ސަރުކާރުގެ ސިޔާސަތުތައް ކުރިއަށް ވުރެ ހަރުދަނާކޮށް، ހެޔޮ ބަދަލުތަކަކަށް މަގު ފަހިކުރަން މިނިސްޓްރީތައް މަދުކުރުމުން ޖުމްލަ 10 މިނިސްޓްރީއެއްގެ މެންޑޭޓް ބަދަލުވެއްޖެ އެވެ. 

ކުއްލި ގޮތަކަށް 10 މިނިސްޓަރުން މަގާމުން އިސްތިއުފާ ދެއްވުމާއެކު، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ކެބިނެޓަށް އަނެއްކާ ވެސް ބަދަލުތަކެއް ގެންނަވައިފަ އެވެ. މީގެ ކުރިން ވަކިވަކިން 20 މިނިސްޓްރީ ހިންގަމުން ދިޔަ ނަމަވެސް، އެ އަދަދު ވަނީ ޖުމްލަ 15 އަށް މަދުކޮށްފަ އެވެ.

މި ބަދަލު ގެންނެވީ ކުރިން ވަކި ދެ މިނިސްޓްރީއެއްގެ ގޮތުގައި ހިންގަމުން ދިޔަ އެޑިއުކޭޝަން މިނިސްޓްރީ އާއި ހަޔާ އެޑިއުކޭޝަން މިނިސްޓްރީ ފަދަ ވުޒާރާތައް އެއްކޮށްލައި، ދެ ހިދުމަތާ ގުޅޭ އެންމެހާ ކަންކަން އެއް މިނިސްޓްރީއެއްގެ ބެލުމުގެ ދަށުން ކުރިއަށް ގެންދެވޭ ގޮތަށެވެ.

މި ބަދަލު ގެނައުމުން ކުރިން ވަކިން ހިންގި 10 މިނިސްޓްރީއެއް ވަނީ 5 މިނިސްޓްރީއަށް މަދުވެފަ އެވެ.   ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ މަސައްކަތް ބަދަލުކުރީ ދެ މިނިސްޓްރީއެއްގެ ބެލުމުގެ ދަށަށެވެ. އެއީ، އިކޮނޮމިކް މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީއަށެވެ. 

އެއްކޮށްލި މިނިސްޓްރީތައް 

1. އެޑިއުކޭޝަން މިނިސްޓްރީ އާއި ހަޔަ އެޑިއުކޭޝަން މިނިސްޓްރީ 

މިނިސްޓަރަކަށް އައްޔަންކުރެއްވީ ޑރ. އިސްމާއިލް ޝަފީއު 

2. ހެލްތު މިނިސްޓްރީ އާއި ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީ 

މިނިސްޓަރަކަށް އައްޔަން ކުރެއްވީ ގީލާ އަލީ 

3. އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރާންސްޕޯޓް 

މިނިސްޓަރަކަށް އައްޔަން ކުރެއްވީ މުހައްމަދު ސައީދު

4. ޔޫތު މިނިސްޓްރީ އާއި ސްޕޯޓްސް މިނިސްޓްރީ 

މިނިސްޓަރަކަށް އައްޔަންކުރެއްވީ އަބްދުﷲ ރާފިއު

5. އެނގިފައިވާ ގޮތުގައި، ފިޝަރީޒް އާއި އެނިމަލް ވެލްފެއާ މިނިސްޓްރީ އެއްކޮށްލަން ވަނީ ނިންމާފައި. އެކަމަކު އަދި ވަޒީރަކު އައްޔަން ނުކުރައްވާ

ޑިފެންސް މިނިސްޓަރަކަށް ވެސް އަދި ބޭފުޅަކު އައްޔަން ނުކުރައްވަ އެވެ.

ކެބިނެޓުގައި ކުރިން ތިއްބަވަނީ 20 މިނިސްޓަރުންނެވެ. އެކަމަކު މިރޭ މަގާމުގެ ހުވާ ކުރެއްވި 12 މިނިސްޓަރުންނާ އެކު އެޓާނީ ޖެނެރަލް އަހްމަދު އުޝާމް ހިމެނިވަޑައިގެން މިވަގުތު ތިއްބެވީ ޖުމްލަ 13 ވަޒީރުންނެވެ.