މިހާތަނަށް 47 ހެކްޓަރުގެ ބިން ހިއްކައި މަޝްރޫއުގެ 74 ޕަސެންޓަށް ވުރެ ބޮޑު ބައި ވަނީ ނިމިފައި
ހުޅުމާލޭ 3 ހިއްކުމުގެ މަސައްކަތް ކުރަމުންދަނީ-- ފޮޓޯ: އެމްއޭސީއެލް
28 ޑިސެމްބަރ 2025 - 10:20
މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަށް ކުރިއަށް ގެންދާ، ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަޝްރޫއުގައި މިހާތަނަށް 47 ހެކްޓަރުގެ ބިން ހިއްކައި މަޝްރޫއުގެ 74 ޕަސެންޓަށް ވުރެ ބޮޑު ބައި ނިމިފައިވާ ކަމަށް އެމްއޭސީއެލުން ބުނެފި އެވެ.
ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ) އާ ހަވާލު ކޮށްގެން ކުރިއަށް ގެންދާ އެ މަޝްރޫއުގެ ދަށުން ޖުމްލަ 63 ހެކްޓަރުގެ ބިން ހިއްކަން ސަރުކާރުން ވަނީ ނިންމައިފަ އެވެ. އެ މަސައްކަތުގެ ތެރެއިން ބޮޑު ސަރަހައްދެއް ހިއްކައި ފަރުކޮޅުފުއްޓާ މިހާރު ވަނީ ގުޅުވާލައިފަ އެވެ.
މަޝްރޫއުގެ މަސައްކަތް މެދުކެނޑިފައި އޮތުމަށް ފަހު އަލުން މަސައްކަތް ފެށީ މިދިޔަ ނޮވެމްބަރު 10 ގަ އެވެ.
އެ މަސައްކަތުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރަމުން އެމްއޭސީއެލުން ބުނީ މިހާތަނަށް 47 ހެކްޓަރުގެ ބިން ހިއްކާ ނިމިފައިވާ ކަމަށާއި އެއީ އެތަނުން ހިއްކުމަށް ކަނޑައަޅާފައިވާ ބިމުގެ 74.6 ޕަސެންޓް ކަމަށެވެ.
Hulhumalé Phase 03 Update:
— Maldives Airports Company Ltd (@MACLmedia) December 27, 2025
47 hectares reclaimed, with overall progress reaching 74.6%. Land reclamation works continue steadily with two dredgers actively operating on site. pic.twitter.com/7MVjHKPi20
ބިން ހިއްކުމުގެ މަޝްރޫއުތައް އަވަސް ކުރުމުގެ ގޮތުން ސަރުކާރުން މިދިޔަ މަހުގެ 26 ގައި ވަނީ ބޮސްކާލިސްގެ ޓްރެއިން ސަކްޝަން ހޮޕާ ޑްރެޖަރު ރާއްޖެ ގެނެސް، ބިން ހިއްކުމުގައި ބޭނުންކުރަން ފަށައިފަ އެވެ. އަދި ކުރިން ބިން ހިއްކުމުގައި އުޅުނު ޑްރެޖަރާ އެކު އާ ޑްރެޖަރު ވެސް ބިން ހިއްކުމުގެ މަސައްކަތުގައި ބޭނުންކޮށް، އެ މަސައްކަތުގެ ސްޕީޑު ވަނީ އަވަސްކޮށްފަ އެވެ.
ކުރިން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ގޮތުގައި އެ ޑްރެޖަރާ އެކު ބިން ހިއްކުމުގެ މަސައްކަތުގެ ސްޕީޑު އަވަސްކޮށް މިމަހުގެ ފަހުކޮޅަށް އެތަން އެއްކޮށް ހިއްކައި ނިމޭނެ އެވެ.
ހުޅުމާލޭގެ ތިން ވަނަ ފިޔަވަހި ހިއްކައި ނިމުމުން، އެ ދެ ޑްރެޖަރު ވެސް ބޭނުންކުރާނީ ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތަށެވެ. އެތަން ހިއްކުމުގެ މަސައްކަތް 2-3 މަސް ތެރޭގައި ނިމެނޭ ކަމަށް ލަފާ ކުރެއްވޭ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ހިންގި ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭ 2 އަކާއި 3 އަކުން ގޯތި ދޫކޮށްފައިވާތީ މި ފަހުން ވަނީ 3 ވަނަ ފިޔަވަހިން ގޯތި ލިބުނު 698 ގޯތީގެ ގުރު ނަގައިފަ އެވެ.
މި ސަރުކާރުން ވެސް ވަނީ އަލަށް ހިއްކަމުންދާ ހުޅުމާލޭގެ 3 އަކުން 1،351 ގޯތި ދޭން ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކަރާމާތް
28 December 2025
ރ.ސޯލިހް ގެ ހުވަފެން މީ. ނަމަވެސް ވެރިކަމާ ހެދި ދަހިވެތިވެގެން ރ.ނަޝީދު ރ.ސޯލިހުގެ އަށް ކެހިދިނީ. އެހެން ނޫން ނަމަ ރ.ސޯލިހް އަށް އިތުރު 5 އަހަރު ލިބުނީސް
ގުއީޒް
28 December 2025
ހުޅުމާލެއާ މާލެއާ ދޭތެރޭ އޮތް ކަނޑު ވެސް ހިއްކަން ފެނޭ.
ޢަލްޓިކޯ
28 December 2025
ތިކަމުގަ ރައްޔިތުންނަށް ކޮންކަމެއް ނަންކިޔާފަ ގޯތި ކަނޑާފަ ވަކިބަޔަކަށް ފޮނިކަން ލިބޭގޮތަށް މާކުރިން ނިންމާފަ ވަކި ބަޔަކަށް ހިއްކާތަނެއް
ޖައްސާޖައްސާ
28 December 2025
ހުޅުމާލެ 3 ހިއްކާ ނިމުމުން ދެން ހިއްކަންވީ ހުޅުމާލޭ އިރުން އޮތް ބޮޑުފަޅު އެއްކޮށް ހިއްކާ ނިންމާލާ އެހިއްކާ ބިންތަކުގައި އިމާރާތް ތައް ކުރަންވީ ސިންގަޕޯރ ގައި ހުންނަ ގޮތަށް ކޮމާރޝަލް މަސައްކަތް ތައް ކުރުމަށާއި އަދި ގުދަން ތައް ހެދުމަށް ބިލްޑިންގްސް ތަކުގެ އެކި ފްލޯރސް ތައް ކުއްޔަށް ދޭން މާލޭގައި ގުދަން ތައް ހުރުން އެއީ މާލޭގެ ރައްކާތެރި ކަން ގެއްލޭ ކަމެކޭ މިކަން ވެސް ހުޅުމާލެ އަށް ބަދަލުކޮށް ހަދާ މާލެ އަށް ލުއިކުރާށޭ އެއިރުން ވިޔާފާރިކުރިއަރާނީ
ރަޝްފޫ
28 December 2025
މިތާތިބޭ އެމްޑީޕީ މީހުން އެއްޗެހި ގޮވަ ގޮވަ ހުންނައިރު މި ވެރިކަމުން ހުރިހާ ރައްޔިތުންނަށް ބޯހިޔާވެހިކަން ކަށަވަރު ކޮއްދޭނީ
މުހައްމާާ
28 December 2025
ވެރިކަން ދަނީ ބާރަށް ބާރަށް ކުރިޔަށް ކުރިޔަށް
ނަތީޖާ ހަމަ ރަނގަޅު ދޯ؟؟
28 December 2025
މި ފަހަކަށް އައިސް ވެރިޔަކު ތަރައްޤީ އާއި އުފާވެރިކަން ރައްޔިތުންނަށް އެންމެ ފުރިހަމައަށް ގެނެސްދިނީ އިބޫ. ކިތައް ރަށުގައި ކިތައް ކަންތައް ކުރިތޯ ހޯދާ ބަލާލި މީހަކަށް މިއަދުވެސް އެހެރީ ފެންނަން. ކުޑަ ކުޑަ މިސާލަކަށް ދިވެހި ރައްޔިތުންނަށް ހުޅުމާލެއިން ދިން ގޯތިތައް ފުދޭ. މިހެން ބުނީމަ މޭ ކަރާނެ މީހުން ވަރަށް ގިނަވާނެކަންވެސް އިނގޭ. އެކަމު ހަޤީޤަތަކީ ހަމަ މިއީ
ބޮޑު ވަރު
28 December 2025
އެއްވެސް ކަމެއް ނުނިންމާ ދިޔައީ ކަންކަން ފެށީވެސް ރިޔާސީ އިންތިހާބު ބޯމަތިވީމަ އެއީ ހަގީގަތަކީ އޮޅުވާލިޔަސް ބޮޑުވަރު
ކިނާނުއް
28 December 2025
އެމްޑީޕީ މީހުން އަދިވެސް
ލަތީފާ
28 December 2025
އެހެންވީމައޭ އަހަރަމެން ބުނަނީ ޑޮކު ގުޑޭ. ޑޮކުއަށް ދޭށޭ ދެނެވެސް ވެރިކަން.
އިން
28 December 2025
މި ވެރިކަމުގައި ހުރިހާ ރައްޔިތުންނަން ބޯހިޔާވެހިކަން ލިބިގެންދާނެ ޔަގީން