ހައި ކޯޓުގައި މިއަދު ބޭއްވި އިސްތިއުނާފުގެ ޝަރީއަތަށް ފަހު ގާސިމް ނުކުމެވަޑައިގެން އެ ޕާޓީގެ އިސްބޭފުޅުންނާ އެކު ފޮޓޯއެއް ނަންގަވަނީ.---ފޮޓޯ: ޖޭޕީ
12 އެޕްރީލް 2017 - 15:06
ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ހައްޔަރުކުރީ މަޖިލީހުގެ މެމްބަރުންގެ އިމްތިޔާޒްގެ ގާނޫނާ ޚިލާފަށް ކަމަށާއި އެހެންވެ އޭނާ ބަންދުން ދޫކުރަން ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދޭން އުޅުމާއި ސަރުކާރު ވައްޓާލަން އުޅުނުކަމުގެ ތުހުމަތުގައި ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް ހައްޔަރުކޮށް، އޭނާގެ ބަންދަށް ހަ ދުވަސް ކްރިމިނަލް ކޯޓުން އިތުރުކޮށްފައި ވަނިކޮށް އޭނާ ދޫކޮށްލަން ހައި ކޯޓުން އަމުރުކުރީ އެ މައްސަލަ ގާސިމްގެ ފަރާތުން އިސްތިއުނާފް ކުރުމުންނެވެ.
ގާސިމް ދޫކޮށްލަން އަމުރުކުރީ އޭނާ ހައްޔަރު ކުރުމުގެ އަމުރު ހޯދުމުގައި، އިމްތިޔާޒުގެ ގާނޫނުގައި ބުނާ ގޮތުގެ މަތިން ޕްރޮސެކިއުޓާ ޖެނެރަލް މެދުވެރިކޮށް ކޯޓު އަމުރު ހޯދާފައި ނުވާތީ އެވެ. އެނގިފައިވާ ގޮތުގައި، ގާސިމް ހައްޔަރުކުރީ އިމްތިޔާޒް ގާނޫނާ އެއްގޮތަށް ނޫން ކަމަށް ދައުލަތުން ވެސް ވަނީ ހައި ކޯޓުގެ މިއަދުގެ ޝަރީއަތުގައި އެއްބަސްވެފަ އެވެ.
އިމްތިޔާޒު ގާނޫނުގައިވާ ބުނާ ގޮތުން ކުށުގެ ވެށިން ނޫން ގޮތަކަށް މެމްބަރަކު ހައްޔަރު ކުރެވޭނީ ޕްރޮސެކިއުޓާ ޖެނެރަލް މެދުވެރިކޮށް ހޯދާ ކޯޓު އަމުރެއްގެ ދަށުންނެވެ. އެކަމަކު ގާސިމް ހައްޔަރުކުރަން ފުލުހުން ކޯޓު އަމުރު ހޯދީ އެގޮތަކަށް ނޫނެވެ. އެހެންވެ، އެ އަމުރުގެ މައްޗަށް ބިނާކޮށް ގާސިމްގެ ބަންދުގެ މުއްދަތު އިތުރު ކުރިކުރުން ބާތިލްވާނެ ކަމަށާއި އެހެންވެ ގާސިމް ބަންދުން ދޫކޮށްލަން އަމުރުކުރީ ކަމަށް ހައި ކޯޓުގެ ހުކުމުގައިވެ އެވެ.
ހައި ކޯޓުގައި އޮތް އިސްތިއުނާފުގެ ޝަރީއަތަށް ފަހު، ބަންދުން ދޫކޮށްލުމުން ގާސިމް ނުކުމެވަޑައިގެން ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު
"އިސްތިއުނާފް މި ކުރެވޭ ކޯޓު އަމުރުގެ ދަށުން ގާސިމް އިބްރާހިމްގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން އިތުރު ކުރައްވާފައިވަނީ ގާނޫނު ނަމްބަރު 5/2013 (ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނު) ގެ 13 ވަނަ މާއްދާގެ ހ. އާ ޚިލާފަށް ނެރުއްވާފައިވާ އަމުރެއްގެ ދަށުން ގާސިމް އިބްރާހިމް ބަންދު ކުރެވިފައި ވަނިކޮށް އެ އަމުރުގެ މައްޗަށް ބިނާ ކުރައްވައިގެން ކަން އެނގެން އޮންނަ ކަމާއި، ބާތިލްކަމެއްގެ މައްޗަށް ތަރުތީބުވެގެން އަންނަ ކޮންމެ ކަމަކީ ބާތިލު ކަމަކަށް ވާނެތީ ކްރިމިނަލް ކޯޓުގެ ނަމްބަރު (އަމުރު ނަމްބަރު) ކޯޓު އަމުރަކީ ގާނޫނާ ޚިލާފް ބާތިލް އަމުރެއް،" ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި އެ ހުކުމުގައިވެ އެވެ.
އެ މައްސަލަ ބެއްލެވީ ފަނޑިޔާރު އަބްދުﷲ ހަމީދާއި އިސް ފަނޑިޔާރު އަބްދުﷲ ދީދީ އަދި ފަނޑިޔާރު އަލީ ސަމީރެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު އަބްދުﷲ ހަމީދެވެ.
ހައި ކޯޓުގެ އަމުރާ އެކު ގާސިމް މިނިވަންވިއިރު އޭނާގެ މައްޗަށް ދައުވާކޮށް، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ އިއްޔެ ކްރިމިނަލް ކޯޓަށް ފޮނުވައިފަ އެވެ. ގާސިމްގެ މައްޗަށް ވަނީ ރިޝްވަތު ދޭން އުޅުމުގެ ދައުވާ އާއި ރަސްމީ ގޮޮތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާ އާއި ވޯޓު ދޭން ހުރި މީހަކަށް ނުފޫޒު ފޯރުވުމުގެ ދައުވާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހިޓްލަރ ރިޓާންސް
13 April 2017
ތިއީ މާ ބޮޑު މައްސަލައެއްނޫން. ސަރުކާޜުގެ މަޖިލީހުން، އިމްތިޔާޒު ޤާނޫނު އިސްލާޙުކޮށްލާ ގާސިމުގެ ކޭސް އާ އެއްގޮތަށް.... އަދި އިސްލާޙުގައި ލިޔެލާ، ގާސިމްގެ ކޭސް ހިމެނޭ ގޮތުން މި އިސްލާޙަށް އަމަލު ކުރަން ފަށާނެ ކަމަށް. އޭރަށް ހުރިހާ ކަމެއް ނިމުނީ
ހުސްނޫ
13 April 2017
ޕޮލިހުން ކުރި ތަހްގިގުވެސް ބާތިލްތޯ؟ ދެން ޕީޖިން ކުރި ދައުވާވެސް ބާތިލްތޯ؟ މަޖްލީހުން ފާސްކުރި ގާނޫނު ތައްވެސް ބާތިލްތޯ؟ ކިހާ ދެރަ ކަމެއްތީ. މިވެސް ގައުމެއް ވިއްޔާ. ދައުލަތަކީ އެންމެހާ ރައްޔިތުން ކަން ނޭގެނީބާ؟
އަޙްމދު
12 April 2017
ޤާސިމް ދެނެއް ނުވާނެ ސަލާމަތެއް. އޭނާ އަނެއްކާވެސް ހައްޔަރުކުރާނެ. ޝަރީއަތްވެސްކުރާނެ. ޙުކުމްވެސް ކުރާނެ. ނާޒިމާއި ޢިމްރާނާ ޢަދީބުވެސް ހަމަ ދިޔަމަގުން ދާނީ.
އަލްޖިބްރާ
12 April 2017
ޤާސިމު ހައްޔަރުކުރީ މަޖްލިސް އަށް ވޯޓްލާން ވަދެދާނެތީ ! މިހާރު އެއޮތީ އެމީހުން ހިތުން މޮޅުގޮތަކަށް ޤާނޫނު ބަދަލު ކޮށްފަ ! އެހެންވީމާ އޮޅުމަކުންނޭ ކިޔާފަ ދޫކޮށްލީ ! މިހާރު މަޖްލިސް އޮތީ ޗުއްޓީ ނަގަން ފޫގަޅައިގެން ! ދެން ޤާސިމު ލާނެ ވޯޓެއް ނޯންނާނެ ! ނުފޫޒެއްވެސް ނުފޯރުވޭނެ ! މަޖްލިސް ހަމަ ފަށާ އިރަށް ހައޔަރުކުރާނެ ! ދެން ހައޔަރުކޮށްފާ ހުކުމް ކަޑައަޅާނެ ! މިފަހަރު ޤާސިމް ތިދައްކާވާހަކައިގަ އާރޯކަމެއް ހުރީވިއްޔާ ފިލައިގެން ނުގޮސް މާލޭގަ ހުރެބަލަ ! ނުކެރޭނެ ! ނަގޫޖެހިތާ ބޯޖަހާފާ ދުވެ ފިލާނެ !
އަލީ
12 April 2017
ގާނޫނު ތަކާއި ޚިލާފަށް ގާސިމް ހައްޔަރު ކުރުމަށް ފުލުހުންނަށް އަމުރުކުރި ފަރާތް، ފުލުހުންގެ ތެރެއިން އެޣައިރު ގާނޫނީ އަމުރު ތަންފީޒު ކުރަން އަމުރު ކުރި ފަރާތް، ކޯޓުން އަމުރަށް އެދުނު ލިއުމުގައި ސޮއިކުރި ފަރާތް، އެއަމުރު ތަންފީޒު ކުރިފަރާތް، ޣައިރު ގާނޫނީ އެއަމުރު ނެރުނު ގާޒީ، އަމުރު ތަންފީޒު ކުރުމުގައި ބައިވެރިވި ކަރެކްޝަންސްގެ ޒިންމާވާ ފަރާތް، އެފަދަ ޣައިރު ގާނޫނީ ބަންދެއްގައި (ރަހީނު ކޮށްފައި) ބަހައްޓައިގެން ދައުވާ ކުރަން ފޮނުވި ފަރާތް، އަދުލު އިންސާފުގެ މިފަދަ ބޮޑެތި ޖަރީމާތައް މޮނިޓަރކޮށް އެފަދަ ކަންތައްތައް ހުއްޓުވުމުގެ ޒިންމާއާއި މަސްއޫލިއްޔަތު އަދާ ކުރުމަށް ގާނޫނުއަސާސީ އިން މަތިކޮށްފައިވާ ފަރާތް، މިއީ މުޅިންވެސް މިޖަރީމާ ގައި އެކިމިންވަރަށް ބައިވެރިވެ ގާސިމް ރަހީނު ކޮށްގެން އަނިޔާދިނުމުގައި ހިއްސާވާ ފަރާތްތައް. މިއިން އެއްވެސް ފަރާތަކީ ގާނޫނީ ގޮތުން ޒިންމާއިން ނުރެކެވޭނެ އަދި މިވަރުގެ ކަންތައް ނޭނގި ނުކުރެވޭނެ ފަދަ ފަރާތްތައް. ވުމާއިއެކު މިއެންމެހައި ފަރާތްތައް މިކަމުގައި އެމީހެއްގެ ހިއްސާ އޮތް މިންވަރެއް ބަލައި ގާނޫނީ ގޮތުން ޖަވާބުދާރީ ކުރުވުން މުހިންމު. މިގައުމުގެ މާދަމާގެ ހަމަޖެހުމާއި އިންސާފަށްޓަކައި.
ގެދާނޯމޮސް
12 April 2017
އަދުލު އިންސާފުން ކަންކަން ކުރުމުގައި ފޫގަޅާފައި ތަނެއްދޮރެއް ނުބަލާ މީހުން ހައްޔަރު ކުރާއިރު ސައޫދީއާއި ގާތް ގުޅުން ބަދަހިކޮށް ޓެރަރިޒަމާއި ދީނީ ބައިބައިވުން ނައްތާލުމަށް ހަމަފޫގަޅާފައި ތިބެ މީހުން މަރާފައި ތިބޭ ބޮޑެތި މުޖުރިމުން މެރުމަށް ކުޅަދާނަވެގެން ނުވާބަޔެކެވެ. ދެން ކޮން ދިރުމެއްލިބިގެން ތަ މިއުޅެނީ މީހަކު އަޅެފަހެ އަޖައިބެއް ނުވާނެ ހެއްޔެވެ.
ޒުބާ
12 April 2017
ރާކަނި.މަސްކެވިފަ އޮންނާނީ.... މި އިއީ ރޯމާދުވާލު ހިންގާ ޢައިރު ގާނޫނީ ޖަރީމާތައް. ވީއިރު ގާނޫނުގައި ހުންނަ ބާގަނޑުން ޖާގަ ހޯދައިގެން ހިންގާ ޖަރީމާ ލައްކަ ގިނަވާނެތާ. މި އަނިޔާ ވެރިކަން ނިމިދިޔުމަށް އެދި ﷲ ގެ ދަެުބާރުގައި ދުޢާދަންނަވަން.
އައްޑޮ
13 April 2017
އާމީން
މާލެމީހާ
12 April 2017
މިޖިލީހުގެ ރައީސް ބުނި އަޑުއެހިން ރަނގަޅަށޭ ހައްޔަރުކުރީ! މީނަ ހިތުން ރައްޔަތުން ދެލޯ އަނދިރި
ކައުންސެލަރު
12 April 2017
ކޮބާ ކޮންތާކު މިޖެހުނީ! ހަރުއިހާ އޮއްވައި ޅައިހަލުން އެޅުނީމާ ގާސިމް ކޮޅަށް މިފަހަރު މިނިމުނީ! އަބްދުﷲ ގާޟީ ހަނދާންވަނީ.....
ބްރޭކަޕްސޯންގް
12 April 2017
މިހާރު ސަރުކާރު މިހިންގަނީ އަހަރެން މިދޭތެރެއަކުން ރައްޓެހިވެގެން އުޅުނު މީހެއްގެ އަމަލުތައް ހުރިގޮތައް. އާދިއްތަ ދުވަހު ބުނާނެ ވަރަށް މިސްވެޔޭ ހޯމަދުވަހު ބުނާނެ މިހާރު ހިޔާލު ބަދަލުވެއްޖެޔޭ ބްރޭކަޕް ވާން ބޭނުމޭ އަންގާރަދުވަހު އައިސް ބުނާނެ ހަދާންވާ ވަރުން ރޭގައި ނުނިދުނޭ ހިގާށޭ އަލުން ފައްޓަން... ދެން އަހަރެން ބުނަންޖެހެނީ ބްރޭކަޕްވީ އޮޅިގެންދޯއޭ ހިތްބުރަކަމެއްނެތޭ