މައުމޫން ފެކްޝަންގެ ސެކެޓްރީ ޖެނެރަލް އަލީމް: އޭނާ ހާޒިރުކުރަނީ ހުކުމަށް ތަބާނުވެ، ހުރުމަތް ކެނޑި ކަމަށް ބުނެ
04 އެޕްރީލް 2017 - 16:06
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފެކްޝަނުން ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ބުނެ އެ ފެކްޝަންގެ ސެކްރެޓަރީ ޖެނެރަލް އަބްދުލްއަލީމް މާދަމާ ސިވިލް ކޯޓަށް ހާޒިރުވާން އަންގައިފި އެވެ.
އަލީމް ސިވިލް ކޯޓަށް ހާޒިރުވާން އަންގާފައިވަނީ ޕީޕީއެމް ހިންގުން ރައީސް އަބްދުﷲ ޔާމީނާ ހަވާލުކޮށް، އެ ކޯޓުން ކުރި ހުކުމާ ޚިލާފަށް ހަރަކާތްތައް ހިންގަމުންދާތީ އެއީ ކޯޓުގެ ހުރުމަތް ކެނޑޭ އަމަލެއް ކަމަށް ބެލެވޭތީ ކަމަށް ބުނެ އެވެ.
އެ ހުކުމަށް ތަބާ ނުވެ، ޕީޕީއެމްގެ ނަމުގައި ވަކި ކައުންސިލަކާއި ވަކި ސުލޫކީ ކޮމެޓީއެއް ހަދައި، މެމްބަރުން ވަކިކުރި ކަމަށް ބުނެ ހަރަކާތްތައް ހިންގަމުން ދިއުމަކީ ކޯޓުގެ ހުރުމަތް ކެނޑޭ ފަދަ އަމަލެއް ކަމަށް ބެލެވޭ ކަމަށް އަލީމަށް ކޯޓުން ފޮނުވި ޗިޓްގައި ވެ އެވެ.
ޕީޕީއެމް ހިންގުން ރައީސް ޔާމީނާ ހަވާލުކޮށް، ކުރި ހުކުމް ރަނގަޅު ކަމަށް ސުޕްރީމް ކޯޓާއި ހައި ކޯޓުން ވެސް ވަނީ ނިންމައިފަ އެވެ. އެހެންވެ، ޕާޓީގެ ހުރިހާ ކޮންޓްރޯލެއް އޮތީ ރައީސް ޔާމީންގެ ބެއްލެވުމުގެ ދަށުގަ އެވެ.
އެކަމަކު އެ ހުކުމް މައުމޫން ފެކްޝަނުން ގަބޫލެއް ނުކުރެ އެވެ. އެހެންވެ، އެ ފެކްޝަނުން ދަނީ ވަކި ކައުންސިލަކާއި ވަކި ސުލޫކީ ކޮމެޓީއެއް އިއުލާންކޮށް، ނިންމުންތައް ނިންމަމުންނެވެ. އެ ފެކްޝަންގެ ސުލޫކީ ކޮމެޓީން ދާދި ފަހުން ވަނީ ޕީޖީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ޕާޓީން ވަކިކޮށްފައިވާ ކަމަށް ވެސް ބުނެއެވެ.
ގާނޫނީ ގޮތުން ޕީޕީއެމްގެ ރަަސްމީ ނިންމުންތައް ނިންމާ، ރައީސް ޔާމީން ފެކްޝަންގެ ސުލޫކީ ކޮމެޓީން ވަނީ މައުމޫން ވެސް ޕާޓީން ވަކިކުރަން ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބުއްޅަބޭ
04 April 2017
ބަލަ އެވާހަކަ ވިދާޅުވި މައުޟުންވެސް ! ކީއްވެތޯ މައުމޫނަށް ޗިޓްފޮނުވަން ނުކެރިގެން ތިއުޅުއްވަނީ! ޤާނޫނު އަސާސީގެ 16 ވަނަ މާއްދާގައިވަނީ ޤާނޫނުގެ ކުރިމަތީ އެންމެންނަކީވެސް ހަމަހަމަ ބައެއް ކަމަށް!
ކޮރި ބޯށި
04 April 2017
މައުމޫން ވަނީ ޕީޕީއެމްއިން ވަކިކޮއްފަ.
ސިންތިލީ ވޫމް
04 April 2017
ވެއްޓެނީ ވެއްޓެނީ. ނުވެއްޓެނީސް ހިފާ ހައްޔަރު ކޮއްފަ ބަހައްޓާ.
ފިނދަނާ
04 April 2017
ތިޔަ ވެރިކަން ދެމެހެއްޓުމަށްޓަކައި އިދިކޮޅު އެންމެން ޖަލަށް ގެންދަން ޙުކުމް ކުރަން ފެނޭ.