ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގައި އިމާރާތް ކޮށްފައިވާ ފަހި ފްލެޓުތައް ނުވަތަ 4،000 ފްލެޓުގެ ކުއްޔަށް ލުޔެއް ދިނުމަށް އެދި ސަރުކާރަށް އިލްތިމާސް ކުރަން ފަށައިފި އެވެ. 

އެ ފްލެޓުތަކުގެ ކުލި ކުޑަކޮށްދިނުމަށާއި ކުލި ނެގުން ފަސްކޮށްދިނުމަށް ފަހި ޔޫނިއަނުން ސަރުކާރުގައި އެދި ބަޔާނެއް ނެރެފައިވާއިރު ހުޅުމާލޭގައި ރޭ ވަނީ އެކަމާ އެއްކޮޅަށް އިހުތިޖާޖުކޮށްފަ އެވެ. އަދި އިދިކޮޅު އެމްޑީޕީން ހުޅުމާލޭގައި ރޭ ބޭއްވި ލޯކަލް އިންތިހާބުގެ ކެމްޕެއިން ޖަލްސާގައި ކުރީގެ ރައީސް އަދި އެ ޕާޓީގެ އެޑްވައިޒަރު އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. 

ފަހި ޔޫނިއަނުން ބުނީ، ކުރީގެ ސަރުކާރުން ހުޅުމާލެ 2 ގައި އިމާރާތް ކޮށްފައިވާ ފަހި ފްލެޓުތަކުގެ ދެ ކޮޓަރީގެ ކުއްޔަކީ މެއިންޓަނެންސް ފީއާ އެކު މަހަކު 6،000ރ. އަދި ތިން ކޮޓަރި ނަމަ 8،000ރ. [މެއިންޓަނެންސް ފީ ހިމަނައިގެން] ކަމަށެވެ. އެކަމަކު، މި ސަރުކާރުން ކުއްޔަށް ބަދަލު ގެނައިއިރު، ދެ ކޮޓަރީގެ ކުލި 7،000ރ. އަދި ތިން ކޮޓަރީގެ ކުއްޔަކީ 10،000ރ. ކަމަށް ފަހި ޔޫނިއަނުން ބުންޏެވެ. 

އެހެންވެ، އެ ޖަމިއްޔާ އިން ގޮވާލީ އެންމެ ކުރީގެ ކުއްޔަށް ބަދަލުކޮށްދިނުމަށާއި އެ ފްލެޓުތަކުގެ ޑައުންޕޭމަންޓު އުނިކޮށްދިނުމަށެވެ.

އިތުރު ހުށަހެޅުންތައް:

  1. ދުނިޔެ އަށް މިހާރު ކުރިމަތިިވެފައިވާ ދަތި ހާލަތަށް ރިއާޔަތްކޮށް، ފްލެޓަށް ބަދަލުވުމަށް ބޮޑު ހޭދައެއް ކުރަން ޖެހޭތީ މިހާރު ދީފައިވާ ތިން މަސް ދުވަހުގެ ގްރޭސް ޕީރިއަޑް ހަ މަސް ދުވަހަށް ނުވަތަ އެއް އަހަރަށް ދަންމައިލުން.
  2. ހަތަރު ހާސް ފްލެޓުގެ އެއްބަސްވުން 'ގަނެވިއްކުމުގެ' އެއްބަސްވުމަކަށް ބަދަލުކޮށްދިނުން.

ފަހި ޔޫނިއަނުން ބުނީ، ރާއްޖޭގައި އެންމެ ފަހުން ހިންގި އިޖުތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އިމާރާތްކުރި ހިޔާ ފްލެޓުތަކުގެ އެއްބަސްވުމުގައި ސޮއިކުރާ ހިސާބުން އެއީ އެ މީހެއްގެ މިލްކަކަށް އެ ފްލެޓުތަށް ބަދަލުވެފައިވާ ކަމަށެވެ. އަދި ހިޔާ ފްލެޓުތަކުގެ ކުލި ދެއްކުން ވެސް ކޮވިޑާ ގުޅިގެން އެއް އަހަރަށް ފަސްކޮށްފައިވާ ކަން ވެސް ހިޔާ ޔޫނިއަންގެ ބަޔާނުގައި ފާހަގަކުރި އެވެ.

"ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވުމަށް ފަހު، ރާއްޖޭގެ އިގުތިސާދީ ހާލަތަށް ރިއާޔަތްކޮށް ހުޅުމާލެ ފޭސް 1 ގެ ފްލެޓުތަކާއި ހިޔާ ފްލެޓު، ވިނަރެސް ފްލެޓުގެ އިތުރުން މުޅި ރާއްޖޭގެ އެހެނިހެން ސޯޝަލް ހައުސިން ޔުނިޓުތަކުގެ ކުޑަކުރެއްވި ފަދައިން މި 4000 ފްލެޓުގެ ކުލި ވެސް ކުޑަކޮށްދެއްވުމަށް ގޮވާލަން،" ޔޫނިއަނުން ބުންޏެވެ. 

އެ ޔޫނިއަނުން ބުނި ގޮތުގައި އެ ގޮތަށް އަމަލު ކުރައްވައިފި ނަމަ ހަމަހަމަކަން ގާއިމްކުރެވި، އިތުރު ބުރައަކުން ފަހު ފްލެޓުތަކުގެ މީހުން ސަލާމަތް ވާނެ އެވެ. 

އެމްޑީޕީން ރޭ ބޭއްވި ޖަލްސާގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، ސަރުކާރަށް އިތުރު ބުރައެއް ކުރިމަތިނުވާ ނަމަ ފަހި ފްލެޓުތަކުގެ ކުލި ކޮށްދޭންވީ ކަމަށެވެ.

ހިޔާ ފްލެޓުތަކުގެ ދެ އަހަރުގެ ކުލި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިދިޔަ ހަފުތާގައި ވަނީ ކަނޑާލައިފި އެވެ. އެއީ ހިޔާ ފްލެޓުގެ ފިނިޝިން މަސައްކަތަށް އާއްމުން ކޮށްފައިވާ ހަރަދު އަނބުރާ ދޭން ރައީސް މުއިއްޒު ވެވަޑައިގެންނެވި ވައުދު ތަންފީޒު ކުރުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށް އެޗްޑީސީން ވަނީ ބުނެފަ އެވެ.