އެކި މައްސަލަތަކުގައި ކަސްޓަމްސްގެ ބެލުމުގެ ދަސަށް ގެންގޮސްފައި ހުރި ސިނގިރެޓްތަކެއް ނައްތާލަން ގެންދަނީ. ފޮޓޯ: ފަޔާޒް މޫސާ/މިހާރު
08 ޑިސެމްބަރ 2025 - 20:37
ވިލިމާލެ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށަށް ދެ މައްސަލައެއްގައި ގެންގޮސްފައި ހުރި 31 ކާޓަންގެ ސިނގިރެޓް ގެއްލުނު މައްސަލައިގައި މިއަދު ފުލުހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ވިލިމާލެ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ސިނގިރޭޓް ކާޓެންތަކެއް މަދުވެފައިވާ މައްސަލައާ ގުޅިގެން ހައްޔަރުކުރީ މުނައްވަރު އާދަަމް، 39، ޝަބުނަމީގެ / އދ. ދިގުރަށް ކަމަށެވެ. އެއީ ފުލުހުންގެ ސީނިއަ ސާޖަންޓް ރޭންކުގައި ހުރި މީހެކެވެ.
އެ މައްސަލައާ ގުޅިގެން އޭނާ މިހާރު ސަސްޕެންޑްކޮށްފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
"މިމައްސަލައިގެ ތަހުގީގު މިހާރު ކުރިއަށް ދަނީ ފުލުހުންނާއި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން ގުޅިގެން ޖޮއިންޓް އިންވެސްޓިގޭޝަނެއްގެ ގޮތުގައި،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
އެ 32 ކާޓަންގެ ސިނގިރޭޓަކީ ބިދޭސީއެއްގެ އަތުން ފުލުހުންގެ ބެލުމުގެ ދަށަށް މިދިޔަ މެއި މަހުގެ 23 ވަނަ ދުވަހު ގެންދިތަ ތަކެތި ކަމަށް ފުލުހުން ކުރިން ބުންޏެވެ.
ފުލުހުން އޭރު ބުނީ އެ ތަކެތީގެ ތެރެއިން ހަ ކާޓަންގެ ސިނގިރެޓް މަދުވެފައިވާކަން އެނގުނީ އެ ތަކެތި ކަސްޓަމްސްއާ ހަވާލުކުރުމަށް އެ މަހުގެ 12 ވަނަ ދުވަހު ބެލުމުން ކަމަށެވެ.
އެކަން ހިނގާފައިވާ ގޮތް ބަލަމުން ދަނިކޮށް، އެހެން މައްސަލައެއްގައި ވިލިމާލެ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ 25 ކާޓަންގެ ސިނގިރެޓް މަދުވެފައިވާކަން ވެސް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި، އެ 25 ކާޓަންގެ ސިނގިރޭޓަކީ ދެ ބިދޭސީއެއްގެ އަތުން މިދިޔަ އަހަރު ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހު ވިލިމާލެ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ތަކެއްޗެވެ.
އެ މައްސަލަތަކާ ގުޅޭ އިދާރީ މައްސަލަތައް ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑް ބަލަމުން އަންނަ ކަމަށް ފުލުހުން އޭރު ބުންޏެވެ.
ފުލުހުން ބުނީ އެ މައްސަލަތަކުގެ ޖިނާއީ ތަހުގީގު ވަކި މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށެވެ.
އެނގިފައިވާ ގޮތުގައި، މެންޗެސްޓާ ބްރޭންޑުގެ 31 ކާޓަންގެ އެ ސިނގިރޭޓަކީ ފުލުހުން ތިލަފުށިން ހޯދާފައިވާ ތަކެއްޗެވެ.
ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރެޓް ގެއްލުނުއިރު، އެމްޕީއެލްގެ ބެލުމުގެ ދަށުގައި ހުޅުމާލެ ޕޯޓުގައި ބަހައްޓާފައި ހުރި 13.6 މިލިއަން ސިނގިރެޓް ވަގަށް ނެގި މައްސަލައެއް ވެސް ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ. ސިނގިރެޓް ކޮންޓެއިނަރު ވަގަށް ނެގި އެ މައްސަލަ މިދިޔަ އޮކްޓޯބަރު މަހު ފެންމަތިވުމާ އެކު، ފުލުހުން މިހާތަނަށް ވަނީ 10 މީހަކު ހައްޔަރުކޮށްފަ އެވެ.
ހައްޔަރުކުރި މީހުންގެ ތެރޭގައި އެކަމަށް ފަންޑުކުރި ކަމުގެ ތުހުމަތުވާ ދެ ވިޔަފާރިވެރިން ކަމަށްވާ ލޮޓަސްގެ ވެރިޔާ އަހުމަދު އާރިފް އަދި އެޕޯލޯ ހޯލްޑިންސްގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ލޯލޯސް
09 December 2025
މިހާރު ތިބީ ފުލުހުންނެއް ނޫން. ފުލު ހުން. އިތުބާރު ގެއްލިފަވާ މުވައްސަސައެއް
އެކްސްް
09 December 2025
ފުލުހުންނަށް އިތުބާރު އޮތިއްޔާ އަތްމައްޗަށް ނަގާ..
ވަލީ ޢާދަނުު
09 December 2025
ފުލުހުންނާ ކަސްޓަމް މީހުންނާ، އިމިގުރޭޝަން މީހުން، އެމީހުން މަސްޢޫލުވާ ކަންކަމަށް ހިޔާނާތްވުމަކީ ޤަވްމުގެ މައިބަދައިގައި ރެނދުލުން ކަހަލަ ކަމެއް، ޤަވްމު ނުބައި ދިމާއަކަށް މިސްރާބު ޖަހައިފިކަމުގް ވަރުގަދަ އެލާމެއް.. ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދު އޮތީ ފޫވެއްޓީފައޭބުނީ ކަމިޝަނާރ އޮފް ޖެނެރަލް، ޖެހިގެން އައިދުވަހު ވަޒީފާއިން ވަކިކޮށް އެހެން މުއައްސަސާއަކަށް ބަދަލުކުރީ.. މީ ޤަވްމު މިހާރު އޮތް ހާލަތު..
ޖީހާން ސަލީމް
09 December 2025
ކަސްޓަމްސް އޮފިސަރުން، ޕޮލިހުން އަދިވެސް މިނޫންވެސް ތަންފީޒް ކުރާ އިދާރާތަކުގެ މުވައްޒަފުން މީގެ ކުރިން ތިވެނީ ވަރަށް މަތީގައި، އެމީން ކުށްކުރީމަ ނޯވޭ ހައްޔަރު ކުރެވޭނެ ގޮތެއް، ނަމަވެސް މިއަދު މި ފެންނަނީ އެމީހުންގެ މައްސަލަތައްވެސް ބަލަމުންދާ މަންޒަރު
ފަރުހާނު
09 December 2025
މިސަރުކާރުން ބޮލަކަށް ކަނދުރާއަކަށް ބެލުމެއްނެތި މިފަދަ މައްސަލަތައް ހައްލުކުރުމަށް މަސައްކަތް ކުރަމުން ދަނީ
ފަހުދު.
09 December 2025
މުޅި މުއައްސަސާއަކީ ކުށުގެ ހާއްޔެއް
އެމްސް
09 December 2025
ފުލުހުންގެ މައްސަލަތައްވެސް ތަޙުޤީގްކޮށް/ބަލާ/ފިޔަވަޅު އަޅަން ފުލުހުން ތިބޭހާ ދުވަހަކު . . !
ޢާއްޓޭ ޗިގަލި
09 December 2025
ފުލުސް މީހާގެ ފޮޓޯ ނުޖެހުމަކީ ފުލުހުންނަށް ކުއްކުރަން ދެވޭ ހިތްވަރެއް. މިހާރަކަށް އައިސް ހަފްތާއަކު ފުލުހެއް ކުށަކަށް އަރާގަނޭ އެބަ
ކަޅުބޭބޭގެ އިބުރު
09 December 2025
ޕޮލިހުންގެ ތެރޭގާއި ޖަރީމާ ހިންގާ ބޭކަލުންނަށް އަޅަން ހަރުކަށި ފިޔަވަޅު އެޅިފައި ނުވާތީވެ އަންނަނީ ޖަރީމާގައި އިތުރުވަމުން
އަބްޑޫޅް +
09 December 2025
މިހާރު ކާޓޫނު ވައްކަން ވަރަށް އެބަ ގިނަވޭ.