ކ. މާފުށީ ހޮސްޕިޓަލްގައި ފިޒިއޮތެރަޕީގެ ހިދުމަތް ދޭން ފަށައިފި އެވެ.
އެ ހޮސްޕިޓަލުގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ޕިޒިއޮތެރަޕީގެ ހިދުމަތް ފަށްޓަވައިދެއްވީ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ގާސިމެވެ.
މާފުށީ ހޮސްޕިޓަލުން ބުނީ އެތަނުގައި ހިދުމަތްތައް ފެށުމުން ރަށުގައި ތިބެގެން ފަސޭހައިން ފިޒިއޮތެރަޕީ ހެދޭނެ ކަމަށެވެ. އަދި އެކަމުގައި މާފުށީ އަންހެނުންގެ ކޮމެޓީ އާއި ރަށު ކައުންސިލް އަދި ހެލްތު މިނިސްޓްރީއަށް ވަނީ ޝުކުރު އަދާކޮށްފަ އެވެ.
ރަށްރަށުގެ ހެލްތު ސެންޓަރުތަކުން ސްޕެޝަލިސްޓު ޑޮކްޓަރުންގެ ހިދުމަތް މިހާރު ލިބެ އެވެ. ނަމަވެސް، ފިޒިއޮތެރަޕީގެ ހިދުމަތް ލިބެނީ މަދު ރަށްރަށެއްގަ އެވެ.
ގިނަ ބަޔަކު ހިދުމަތް ހޯދާ މާފުށީ ހެލްތު ސެންޓަރު، ހޮސްޕިޓަލަކަށް ބަދަލުކުރީ 2023 ވަނަ އަހަރު އެވެ.