ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އުމުރުން 91 އަހަރުގެ މީހަކު ހޯދަން ފުލުހުން މިއަދު އިއުލާންކޮށްފި އެވެ.
ފުލުހުންގެ ވެބްސައިޓުގައި ބުނީ މަދަނީ މައްސަލަތައް ބަލާ ކޯޓަށް ހާޒިރުނުވެގެން ގ. ވީނަސްވިލާ، މުހައްމަދު ޝަރީފް ހޯދަމުން އަންނަ ކަމަށެވެ.
ބަންދުގައި ބަހައްޓައިގެން އޭނާ މިއަދު ކޯޓަށް ހާޒިރުކޮށްދޭން ފުލުހުންގެ މައްޗަށް އަމުރުކުރީ ސިވިލް ކޯޓުގެ އަޑުއެހުމަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީ އެވެ.
ޝަރީފާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅައި މައުލޫމާތު ހިއްސާކޮށްދިނުމަށް ވަނީ އެދިފަ އެވެ.