އުމުރުން ދެ އަހަގެ ކުއްޖަކު މިދިޔަ ހުކުރު ދުވަހުގެ ރޭ ނިޔާވީ ރިސޯޓެއްގެ ޕޫލަކަށަް ވެއްޓި ގެނބިގެން ކަމަށް ފުލުހުން ރޭ ބުނެފި އެވެ. 

އެ ހާދިސާގައި ނިޔާވީ ހއ. އުލިގަމަށް ނިސްބަތްވާ އުމުރުން ދެ އަހަރުގެ ފިރިހެންކުއްޖެކެވެ. 

އެ މަރާ ގުޅިގެން ފުލުހުން ރޭ ބުނީ، އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ކުއްޖަކު ނިޔާވެފައިވާ މައްސަލައެއް މިދިޔަ ހުކުރު ދުވަހުގެ ރޭ ދަންވަރު އެކެއް ޖަހަން އުޅެނިކޮށް ފުލުހުން ރިޕޯޓު ކޮށްފައިވާ ކަމަށެވެ. 

"މިހާތަނަށް ލިބިފައިވާ މަޢުލޫމާތަށް ބަލާއިރު، މި ހާދިސާ ހިނގަން މެދުވެރިވީ ކާފު އަތޮޅުގެ ރިސޯޓެއްގެ ޕޫލަށް ވެއްޓި އެ ކުއްޖާ ގެނބިގެންނެވެ،" ފުލުހުން މީޑިއާއާ ހިއްސާކުރި މެސެޖެއްގައި ވެ އެވެ. 

ފުލުހުން އަންނަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ބުންޏެވެ.

އެ ކުއްޖާގެ މަރާ ގުޅޭ ގޮތުން އާއިލާ އިން މިހާތަނަށް ވަކި އެއްޗެއް ނުބުނެ އެވެ.