމްބަރ 2025 - 13:23
ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން މީހަކު ކޯޓަށް ހާޒިރުކުރުމަށް ނުވަ ފަހަރެއްގެ މަތިން އިއުލާނުކޮށްގެން ވެސް ނުފެންނަ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ހޯދަމުން ދަނީ ގދ. ވާދޫއަށް ނިސްބަތްވާ އުމުރުން 26 އަހަރުގެ އިޒާމް ޒާހިރު އެވެ.
ފުލުހުންގެ ވެބްސައިޓުގައިވާ ގޮތުން ޖޫން، 11، 2024 ގައި އޭނާ ހޯދުމަށް އޭނާގެ ފޮޓޯއާ އެކު އިއުލާނުކޮށްފައިވެ އެވެ. އޭގެ ފަހުން އެކި ފަހަރު މަތިން އޭނާ ހޯދަން އިއުލާނުކޮށްފައި ވަނީ ކޯޓުގެ އަޑުއެހުމަށް ހާޒިރުވަމުން ނުދާތީ އެވެ.
އިޒާމް ޒާހިރު.
ފުލުހުން ބުނީ އިޒާމު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް އެކި ފަހަރު މަތިން ކޯޓުން ފުލުހުންގެ މައްޗަށް އަމުރުކޮށްފައިވާ ކަމަށެވެ. އެހެންވެ، އެ މީހާ ކޯޓަށް ހާޒިރުކުރުމަށް ނުވަ ފަހަރެއްގެ މަތިން ފުލުހުން އިއުލާނުކޮށްފައިވާ ކަމަށާއި އެކަމަކު މިހާތަނަށް ކުރެވުނު މަސައްކަތުން ވެސް އޭނާ ފެނިފައިނުވާ ކަމަށް ފުލުހުން ބުންޏެވެެ.
ފުލުހުންގެ އިއުލާނުގައި ވެސް އޭނާއާ ގުޅޭ މައްސަލައިގެ ތަފްސީލެއް ނެތެވެ. އެކަަމަކު އެނގިފައިވާ ގޮތުގައި އޭނާ ހޯދަމުން ދަނީ ރޭޕްގެ މައްސަލައަކާ ގުޅިގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޑރ ވާންޗޯ
27 December 2025
މީހަކު ހޯދުމަކީ ތިޔަހެން ނޫހުގަޖަހާލާ ފޮޓޯގަނޑެއްވިއްޔާ ޕޮލިހުންނަށް ތިކަންތިއޮތީ ވެފަ، ދެން ސަލާންބުނެފަ ގެއަށްދޭ!.
އ
27 December 2025
ވަރައް ފަހަތުގައި ތިއުޅެވެނީ....ރަނގަޅުކޮއްލާ....
ޝަޖޫ
27 December 2025
ކީއްވެ ތަންތާ ފޮޓޯ ޖަހާފަ ނުހުންނަނީ؟ މިވަރުގެ ބޮޑު ކުށް ކޮށްގެން އުޅޭ މީހުންނަށް އެހެން ގައުމުތަކުގަ ވޯންޓެޑް ޖަހާފަ އިނާމްވެސް ލިބޭ ގޮތަށް އިއުލާން ކުރާނެ. މާކަށް ސީރިއަސްކޮށް ތިކަމާ އުޅެފަ ހުރިހެނެއް ހިޔެއްނުވޭ!
ޱރ ޕްލިސް
27 December 2025
މިހާވަރުން އެބައެންގޭ ޤާބިލުކަން ހުރިވަރު. އަދިވެސް އެތަކެއް އާއިލާތައް ކެއްތެރިކަމާއެކު އިންތިޒާރުގަ އެތިބީ އެމީހުންގެ ދަރިންނަށް ނުވަތަ ފިރިމީ، އަންހެނުން، ބޭބެ، މަންމަ ގެ މަރުގެ އިންސާފު ލިބޭނެ ދުވަހަކަށް ކޮންބައެއްގެ ހިތައްމިކަން އަރަނީ. ޤައުމުގެ އާބާދީ ބޮޱުކަމުންތޯ އިންސާފު ނުލިބެނީ ؟
އުދުހޭ
27 December 2025
ޖުމްހޫރީ މައިދާނަށް ލިޔުމެއް ހިފައިގެން ގޮސް ހުއްޓި ހުރެބަލަ އެމީހަކަށް ފިލައިގެން އުޅެވޭތޯ ބަލަން. ބޭނުންވީމާ ހޯދާނެ ކޮންމެ ތާކުއޮތަސް.
އުސްމާނުބެ
27 December 2025
ހޯދަން ބޭނުންވާ މީހާ ބޭނުން ވަންޔާ އެމީހުންނައް ހޯދޭނެ ......
ޓައިޕޯ ވާންވޯ
27 December 2025
ހޯދަން އިޢުލާން ކުރާ ކޮންމެ ފަހަރަކު އެ މީހާގެ އެޑްރެސް ބަދަލްވާނަމަ، އާންމު ރައްޔިތުންނަށް އެ މީހަކީ ކާކުކަން ނޭގުމުގެ ފުރުސަތު ބޮޑު ނުވާނެބާ. މިވެސް ހިމާޔަތުގެ އުކުޅެއްބާ. ނޫނީ ހަމަ ޓައިޕޯ އެއްބާ.
ނަަވ ކސޖސ
27 December 2025
ސާބަސް. ބޮޑު ތަނެއްވިއްޔާ. 5 ލައްކަ މީހުން ދުލަކުމް.ބުނާކަސް
ކއތރ
27 December 2025
ބަސް ސްޓޮޕް ތަކުގަ ފޮޓޯ ތަތްކޮށްފަ ހަތަރު އަނގޮޅި ކަންމަތީ ހުންނަ ސްކްރީން ތަކުން ވެސް ދައްކަބަލަ. ދެން ދޯ މީހުންނަށް އެނގޭނީ ހޯދަންވެސް. ތިހެން ވެބްސައިޓަކު ޖަހާލައިގެން އަދި އާންމުންނާ ހަމައަކަށް ނުފޯރާނެ އެންމެ އެކަށީގެންވާ ވަރަކަށް. ހާދަ ވަގުވީމައޭ ދޯ ނުފެންނާނީ
ގޮނުއަނގަ
27 December 2025
ރާއްޖޭގެ ކޮންމެ ރަށެއްގައި ފުލުސް އޮފީހެއް ހުރޭ. ޢެއިންތަނަކުން ފޮޓޯގަނޑެއް ޖަހާލާފަ ހުއްޓައެއް ނުފެނޭ. އިއުލާނަކުން ހުރިހާކަމެއް ވާނެބާ. ގައިވާގި ހަމަ ދެރައީ.