ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބުގައި ވޯޓުލާން އަވަހަށް ރީ-ރަޖިސްޓްރީކުރަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު އެދިއްޖެ އެވެ.

އަންނަ އޭޕްރީލް 4 ވަނަ ދުވަހު ބާއްވާ އިންތިހާބުގައި ރީ-ރަޖިސްޓްރީކުރަން ހުޅުވާލީ މި މަހުގެ 10 ވަނަ ދުވަހެވެ.

އީސީން ބުނީ އެ މުއްދަތު މާދަމާ މެންދުރު 3:00 ގައި ހަމަވާނެ ކަމަށެވެ. އެހެންވެ، ވޯޓުލާން މިހާރު ރަޖިސްޓްރީކޮށްފައިވާ މަރުކަޒު ޔަގީންކޮށް، ރީ-ރަޖިސްޓްރީކުރަންޖެހޭ ނަމަ އެކަމަށް ސަމާލުކަން ދިނުމަށް ވަނީ އެދިފަ އެވެ.

މި ފަހަރު ރީ-ރަޖިސްޓަރީވާން ހުށަހަޅާނީ، 2024 ވަނަ އަހަރު ބޭއްވި މަޖިލިސް އިންތިހާބުގައި ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލާން ބޭނުންވާ މީހުންނެވެ. 

އީސީން ބުނި ގޮތުގައި ރީ-ރަޖިސްޓްރީވާން ހުށަހަޅާނީ އެކަމަށް ހާއްސަކޮށްފައިވާ ޕޯޓަލް ނުވަތަ މައި ޕޯޓަލް މެދުވެރިކޮށެވެ.

ވޯޓުލާން ރަޖިސްޓަރީކުރެވިފައިވާ ތަނުގެ މައުލޫމާތު ހޯދަން ވީއާރު(ހުސްތަންކޮޅެއް ދޫކޮށްލުމަށް ފަހު) އައިޑީކާޑު ނަމްބަރު ޖެހުމަށްފަހު 1414 އަށް ފޮނުވުމުން ލިބޭނެ އެވެ.