ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ޓީމުގެ ތާއީދު އޮތީ އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހްމަދު ނަސީމަށް ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.

ދެ ފެކްޝަނަށް ބެހިފައި އޮތުމަށްފަހު، ކުރީގެ ރައީސް މުހައްމަދު ނަޝީދު އަލުން އެމްޑީޕީއާ ގުޅިވަޑައިގެން، އެކުގައި މަސައްކަތް ކުރުމަށް އެއްބަސްވެ މަސައްކަތް ފެށީ ދާދިފަހުންނެވެ.

އޭގެފަހުން، ނަޝީދު ވެސް ވަނީ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގައި ވާދަކުރައްވަން ނިންމަވައިފަ އެވެ. 

މީކާއީލްގެ އިންތިހާބުގެ ކެމްޕެއިން "އިތުބާރު" ރަސްމީކޮށް ލޯންޗް ކުރަން މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ އިސް ބޭފުޅުން ބައިވެރިވި މީކާއިލްއަށް ތާއީދު އޮތްކަން ހާމަކޮށްދިނުމަށެވެ. 

އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ މީކާއީލް މުހައްމަދުގެ ކެމްޕެއިން ފެށުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓިގެ އިސް ބޭފުޅުން މިއަދު ބައިވެރިވަނީ-- ފޮޓޯ: ސޮއްޓި / އިތުބާރު ޕްރެސް
އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ މީކާއީލް މުހައްމަދުގެ ކެމްޕެއިން ފެށުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓިގެ އިސް ބޭފުޅުން މިއަދު ބައިވެރިވަނީ-- ފޮޓޯ: ސޮއްޓި / އިތުބާރު ޕްރެސް

ރައީސް ސޯލިހު އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިނުގެންނެވިޔަސް، އެ މަނިކުފާނާއި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދާއި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމްގެ ތާއީދު ލިބިފައިވާ ކަމަށް މީކާއިލް ވިދާޅުވި އެވެ.

އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އިބޫގެ ޓީމު މެމްބަރުންގެ ތެރޭގައި އެމްޑީޕީ ޕީޖީ ގުރޫޕްގެ ލީޑަރު ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލްއާއި ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހުމަދު ޝަމްހީދާއި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް އާއި ވައިކަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޒިޔާދާއި ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވެސް ހިމެނެ އެވެ.

އޭގެ އިތުރުން މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް އާއި އިބޫގެ ކޮއްކޮ ކުރީގެ މެމްބަރު އަލީ ނިޔާޒާއި ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކާއި ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ސަލީމާއި މާލެ ސިޓީ ކައުންސިލަށް އަލަށް އިންތިހާބުވި އެމްޑީޕީގެ މެމްބަރުން ހިމެނެ އެވެ.

އެ ބައްދަލުވުމުގައި މީކާއީލް ވަނީ އޭނާ މި އިންތިހާބަށް ނުކުންނެވީ ޕާޓީގެ ގިނަ ލީޑަރުންތަކެއްގެ ތާއީދާ އެކު ކަމަށް ވެސް ވިދާޅުވެފަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި، މި އިންތިހާބުން ނާކާމިޔާބުވިޔަސް، ޕާޓީގައި ދެމިހުންނަވާނެކަމުގެ ޔަގީންކަން ޕާޓީގެ އާންމު މެމްބަރުންނަށް އޮންނާނެ އެވެ. 

އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ މީކާއީލް މުހައްމަދުގެ ކެމްޕެއިން ފެށުން -- ފޮޓޯ: ސޮއްޓި / އިތުބާރު ޕްރެސް
އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ މީކާއީލް މުހައްމަދުގެ ކެމްޕެއިން ފެށުން -- ފޮޓޯ: ސޮއްޓި / އިތުބާރު ޕްރެސް

ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ވެރިކަމަށް ގެނެސް، ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް ވިދާޅުވެ،  ނަޝީދާއި ކުރީގެ އިކޮނޮމިކް ފައްޔާޒް ވަނީ "ބޮޑު ބަދަލު"ތަކެއް ގެންނަން ވެސް ހުށަހަޅުއްވައިފަ އެވެ.

އެކަމާ ގުޅުވައިގެން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މީކާއިލް ވިދާޅުވީ، އެ ބަދަލުތައް ހުށަހަޅުއްވާފައިވަނީ އެމްޑީޕީގެ އިޖުރާއަތްތައް ތަރުތީބުވެފައި އޮންނަ ގޮތާ ހިލާފަށް ކަމަށެވެ.

މީކާއީލް ވިދާޅުވީ، މިވަގުތު އޭނާގެ އަމާޒު ހުރީ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބަށް ކަަމަށެވެ. އަދި އޭނާ ގަބޫލުކުރައްވާ ގޮތުގައި ޗެއާޕާސަނެއްގެ އިންތިހާބުގައި އަމާޒު ހުންނަން ވާނީ ޗެއާޕާސަނެެއްގެ ގޮތުގައި އެ މަސްއޫލިއްޔަތު އަދާ ކުރާނެ ގޮތުގެ މައްޗަށާއި، ޕާޓީ ހިންގާނެ ގޮތުގެ މައްޗަށެވެ.

މީކާއިލްގެ އިތުރުން ޗެއާޕާސަން ކަމަށް ދެން ވާދަ ކުރައްވަނީ ނަޝީދާއި އަލްހާން ފަހުމީ އެވެ.