ލ. ހިތަދޫގައި މަސް ހިފަން އުޅުނު 21 އަހަރުގެ ޒުވާނަކު ގެނބިގެން ނިޔާވެއްޖެ އެވެ.

ފުލުހުން ބުނީ ހިތަދޫގައި މަސްހުފަން މޫދަށް އެރި އުޅުނު މީހަކު ގެނބިގެން އުޅޭކަމުގެ މައުލޫމާތު މިއަދު މެންދުރުފަހު 3:30 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އެ މީހާ އެ ރަށު ސިއްހީ މަރުކަޒަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާ ކަމަށް ސިއްހީ މަރުކަޒުން މައުލޫމާތު ދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ނިޔާވެފައި ވަނީ އަމާން / ލ.ހިތަދޫ، އަހުމަދު ހަމްޒާން (21އ) އެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.