ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހައްޔަރުކުރި މައްސަލައިގެ އިސްތިއުނާފުގެ ޝަރީއަތަށް އޭނާ ދެންމެ ހައި ކޯޓަށް ހާޒިރުކޮށްފި އެވެ.

ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށް ރިޝްވަތު ދިނުމުގެ ތުހުމަތުގަ އާއި ގާނޫނާ ހިލާފަށް ސަރުކާރު ވައްޓާލަން އުޅުނު ކަމަށް ބުނެ މާމިގިލީ ދާއިރާގެ މެމްބަރު ހައްޔަރުކުރީ މިދިޔަ ބުރާސްފަތިދުވަހު އެވެ. އަދި އޭނާގެ ބަންދުގެ މުއްދަތަށް ކްރިމިނަލް ކޯޓުން ވަނީ މިދިޔަ ހުކުރުދުވަހު ހަ ދުވަސް ޖަހައިފަ އެވެ. އެ މުއްދަތު ހަމަވާނީ މާދަމާ އަށެވެ.

ގާސިމް މިއަދު ހައި ކޯޓަށް ހާޒިރުކުރި ވަގުތު، އޭނާގެ އަންހެން ބޭފުޅަކާއި އެ އާއިލާގެ އެހެން ބޭފުޅަކު އެ ކޯޓުގެ ގޯތިތެރޭގައި.---މިހާރު ފޮޓޯ: ނިޝާން އަލީ
ގާސިމް މިއަދު ހައި ކޯޓަށް ހާޒިރުކުރި ވަގުތު، އޭނާގެ އަންހެން ބޭފުޅަކާއި އެ އާއިލާގެ އެހެން ބޭފުޅަކު އެ ކޯޓުގެ ގޯތިތެރޭގައި.---މިހާރު ފޮޓޯ: ނިޝާން އަލީ

ގާސިމް ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު އިސްތިއުނާފް ކުރަން އޭނާގެ ފަރާތުން ހުށަހެޅި މައްސަލައިގެ އިސްތިއުނާފުގެ ޝަރީއަތް ހައި ކޯޓުގައި މިއަދު ބާއްވާއިރު، އޭނާގެ މައްޗަށް ތިން ދައުވާއެއް އުފުލައި، އިއްޔެ ވަނީ ކޯޓަށް ފޮނުވައިފަ އެވެ.

ގާސިމް މިއަދު ހައި ކޯޓަށް ހާޒިރުކުރި ވަގުތު، ޖުމްހޫރީ ޕާޓީގެ ބައެއް އިސްބޭފުޅުން އެ ކޯޓުގެ ގޯތިތެރޭގައި.---މިހާރު ފޮޓޯ: ނިޝާން އަލީ
ގާސިމް މިއަދު ހައި ކޯޓަށް ހާޒިރުކުރި ވަގުތު، ޖުމްހޫރީ ޕާޓީގެ ބައެއް އިސްބޭފުޅުން އެ ކޯޓުގެ ގޯތިތެރޭގައި.---މިހާރު ފޮޓޯ: ނިޝާން އަލީ

މިހާރު ދޫނިދޫ ޖަލުގައި ހުންނެވި ގާސިމްގެ މަައްޗަށް ދައުވާކުރަނީ ރިޝްވަތު ހުށަހަޅަން އުޅުމުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަމަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާ އާއި ވޯޓު ދޭން ހުރި މީހަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާ ކަމަށް، ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުގެ މީޑިއާ އޮފިޝަލަކު ވިދާޅުވި އެވެ.

ތަފުސީލް އަންނަނީ...