މާލެ ކައިރީގައި ދޯންޏަކާއި ލޯންޗެއް ޖެހި ދެ މީހަކަށް އަނިޔާވެއްޖެ އެވެ. 

ދޯންޏަކާއި ލޯންޗެއް ޖެހި އެކްސިޑެންޓް ހިނގާފައިވަނީ މާލެ އާއި ފުނަދޫއާ ދޭތެރޭ ރޭ 7:15 ހާއިރު އެވެ. 

އެ އެކްސިޑެންޓުގައި ދިވެހި ދެ ފިރިހެނުންނަށް އަނިޔާވެފައި ވާއިރު، އެމީހުންނަށް އޭޑީކޭ ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ. 

ނަމަވެސް، އެމީހުންގެ ހާލަތާ ބެހޭ ތަފްސީލެއް އަދި ނުލިބެ އެވެ. 

ފުލުހުން ބުނީ އެކްސިޑެންޓްގެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.