ހުޅުމާލެ 2 އަށް ކަރަންޓު ދިނުމަށް އަޅާފައިވާ މައި ކޭބަލަކަށް ގެއްލުންވެ، ބައެއް ޓަވަރުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑުނު މައްސަލަ ހައްލުކޮށް، މީގެ އިރުކޮޅެއް ކުރިން ހުރިހާ ޓަވަރަކަށް ކަރަންޓު ފޯރުކޮށްދީފައިވާ ކަމަށް ސްޓެލްކޯ އިން ދެންމެ ބުނެފި އެވެ. 

ހުޅުމާލެ 2 ގެ ބައެއް ސަރަހައްދުތަކުން އިއްޔެގެ ހަވީރު 3:21 އިން ފެށިގެން ކަރަންޓު ކެނޑުނީ މައި ކޭބަލަކަށް ލިބުނު ގެއްލުމެއްގެ ސަބަބުން ކަމަށް ސްޓެލްކޯ އިން ވަނީ ކުރިން ބުނެފަ އެވެ. އެ ކުންފުނިން ބުނެފައި ވަނީ ބައެއް ޓަވަރުތަކުން ކަރަންޓު ކެނޑުނީ ހުޅުމާލެ 2 އަށް ކަރަންޓު ފޯރުކޮށްދިނުމަށް އަޅާފައިވާ މައި ހަތަރު ކޭބަލުގެ ތެރެއިން ކޭބަލަކަށް ގެއްލުން ވެގެން ކަމަށެވެ. އެ ކޭބަލަށް ގެއްލުން ވެފައިވަނީ ކޮނުމުގެ މަސައްކަތެއްގެ ތެރެއިން ކަމަށް ބެލެވޭ ކަމަށް ވެސް ސްޓެލްކޯ އިން ބުންޏެވެ. 

މައްސަލަ ހައްލުކޮށް، ހުރިހާ ޓަވަރުތަކަށް ޜޭގެ 11:30 ހާއިރު ކަރަންޓު ފޯރުކޮށްދީފައިވީ ނަމަވެސް ހުޅުމާލެ 2 ގެ ބީޗު ސަރަހައްދުގެ ބައެއް ކަސްޓަމަރުންނަށް ހިދުމަތް ނުދެވޭ ކަމަށް ސްޓެލްކޯ އިން ބުންޏެވެ. 

"އެ ކަސްޓަމަރުންނަށް އަލުން ހިދުމަތް ދިނުމަށްޓަކައި ވަގުތީ ކޭބަލެއް އެޅުމުގެ މަސައްކަތްތައް ދަނީ ކުރެވެމުން،" އެ ކުންފުނިން ބުންޏެވެ.

"މިއަދު ކަރަންޓުގެ ހިދުމަތް މެދުކެނޑުމުގެ ސަބަބުން ދަތިތަކަށް ދިމާވި ހުރިހާ ކަސްޓަމަރުންގެ ކިބައިން މައާފަށް އެދެން. އަދި ދިމާވި އެ ދަތި ދަނޑިވަޅުގައި އަޅުގަނޑުމެންގެ ހީވާގި މުވައްޒަފުން އެ ކުރަމުންދިޔަ ބުރަ މަސައްކަތްތަކަށް ހިތްވަރުދީ، ދެއްވި އެއްބާރުލުމަށް ޝުކުރު ދަންނަވަން."

ހުޅުމާލެ 2 އަށް ކަރަންޓު ދިނުމަށް ބޭނުންކުރާ ކޭބަލަކަށް ގެއްލުންވެ، ހިޔާ ޓަވަރުތަކުގެ އިތުރުން ވިނަރެސް ފްލެޓުތަކުން ވެސް ކަރަންޓުގެ ހިދުމަތް ރޭގައި ކެނޑުމެވެ،