ޕާކިސްތާނުގައި ބޭއްވި ނުވަ ވަނަ "އިންޓަނޭޝަނަލް ޕާކިސްތާން އާމީ ޓީމް ސްޕިރިޓް (ޕެޓްސް) ކޮމްޕެޓިޝަން 2026" ގައި ބައިވެރިވި ދިވެހި ސިފައިންގެ ޓީމުން ރަންމެޑަލް ހޯދައިފި އެވެ.
ޕާކިސްތާނުގެ ނޭޝަނަަލް ކައުންޓާ ޓެރަރިޒަމް ސެންޓަރު، ޕަބީގައި މިދިޔަ ބުރާސްފަތި ދުވަހުން ހޮނިހިރު ދުވަހުގެ ނިޔަލަށް ބޭއްވި އެ މުބާރާތުގައި 16 ގައުމެއްގެ އަސްކަރިއްޔާއިން 24 ޓީމެއް ބައިވެރިވި އެވެ.
އެމްއެންޑީއެފުން ބުނީ ރާއްޖެ އިން ބައިވެރިވި ޓީމުގައި ހިމެނެނީ ސްޕެޝަލް ފޯސަސްގެ 15 ސިފައިން ކަމަށެވެ.
ޕާކިސްތާނުގެ އަސްކަރިއްޔާ އިން ބޭއްވި "ޕެޓްސް ކޮމްޕެޓިޝަން" އަކީ އަސްކަރީ ގާބިލުކަން އިތުރުކުރުމަށްޓަކައި ހިންގާ އެންމެ މަތީ ފަންތީގެ މުބާރާތެކެވެ.
އަސްކަރީ ގޮތުން ބޭނުންކުރާ އުކުޅުތަކާއި އެކިއެކި ހާލަތްތަކުގައި އަމަލުކުރާނެ ގޮތްތަކުގެ ތަމްރީނުތައް އެ މުބާރާތުގައި ނަގައިދިނެވެ.
އެމްއެންޑީއެފުން ބުނީ ބޭރުގެ ގިނަ އަސްކަރިއްޔާތަކަކާ ވާދަކޮށް، ދިވެހި ސިފައިން އެ ކާމިޔާބީ ހާސިލުކޮށްފައި ވަނީ ސިފައިންގެ ބިލުކަމާއި ސިފައިންގެ ހުނަރުވެރިކަން ތަރައްގީ ކުރުމަށް ސަރުކާރުން ދޭ ހާއްސަ ސަމާލުކަމުން ކަމަށެވެ.