ހއ. އުތީމުގައި ނުވަ ދުވަހުގެ ތުއްތު ކުއްޖަކު މަރުވި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފި އެވެ. 

ފުލުހުން މިއަދު ބުނީ އުތީމުގައި އުމުރުން ނުވަ ދުވަސްވީ ތުއްތު ކުއްޖަކު، އެ ރަށު ސިއްހީ މަރުކަޒަށް ގެންދިޔަ އިރު ވެސް މަރުވެފައިވާ މައްސަލައެއް މިދިޔަ ބުދަ ދުވަހު ހެނދުނު ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

އެ މައްސަލަ ރިޕޯޓްކުރީ އުތީމު ސިއްހީ މަރުކަޒުން ފުލުހުން ބުންޏެވެ. 

ނަމަވެސް، އިތުރު ތަފުސީލެއް ފުލުހުން އަދި ނުދެ އެވެ.