ބޯހިޔާވަހިކަން ފޯރުކޮށްދެނީ އިންސާނިއްޔަތަށްޓަކައި ކަމަށާއި އެއީ ސިޔާސީ ކަމެއް ނޫން ކަމަށް، ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ރޭ ވިދާޅުވެއްޖެ އެވެ. 

ބީއެމްއެލް އިން ހުޅުމާލޭގައި އަޅާ ފްލެޓްތަކުގެ ތެރެއިން 1،190 ފްލެޓުގެ ބިންގާ އަޅަން ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު މިހެން ވިދާޅުވީ މާފަންނު ހުޅަނގު ދާއިރާގައި ހިމެނޭ ކުޑަ ގެއައްގައި ބަޔަކު ދިރިއުޅެމުންދާ ހާލު ކިޔައިދެއްވަމުންނެވެ. 

މުއްތަލިބު ވިދާޅުވީ މި މަހުގެ 16 ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަޑައިގެންނެވި އެ ގޭގައި ދިރިއުޅޭ މީހުން ކައްކަން ކުޑަ ބަދިގެއަކާއި ނިދަން ބަންކު ބެޑެއް ބަހައްޓާފައި ހުރި ކަމަށެވެ. ނަމަވެސް، މިއީ، ޖީޑީޕީގެ ނިސްބަތުން 17،000 އަށްވުރެ ބޮޑު އަދަދެއް ޖެހޭ ގައުމެއްގައި ބައެއްގެ ދިރިއުޅުން އޮންނަންޖެހޭ ގޮތެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ބޯހިޔާވަހިކަމަކީ ހަމައެކަނި ފުދުންތެރި އާއިލާތަކަށް އޮންނަ ހައްގެއް ނޫން ކަމަށެވެ. ދިވެހި ކޮންމެ އާއިލާއަކަށް ލިބިފައިވާ ރައްކާތެރިކަމަށް ހެދުމަށް ސަރުކާރުން ގިނަ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

މުއްތަލިބު ވިދާޅުވީ ދެމަފިރިން ދަރިންނާ އެކު އެއް ކޮޓަރިއެއްގައި ދިރިއުޅުމާއި ވައިދައުރު ވާނެ ގޮތެއް ނެތި ހާސްކަމާއި ފެން ލީކުވުން ފަދަ މައްސަލަތަކުގައި އެތައް ބަޔަކު ދިރިއުޅެމުންދާ ކަމަށެވެ. ގިނަ މީހުން އެ ހާލުގައި އުޅެނީ މާ ބޮޑު ޝަކުވާއެއް އަދި އުއްމީދެއް ނެތި ކަމަށް ވެސް، ރައީސް ބައިވެރިވެވަޑައިގެންނެވި ހަފުލާގައި މުއްތަލިބު ވިދާޅުވި އެވެ. 

އެކަމަކު، އެ މީހުންނަކީ ބާކީވެފައިވާ ބަޔަކަށް މި ސަރުކާރުގައި ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

މުއްތަލިބު ވިދާޅުވީ މި ސަރުކާރުން ބޯހިޔާވަހިކަމަކީ އިންސާނިއްޔަށް ކޮށްދޭ ކަމެއް ކަމަށެވެ. އެއީ ސިޔާސީ ކަމެއް ނޫން ކަމަށާއި މަގާމުގެ ހައިސިއްޔަތުން ނިކަމެތިންގެ ހައްގުތައް ރައްކާތެރިކުރުމަކީ ޒާތީކަމެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މި ސަރުކާރުގެ ބޯހިޔާވަހިކަން ބިނާވެފައިވަނީ އެންމެ ކަމަކަށް އަދި އެއް އުސޫލަކަށް ނޫނެވެ. އޭގެ ބަދަލުގައި، މުޖުތަމައުގެ އެކި ހާލަތުގައި ތިބި މީހުންނަށް ހާއްސަކޮށް އެކި ގިންތިއަށް ހޯދައިދޭން ޖެހޭނީ އެކި ހައްލުކަން ފާހަގަކުރެއްވި އެވެ. 

އޭގެ ތެރެއިން،  ބޭންކު ލޯނު މެދުވެރިކޮށް ފުރަތަމަ ބޯހިޔާވަހިކަން ގަތުމުގެ ފުރުސަތާއި ކުޑަ އާމްދަނީ ލިބޭ ބަޔަކަށް ލީޒް-ޓު އޯންގެ ދަށުން ސޯޝަލް ހައުސިންގެ ތެރެއިން ފްލެޓު އަޅަން ފަށާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނިކަމެތި، ދަތި ހާލުގައި ދިރިއުޅޭ މީހުންނަށް އިސްކަންދެވޭ ގޮތަށް މި ސަރުކާރުން ބޯހިޔާވަހިކަން ފޯރުކޮށްދެމުން އަންނަ ކަމަށާއި އެންމެ ބޭނުންވާ އާއިލާތަކަކީ، މީގެ ކުރިން ވެސް ސްކީމްތަކުން ފްލެޓު ނުލިބޭ މީހުންކަމަށް މުއްތަލިބު ވިދާޅުވި އެވެ. އަދި އެ މީހުންނަށް، ބޯހިޔާވަހިކަން ފޯރުކޮށްދޭ އުސޫލު ރަނގަޅަށް ނޭނގޭ ކަމަށާއި އެއަށް ފޯމު ހުށަހަޅަން ލިޔެކިޔުންތައް ވެސް ހަމަނުކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ވަރަށް ގިނަ ފަަރަށް އެ ފަރާތްކަކީ ބާކީވެގެން ގޮސް، ސިސްޓަމްގެ ހަވާސާއަށް ކޮށްޕާލާފައި ފަރާތްތަކަށް ވާތީ ދިރިއުޅުމުގެ ދަތިކަމާ އެކު އެފަދަ ޕްރޮގްރާމްތަކަށް އެދި ފޯމުލުން ވެސް އޮންނަނީ ނުވާވަރު ކަމަކަށް ވެފައި،" މުއްތަލިބު ވިދާޅުވި އެވެ.

"އެންމެ ނިކަމެތި ފަރާތަކީ އެންމެ ނުފެންނަ ފަރާތް. މި ސަރުކާރުން އެކަން ގަބޫލުކުރާކަށް ބޭނުމެއް ނޫން. އެންމެ ނިކަމެތި ފަރާތްތަކަކީ ބާކީވެފައިވާ ފަރާތްތަކަށް ވާކަށް އަޅުގަނޑުމެން ބޭނުމެއް ނޫން." 

ނިކަމެތި، ދަތި ހާލުގައި ދިރިއުޅޭ މީހުންނަށް އިސްކަންދެވޭ ގޮތަށް މި ސަރުކާރުން ބޯހިޔާވަހިކަން ފޯރުކޮށްދެމުން އަންނަ ކަމަށާއި އެންމެ ބޭނުންވާ އާއިލާތަކަކީ، މީގެ ކުރިން ވެސް ސްކީމްތަކުން ފްލެޓު ނުލިބޭ މީހުންކަމަށް މުއްތަލިބު ވިދާޅުވި އެވެ. އަދި އެ މީހުންނަށް، ބޯހިޔާވަހިކަން ފޯރުކޮށްދޭ އުސޫލު ރަނގަޅަށް ނޭނގޭ ކަމަށާއި އެއަށް ފޯމު ހުށަހަޅަން ލިޔެކިޔުންތައް ވެސް ހަމަނުކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
މުއްތަލިބު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފޯމު ފުރޭނެ ގޮތެއް ނުވަތަ ލިޔުމެއް ނުލިބިގެން، ބޯހިޔާވަހިކަމުން ބާކީވާން ދޫކޮށްނުލާނެ ކަމަށެވެ. އެ މީހުންނަށް އެހީތެރިވުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެފަދަ މީހުން ދެނެގަންނަން، އިޖުތިމާއީ ބޯހިޔާވަހިކަމުގެ ޕްރިއޮރިޓީ ރަޖިސްޓްރޭޝަނެއް ހެދުމުގެ އިދާރީ މަސައްކަތްތައް ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މުއްތަލިބު ވިދާޅުވީ އޯގާތެރި ސަރުކާރަކުން އެ މީހުންނަށް އެހީތެރިކަން ހޯދައިދޭނެ ކަމަށެވެ. "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތަކީ އޯގާތެރި ސިޔާސަތެއް ކަމަށާއި އޭގެ ދަށުން، އެ މީހެއްގެ ފުދުންތެރިކަން ހުރި މިންވަރަކުން ބޯހިޔާވަހިކަން ހޯދުމުގެ މަގު ހުޅުވިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.