މާލޭގެ އާޓިފިޝަލް ބީޗުގައި ބިދޭސީންތަކެއް މާރާމާރީ ހިންގި މައްސަލަ ބަލައި ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.
ސޯޝަލް މީޑިއާގައި މިއަދު ދައުރުވާ ވީޑިއޯއިން ފެންނަނީ، ހައެއްކަ ބިދޭސީ ފިރިހެނުން އެކަކު އަނެކަކު ގައިގައި ތަޅައި އަނިޔާކުރާ މަންޒަރެވެ.
އެކަމާ ގުޅިގެން މީޑިއާ ގްރޫޕަށް ފުލުހުން ފޮނުވި މެސެޖުގައި ބުނީ، އެ އިދާރާއަށް އެ މައްސަލަ ހުށަނޭޅިއަސް، ފުލުހުންގެ ސަމާލުކަމަށް އެ މައްސަލަ އައިސްފައިވާ ކަމަށެވެ.
އެއީ ޖިނާއީ ކުށެއް އެކުލެވޭ ކަމަކަށް ވާތީ، ގާނޫނީ އިޖުރާއަތްތަކުގެ ދަށުން އެ މައްސަލަ ތަހުގީގުކޮށް، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކުރާނެ ކަމަށް ބުންޏެވެ.
މީގެކުރިން ވެސް، އެ ފަދަ މައްސަލަތަކަކާ ގުޅިގެން ބައެއް ބިދޭސީން ހައްޔަރުކޮށް، ޑީޕޯޓުކޮށްފައިވެ އެވެ.