މާލެ ސަރަހައްދުގައި ދެ ލޯންޗެއް ޖެހި އެކްސިޑެންޓެއް ހިނގައި، ގެއްލުންތަކެއް ވެއްޖެ އެވެ.
ފުލުހުން ބުނި ގޮތުގައި ދެ ލޯންޗެއް ޖެހި އެކްސިޑެންޓެއްވުމާ އެކު ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
އެ އެކްސިޑެންޓްގައި މީހަކަށް ބޮޑު އަނިޔާއެއް ލިބިފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.
ނަމަވެސް، ދެ ލޯންޗަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށް ބުންޏެވެ.
މައުލޫމާތު ލިބޭ ގޮތުގައި އެކްސިޑެންޓްވި އެއް ލޯންޗަކީ މާލެ އާއި ކ. މާފުއްޓާ ދެމެދު ދަތުރުކުރާ އެސްކޭޕް ލޯންޗެވެ. އެކްސިޑެންޓް ހިނގީ އެސްކޭޕް ލޯންޗުގެ ފަހަތުކޮޅުގައި އެހެން ލޯންޗަކުން ޖެހިގެން ކަމަށްވެ އެވެ.