އިޒާމް ޒާހިރު.
27 ޑިސެމްބަރ 2025 - 15:37
ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި، ތަފާތު ނުވަ ފަހަރެއްގެ މަތިން ހޯދަން އިއުލާނުކޮށްގެން ވެސް ނުފެނުނު އިޒާމް ޒާހިރު އަމިއްލައަށް ފުލުހަށް ހާޒިރުވެއްޖެ އެވެ.
ގދ. ވާދޫއަށް ނިސްބަތްވާ އުމުރުން 26 އަހަރުގެ އިޒާމް ހޯދަމުން އައީ ރޭޕްގެ މައްސަލައަކާ ގުޅިގެން ކްރިމިނަލް ކޯޓުން ކުރިއަށް ގެންދާ ޝަރީއަތުގެ އަޑުއެހުންތަކަށް އޭނާ ހާޒިރުނުވެގެންނެވެ.
އެކަން ނޫސްތަކަށް އެރި ފަހުން އިޒާމް ވަނީ މިއަދު އަމިއްލައަށް ފުލުހުންގެ ކަސްޓޯޑިއަލްއަށް ހާޒިރުވެފަ އެވެ.
ފުލުހުން ބުނީ އިޒާމް ވަނީ އަމިއްލައަށް ފުލުހުންގެ ކަސްޓޯޑިއަލްއަށް ހާޒިރުވުމުން އޭނާ ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ ޑިސެމްބަރު 30 ވަނަ ދުވަހަށް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރު ތަންފީޒުކުރުމަށް ކަމަށް އެ އިދާރާ އިން ބުންޏެެވެ.
އޭނާ ފެނިފައި މިވަނީ އޭނާ ހޯދުމަށް އެކި ފަހަރު މަތިން އިއުލާނުކުރަމުންދާތާ އަހަރަކަށް ވުރެ ގިނަ ދުވަސް ފަހުންނެވެ.
ފުލުހުންގެ ވެބްސައިޓުގައިވާ ގޮތުން ޖޫން، 11، 2024 ގައި އޭނާ ހޯދުމަށް އޭނާގެ ފޮޓޯއާ އެކު އިއުލާނުކޮށްފައިވެ އެވެ. އޭގެ ފަހުން އެކި ފަހަރު މަތިން އޭނާ ހޯދަން އިއުލާނުކޮށްފައި ވަނީ ކޯޓުގެ އަޑުއެހުމަށް ހާޒިރުވަމުން ނުދާތީ އެވެ.
އެ މައްސަލާގައި ފުލުހުންގެ މީޑިއާ ގްރޫޕުގައި ނޫސްވެރިއަކު ކުރި ސުވާލެއްގެ ޖަވާބުގައި އެ އިދާރާ އިން ބުނީ އިޒާމު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް އެކި ފަހަރު މަތިން ކޯޓުން ފުލުހުންގެ މައްޗަށް އަމުރުކޮށްފައިވާ ކަމަށެވެ. އެހެންވެ، އެ މީހާ ކޯޓަށް ހާޒިރުކުރުމަށް ނުވަ ފަހަރެއްގެ މަތިން ފުލުހުން އިއުލާނުކޮށްގެން ވެސް ފެނިފައިނުވާ ކަމަށް ބުނެފައިވެ އެވެ.
ނުވަ ފަހަރު ހޯދަން އިއުލާނުކޮށްގެން ވެސް ރޭޕްގެ ތުހުމަތުވާ މީހަކު ނުފެނުނު https://t.co/95p4oyxnRs
— Mihaaru (@Mihaarunews) December 27, 2025
ފުލުހުންގެ އިއުލާނުގައި ވެސް އޭނާއާ ގުޅޭ މައްސަލައިގެ ތަފްސީލެއް ނެތެވެ. އެކަަމަކު އެނގިފައިވާ ގޮތުގައި އޭނާ ހޯދަމުން ދަނީ ރޭޕްގެ މައްސަލައަކާ ގުޅިގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކުރުންބާ
28 December 2025
ދެން ހޯމް މިނިސްޓަރު އަރާ ބުނާނެ ކޮންމެ 5 މިނެޓަކުން ފުލުހެއް ފެންނާނެޔޭ.
އޭސީޕީ ސިންޓޭ
28 December 2025
މީގެން އެގެނީ ހޯދަން އިއުލާނެއްކޮށްލިޔަސް ހޯދުމުގެ އެއްވެސް މަސައްކަތެއް ނުކުރާކަން. ފުލުހުންގެ ފިއުޖިޓިވް ރިކަވަރީ ޔުނިޓަކީ އަމާ ބުނީތީ ފަރަށްދާ އުސޫލުން މަސައްކަތްކުރާ ތަނެއްކަަމަށް ވެއްޖެ. މީގެ ކުރިން މިތަންތަނުން މިފަދަ ނުރައްކާތެރި ކުށްވެރިން ހޯދުމަށް މަސައްކަތްކުރަނީ ހަރުދަނާކޮށް ނަމަވެސް މިހާރު ހަވާލުވެ ތިބި ވެރިންގެ ފަރުވާކުޑަކަމުން އެއްވެސް ކަމެއް ކުރާކަމަށް ނުވޭ. އޮޕަރޭޞަނަލް ކެޕޭސިޓީ ޒީރޯއަށް ވެއްޓިފައި އޮތޯ
ޛަސތިވީ
27 December 2025
މިފެންނަނީ ދިވެހި ފުލުހުން ފެއިލްވެފައިވާ މިންވަރު. ނާގާބިލް ފުލުހުން. ކުޅިވަރު ކުޅުމާއި ސަކަރާޖެހުން ކުރެވޭ ކަމަކީ.
ދަލޭކަ ދައިތަ
27 December 2025
އޭނަ ފުލުހުންގެ ވެބްސައިޓް ނުބަލާ އޭނަ ވެސް ބަލަނީ މިހާރު ނޫސް. އޭނަ ހޯދާކަން އޭނައަށް ނޭގި އޮތީތާ. ހަމަ އެގޭއިރަށް އެ ދިޔައީ. ފުލުހުންނަށް ފެންނާނީ އަމިއްލައަށް ފުލުހަށް ދިޔައިމަ. ފުލުސް އޮފީސް ހުރަސްކޮށް ދާއިރުވެސް ނުފެންނާނެ. އެތެރެއަށް ވަދެ މަ އެބަހުރީމޭ! ބުނާއިރަށް ފެންނާނެ.
ނޫ ސަން ދަ
27 December 2025
ފުލުހުން ފެއިލް ވީ ދޯ އަނެއްކާވެސް.. ލޮލް.. ތިޔަ ޕޮލިހަކީ މިހާރު ދިވެހި ( ކީއްކުރަން ، ބޭރުން ގައުމަށް އަރާ އެއްވެސް ބަޔަކު ) އިތުބާރު ކުރާ ، ޤާބިލުކަމެއް ކުރި ބައެއްނޫން.. އަޅެ މިކަމަށް ސާރވޭއެއް ކޮންމެވެސް ނޫހަކުން ހަދާލަދީބަލަ. ހަމަ، ހިހޫތަނުން ކާންލިބޭތީއާއި ދިލަކޮޅު ފޯރާ އެންމެންނަށް ބޭސް ފަރުވާ ހިލޭކުރެވޭތީ ވަނަންތަންތަން ތީ.. މި އަޅެއް ދޮގެއްތަ؟
ފެނޭ
27 December 2025
ނޫހުގައި ޖަހާލީ. ޓަސް އެ ފެނުނީ. މިހާރު ނޫސް ހަމަ ބެސްޓް