ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ޗެއާޕާސަން ނަޝްވާ އަބްދުﷲ މަގާމުން ވަކިކޮށްފި އެވެ.
ޕްރައިވެޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ބުނީ އެފްޑީސީގެ ޗެއާޕާސަން ކަމާއި ބޯޑު މެމްބަރުގެ މަގާމުން ނަޝްވާ ވަކިކުރީ މިއަދު ކަމަށެވެ. ނަމަވެސް އޭނާ ވަކިކުރި ސަބަބެއް ޕީސީބީއިން ހާމައެއް ނުކުރެ އެވެ.
އެފްޑީސީގެ ޗެއާޕާސަންގެ މަގާމަށް ނަޝްވާ އައްޔަންކުރީ ޖެނުއަރީ، 2024 ގަ އެވެ.
އޭގެކުރިން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަންގައި އޭނާ މަސައްކަތް ކުރެއްވި އެވެ.
އެފްޑީސީއަކީ ހުޅުމާލޭ ފޭސް 2 ގައި އަލަށް އިމާރާތްކޮށް، މީހުން ދިރިއުޅެން ފެށި ފްލެޓްތައް ބަލަހައްޓާ ކުންފުންޏެވެ.