ފްރާންސްގައި އުފައްދާ "ބޭބީބިއޯ" ގެ އިންފެންޓް ފޯމިއުލާގެ ބައެއް ބެޗުތަކުން ޖަރާސީމު ފެނިގެން، އެ ވިއްކުންް ރާއްޖޭގައި މަނާކޮށްފި އެވެ. 

މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ބޭބީބިއޯ ފޯމިއުލާގެ ބައެއް ބެޗުތަކުން "ސެރެއުލައިޑް" ކިޔާ ވިހަ މާއްދާއެއް ފެނިފައިވާ ކަމަށެވެ. އެހެންވެ، އެ އުފެއްދުން ބާޒާރުން ނެގުމަށާއި ނުވިއްކުމަށް އަދި ނައްތާލުމަށް ފްރާންސްގެ ކަމާ ބެހޭ ފަރާތްތަކުން އަންގާފައިވާކަމުގެ މައުލޫމާތު ޔޫރަޕްގެ ރެޕިޑް އެލާޓް ސިިސްޓަމް ފޯ ފުޑް އެންޑް ފީޑުގައި އާންމުކޮށްފައިވާ ކަމަށް އެމްއެފްޑީއޭ އިން ބުންޏެވެެ. 

ސެރެއުލައިޑްއަކީ ބެސިލަސް ސީރިއަސް ޖަރާސީމުން އުފައްދާ ވިހަ މާއްދާއެކެވެ. އެ މައްދާ އިން ތަޣައްޔަރު ވެފައިވާ އެއްޗެއް ބޭނުންކުރެވިއްޖެ ނަމަ މޭނުބައިކޮށް، ހޮޑުލެވުމާއި ބަނޑުގައި ރިއްސުން ފަދަ އަލާމާތްތައް ފެނެ އެވެ. 

އެކަމުން ރައްކާތެރިވުމުގެ ފިޔަވަަޅެއްގެ ގޮތުން ބޭނުންކުރުން މަނާކުރި އުފެއްދުންތައް: 

  • ބޭބީބިއޯ އޮޕްޓިމާ 1 ގެ 400 ގްރާމުގެ ބެޗު ނަމްބަރު 900932
  • ބޭބީބިއޯ އޮޕްޓިމާ 1 ގެ 800 ގްރާމުގެ ބެޗު ނަމްބަރު 894408 
  • ބޭބީބިއޯ އެޕްޓިމާ 1 ގެ 800 ގްރާމުގެ ބެޗު ނަމްބަރު 900035
  • ބޭބީބިއޯ ކެޕްރީއާ 1 ގެ 800 ގްރާމުގެ ބެޗު ނަމްބަރު 899014

މިދިޔަ އަހަރުގެ ފަހުކޮޅު ވަނީ ކުލޮސްޓްރިޑިއަމް ބޮޓުލިނަމް ޖަރާސީމުން ތަޣައްޔަރުވެފައިވާތީ ބައިހާޓް ހޯލް ނިއުޓްރިޝަން އިންފެންޓް ފޯމިއުލާ ބޭނުންކުރުން ވެސް މަނާކޮށްފަ އެވެ.