އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ރާއްޖޭގެ ފަސް ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ (ޑަބްލިއުޑީސީ)ގެ ރައީސުުންގެ މަގާމަށް ވެސް އިދިކޮޅު (އެމްޑީޕީ)ގެ ކެންޑިޑޭޓުން ހޮވިއްޖެ އެވެ. 

އިއްޔެ މުޅި ރާއްޖޭގައި ބޭއްވި ޑަބްލިޔުޑީސީގެ އިންތިހާބުގައި މިހާތަނަށް ލިބިފައިވާ ވަގުތީ ނަތީޖާތައް ދައްކާގޮތުން، މާލެ އާއި ހދ. ކުޅުދުއްފުއްޓާއި ގދ. ތިނަދު އާއި ފުވައްމުލައް އަދި އައްޑޫ ސިޓީގެ ޑަބްލިއުޑީސީގެ ރައީސް މަގާމު ވެސް ލިބުނީ އެމްޑީޕީގެ ކެންޑިޑޭޓުންނަށެވެ.

އެންމެ ވާދަވަރިކޮށް ފެނުނު މާލޭގެ ޑަބްލިޔުޑީސީގެ ރައީސް ކަމަށް ކުރިމަތިލީ ޕީއެންސީގެ ކެންޑިޑޭޓް އައިޝަތު އަލައިކާގެ އިތުރުން އެމްޑީޕީގެ ކެންޑިޑޭޓު އައިޝަތު ރީޝާ އެވެ. އަލައިކާ ބަލިކޮށް ކާމިޔާބު ހޯދީ ރީޝާ އެވެ. 

ސިޓީތަކުގެ ޑަބްލިއުޑީސީ ރައީސުން 

އައިޝަތު ރީޝާ (މާލެ ސިޓީ)

މަރިޔަމް ޝިއުނާ (ފުވައްމުލައް ސިޓީ)

މަރިޔަމް ޝަރޫނާ (ތިނަދޫ ސިޓީ )

އައިމިނަތު އިބްރާހިމް (ކުޅުދުއްފުށި ސިޓީ)

އައްޑޫ ޑަބްލިއުޑީސީގެ ރައީސްގެ މަގާމަށް ހޮވުނީ އެމްޑީޕީގެ ޓިކެޓުގައި ވާދަކުރެއްވި ފާތިމަތު ހިޖުރާ އެވެ. ފުވައްމުލަކު ޑަބްލިއުޑީސީގެ ރައީސްގެ މަގާމަށް ހޮވުނީ މަރިޔަމް ޝިއުނާ އެވެ.

ތިނަދޫ ސިޓީގެ ޑަބްލިއުޑީސީގެ ރައީސްގެ މަގާމު އެމްޑީޕީގެ ކެންޑިޑޭޓު މަރިޔަމް ޝަރޫނާ އާދިލް ކާމިޔާބުކުރިއިރު ކުޅުދުއްފުށީ އަންހެނުން ކޮމިޓީގެ ރައީސްކަން ވެސް ކާމިޔާބުކުރީ އެމްޑީގެ ކެންޑިޑޭޓު އައިމިނަތު އިބްރާހިމް އެވެ.

ރާއްޖޭގެ ސިޓީތަކުގެ މޭޔަރުންނަށް ހޮވުނު ކެންޑިޑޭޓުން--
ރާއްޖޭގެ ސިޓީތަކުގެ މޭޔަރުންނަށް ހޮވުނު ކެންޑިޑޭޓުން--

ޑަބްލިޔުޑީސީގެ ރައީސްކަން އެމްޑީޕީއަށް ލިބުނުއިރު ފަސް ސިޓީގެ މޭޔަރުކަމުގެ ގޮނޑި ވެސް ލިބިފައި ވަނީ މިދިޔަ ދައުރުގައި ވެސް ފުރުއްވި އިދިކޮޅު އެމްޑީޕީގެ މެމްބަރުންނަށެވެ.

ތިނަދޫ ފިޔަވައި އެހެން ހުރިހާ ގޮނޑިއެއް ވެސް އެމްޑީޕީން ކާމިޔާބުކުރީ ތަފާތު ބޮޑުކޮށެވެ.

އެ ސިޓީގެ މޭޔަރުކަމުގައި މިހާރު ހުންނެވި ސައުދު އަލީ އަދި ސަރުކާރު ހިންގާ ޕާޓީ ޕީއެންސީން ކުރިމަތިލެއްވި މުހައްމަދު އަޖީބުގެ ނަތީޖާގައި މާ ބޮޑު ފަރަގެއް ނެތެވެ. ދެ ބޭފުޅުން މެދުގައި އޮތީ ފަންސާހަކަށް ވޯޓުގެ ފަރެގެކެވެ. 

މޭޔަރުންގެ ގޮނޑިތަކުގެ އިތުރުން ސިޓީތަކުގެ މެޖޯރިޓީ ވެސް އެމްޑީޕީއަށް ވަނީ ލިބިފަ އެވެ. 

މިހާތަނަށް ލިބިފައިވާ ވަގުތީ ނަތީޖާތައް ދައްކާ ގޮތުން ފަސް ސިޓީގެ މޭޔަރުގެ ގޮނޑި ވަނީ އެމްޑީޕީ އަށް ކަށަވަރުވެފަ އެވެ.