ގދ. ތިނަދޫ ބަނދަރު ސަރަހައްދު: ތިނަދޫގައި ލޯންޗެއް ކޮންޓްރޯލް ނުވެ ޖެޓީއަށް އަރައި ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް ވަނީ އަނިޔާވެފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
07 ޖުލައި 2025 - 15:57
ގދ. ތިނަދޫގައި ލޯންޗެއް ކޮންޓްރޯލް ނުވެ ގޮސް ޖެޓީއެއްގައި ޖެހިގެން ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް މިއަދު އަނިޔާވެއްޖެ އެވެ.
ފުލުހުން ބުނީ ތިނަދޫ ފެރީ ޓާމިނަލްގެ ޖެޓީއަށް ކައިރި ކުރި ލޯންޗެއް ކޮންޓްރޯލް ނުވެ ގޮސް ޖެޓީގައި ޖެހި، އެކްސިޑެންޓެއް ހިނގިކަމުގެ ރިޕޯޓް ލިބުނީ މިއަދު މެންދުރުފަހު 1:50 ހާއިރު ކަމަށެވެ. އެ ހާދިސާ ހިނގި ވަގުތު އެ ލޯންޗުގެ ކެޕްޓަނާއި ފަޅުވެރިއެއްގެ އިތުރުން ފަސިންޖަރުންގެ ގޮތުގައި ތިން އަންހެނަކާއި އެއް އަހަރުގެ ކުއްޖެއް ލޯންޗްގައި އިން ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ ހާދިސާގައި އެ ލޯންޗުގައި ތިބި ދެ ފަސިންޖަރަކަށާއި ކެޕްޓަނާއި ފަޅުވެރިޔާއަށް އަނިޔާވެފައިވާ ކަމަށެވެ.
އެ ހާދިސާގައި އަނިޔާވީ ދިވެހި ދެ ފިރިހެނުން (50 އަހަރުގެ ކެޕްޓަނާއި 29 އަހަރުގެ ފަޅުވެރިޔާ) އާއި 25 އަހަރުގެ ދިވެހި އަންހެނަކާއި 28 އަހަރުގެ ދިވެހި އަންހެނަކަށެވެ.
ފުލުހުން ބުނީ އެ މީހުންނަށް ތިނަދޫގައި ހުންނަ ޑރ. އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި މިހާރު ފަރުވާދެމުންދާ ކަމަށެވެ.
ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަދާލަތު
08 July 2025
ކޮބާ މޯޝާ؟
ގަނޑިއަ
07 July 2025
ދިވެހިން އުޅެނީ އަވަދިނެތި. ލަސްވެގެން. ވަގުތެއްނެތް. އެމީހުން ސްޕީޑް ދެކެލޯބިވޭ. މަގެއްގައި ސްޕީޑްނެގޭނެ ޖާގައެއް ނެތަސް ބޭނުންވަނީ 80 ގައި ދުއްވަން. ދުވާލަކު ދެތިން ސިގިރޭޓުން ނުފުދޭ، މަދަވުގެން ދެފޮށި ހުސްކުރަންޖެހޭ. އަހަރުމެން ބޭނުމެއްނުވޭ އެއްވެސް ކަމެއްގައި ހައްދެއް، ލިމިޓެއް. އެންމެ އުހުގައި ތިބެންބޭނުންވަނީ. ރާބުޔަސް އެ އަހަރަށްވާވަރަށް. ދެފަރާތުން ލެވުނަސް ފަރުވާލެއްނެތް. ހަމަ ކިރިޔަކިރިޔާ މިތިބެނީ. މީ މިއަދު ގިނަ މީހުންގެ ހާލުހުރިގޮތް
ބުރުނު އާދަނު
07 July 2025
ޖެޓީއޭ؟ ތިނަދޫގަ ހުންނަނީ އެންމެ ޖެޓީއެއް. އެތަނަކީ ބާވެ ވީރާނާވެފަ ހުރި ބޭނުންނުކުރާ ތަނެއް. ފެރީތައް ކައިރިކުރަނީ ފެރީ ޓަމިނަލާ ދިމާލުން އެއްގަމު ތޮށިގަނޑު ކައިރިއަށް..
ލެއްގިކޮމިޝަނަރ
07 July 2025
ދުުއްވާއެއްޗަކަށް އެރުނީމަ މިވެރިންތައް މިތިބރނީ ހޭކެޑިފަދޯ؟ ދިވެހިންނަށް ޖެހިފަމިހުރީ ކޮންކަހަލަ ނަފުސާނީ ބަލިމަޑުކަމެއްބާ؟ އެއްގަމު އުޅަދެއް ދުއްވާފިޔާ ހޮޅިދަނޑިއާ ރުއްރުކަށް އަރާފަ. މޫދުގަ ދުއްވަންޏާ ޖެޓީއަށާ ފަރުފަރަށް އަރާފަ. ނަސީބެއް މިދިވެހިން ހެލިކަޕްޓަރ ނުދުއްވާކަން. ޢެހެންނަމަ ގޭގެ ފުރާޅާ ރައްރަށުގެ އެންޓަނާތަކަށް އުރެފަ ހުންނާނީ. ދުއްވާ ސަވާރީތަކަށް އެރުމުން ކެއްތެރިވާން ދަސްކުރުމަށް ނަސޭހަތްތެރިވަން.
އާބިދާ
07 July 2025
ބޮޑާކަމާއި ކިބުރުވެރިކަން، ހުރިހާކޮޅަކުން ކާންނޫޅެބަލަ، ބިމާއިބެހޭ ގާނޫނާއިހިލާފައް އެއްވެސް މީހަކަށް ދެ ބިން ދެވިގެންނުވާނަ،
ނަގިއްޔާ
07 July 2025
ކޯޗެއްގައިތޯ ކޮންޓްރޯލް އޮތީ. ޑޮލަރުގެ ކޮންޓްރޯލްއެއްނެތް އެހެރަދަނީ މަޑުމަޑު މައްޗައްއަރަމުން. ކުށްކުރާ މިންވަރު އިތުރުވެއްޖެ ކޮންޓްރޯލެއްނެތް، އިންނަވަރަކަށް ވަރިކުރަނީ ކޮންޓްރޯލެއްނެތް. ދެމީހަކު ބައްދަލުވާއިރަށް ދައްކަނީ އެއްވާހަކައެއް. ކޮންޓްރޯލެއް ނެތްވާހަކަ. ކާމީހުންކަނީ.. ޓައިއަޅައިގެންވެސް ނައަޅާވެސް، ކޮންޓްރޯލެއް ނެތް. ބޭރުގައުމަކަށް އެއްޗެއް ގަންނަން ފޮނުވީމާ ޑޮލަރުކޮޅު ގެއްލުނީ އެކަމަށްވެސް ކޮންޓްރޯލެއްނެތް!
ބައްޒާކު
08 July 2025
ނާރާނެ މައްޗަކަށް! ނާރާނެ! ހިފެހެއްޓިފަ ތިރިޔަށް ދާނީ!