ވ. ފުލިދޫގައި މިއަދު މޫދަށް އެރިއުޅެނިކޮށް އޮޔާދިޔަ ދެ ކުއްޖަކު ސަލާމަތްކުރަން އުޅުނު އެ ކުދިންގެ ބައްޕަ ނިޔާވެއްޖެ އެވެ.
ފުލުހުން ބުނީ އޮޔާ ދިޔަ ދެ ކުއްޖަކު ސަލާމަތްކުރަން އުޅުނު 63 އަހަރުގެ ދިވެހި ފިރިހެނެއްގެ ހާލު ދެރަވެ ފުލިދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވެފައިވާ ކަމަށެވެ.
ފުލިދޫން ވާހަކަ ދެއްކި މީހަކު ބުނީ އެ މީހާ އަކީ މާލެއަށް އާއިލާއާ އެކު ހަފްތާ ބަންދަށް އައިސް އުޅުނު މީހެއް ކަމަށެވެ. އޮޔާ ދިޔައީ 13-15 ވަރަކަށް އަހަރަށްދާ ދެ އަންހެން ކުދިން ކަމަށާއި މި ހާދިސާގައި އެ ކުދިން ސަލާމަތްވި ކަމަށް ވެސް ބުންޏެވެ.
މި ހާދިސާ ރިޕޯޓްކޮށްފައިވަނީ މިއަދު ހަވީރު 3:10 ހާއިރު ކަމަށާއި މައްސަލަ އިތުރަށް ތަހުގީކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.