ރާއްޖެ އަށް ވަގަށް އެތެރެކޮށް ވިއްކަމުންދިޔަ ސިނގިރޭޓުތަކެއް ފުލުހުން ރޭ ހޯދައިފި އެވެ.
ފުލުހުންގެ ވެބްސައިޓުގައި ބުނީ، އެކި ބްރޭންޑުތަކުގެ ސިނގިރޭޓު އެތެރެކޮށް ވިއްކާ ކަމަށް ލިބުނު އިންޓެލިޖެންސް ރިޕޯޓަކާ ގުޅިގެން ގަލޮޅުގައި ހުރި ގެއަކާއި ހުޅުމާލެ 2 ގައި ހުންނަ އަމާން ދޯދި އެޕާޓްމަންޓަކާއި ވޭނެއް ފާސްކޮށް 18 ކޭސް ދުންފަތާއި 75 ކާޓަނުގެ ސިނގިރޭޓު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
އެ އިދާރާ އިން އާއްމުކުރި ފޮޓޯއިން ފެންނަނީ މެންޗެސްޓާ ބްރޭންޑުގެ ފޮށިތަކެކެވެ.
އެ މައްސަލައިގައި ހިމެނޭ ވެހިކަލް ވަނީ ޓޯކޮށްފަ އެވެ. ނަމަވެސް އެކަމާ ގުޅިގެން އަދި މީހަކު ހައްޔަރެއް ނުކުރެ އެވެ.
މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.