ރާއްޖެ އަށް އެތެރެކުރަން އުޅުނު ފަސް މިލިއަނަށް ވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސް އިން އިއްޔެ އަތުލައިގެންފި އެވެ.
އެ އިދާރާ އިން ބުނީ ޕޯސްޓް މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅެނިކޮށް އަތުލައިގަތް މަސްތުވާތަކެތީގެ ބަރުދަނުގައި 3.5 ކިލޯ ހުރި ކަމަށެވެ.
އެ ތަކެތީގެ މަަގުމަތީއަގު ފަސް މިލިއަން ދިވެހި ރުފިޔާ އަށް ވުރެ އިތުރުވާނެ ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ.
ރާއްޖެ އަށް އެތެރެކުރަން އުޅެނިކޮށް މި ފަހަރު އަތުލައިގަތީ ސިންތެޓިކް ކެތިނޯން ކިޔާ ޑްރަގެކެވެ.
މި މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ކަސްޓަމްސް އިން އަދި ހާމަނުކުރާތީ މީހަކު ހައްޔަރު ކުރި ކަމެއް ނުވަތަ ނޫން ކަމެއް ސާފެއް ނުވެ އެވެ.