ބަނގުރާ ބޭނުންކޮށް އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހަކު ޑީޕޯޓުކޮށްލަން ނިންމައިފި އެވެ.

އެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ ބަންގްލަދޭޝް މީހެއް ކަމަށްވާ ޖާކިރް ހައުލެޑާ، 45، އެވެ.

ފުލުހުން ބުނީ ޖާކިރް ހައްޔަރުކޮށްފައި ވަނީ ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މާލޭގައި ހިންގި އޮޕަރޭޝަންގައި މިދިޔަ އަންގާރަ ދުވަހު ކަމަށެވެ.

އެ ދުވަހު އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި ހަ ފުޅި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މައްސަލައިގެ އިޖުރާއަތްތައް ފުރިހަމަކުރުމަށް ފަހު، އޭނާ މިހާރު ވަނީ ރާއްޖެއިން ޑީޕޯޓްކުރުމަށް އިމިގްރޭޝަނާ ހަވާލުކޮށްފައި ކަމަށެވެ.